1 ” بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ”

މާނައީ: ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ނިކުންނަމެވެ. އަހުރެންގެ އެންމެހާ ކަންތައްތައް ﷲއާ ޙަވާލުކޮށްފީމެވެ. އަދި އެއްވެސް ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް ﷲގެ ޙަޟްރަތުން މެނުވީ ނުވެއެވެ.” (رواه أبوداود. والترمذي، وصخحه اللأالباني)

Close Ad X

2 اَللَّهـُمَّ إِنِّيْ اَعُوْذُ بِكَ أَنْ أَضِلَّ ، أَوْ أُضَلَّ، أَوْ أَزِلَّ، أَوْ أُزَلَّ، أَوْ أَظْلِمَ، أَوْ أُظْلَمَ، أَوْ أَجْهـَلَ، أَوْ يُجْهـَلَ عَلَيَّ.”

މާނައީ: އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ، މަގުފުރެއްދެވުމާއި މިއަޅާ މަގުފުރެދިގެން ދިޔުމުން ނުވަތަ މިއަޅާ، ޙައްޤުމަގުން ކައްސުވައިލުމާއި މިއަޅާ ޙައްޤުމަގުން ކައްސާލައިގެން ދިޔުމުން ނުވަތަ މިއަޅާ މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި މިއަޅާގެ މައްޗަށް އެހެން މީހަކު އަނިޔާވެރިވުމުން ނުވަތަ މިއަޅާ މީހަކާ ދޭތެރޭ ބޭއަދަބުވެރިގޮތަކަށް މުޢާމަލާތުކުރުމުންނާއި މިއަޅާއާ ދޭތެރޭ އެހެން މީހަކު ބޭއަދަބުވެރިގޮތަކަށް މުޢާމަލާތްކުރުމުން ރައްކައުތެރި ކޮށްދެއްވުމަށް މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ.” (وصخحه اللأالباني، رواه أهل السنن)

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު