(1) اَلْحَمْدُ لِلَّـهِ الَّذِيْ أًحْياَناَ بَعْدَ ماَ أمَاتَنَا وَإِلَيْهِ النُّشُوْرُ”

މާނައީ: “އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ އަޅަމެން މަރުވުމަށްފަހު ދިރުންދެއްވި ރަސްކަލާނގެއެވެ. އަދި (ކައްވަޅުތަކުން) ތެދުވެގެން ދިޔުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.”

Close Ad XGet My Ruqya Android App On Google Play

(2) “لاَ إِلٰهَ الاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهـُوَ عَلَى كُلِّ شَيْءٍ قَدِيْرٌ. سُبْحَانَ اللهِ، وَالْحَمْدُ لِلَّـه، وَلاَ إِلَهَ إِلاَّ اللهُ، وَاللهُ أَكْبَرُ، وَلاَ حَوْلَ  وَلاَ قُوَّةَ إلاَّ بِاللهِ اْلعَلِيِّ الْعَظِيْمِ، رَبِّ اغْفِرْلِيْ”

މާނައީ: “ﷲ މެނުވީ އަޅުކަންވެވުން  ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އެކަލާނގެއީ އެކަލާނގެއަށް އެއްވެސް ޝަރީކަކުނުވާ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެންމެހާ ވެރިކަމެއްވަނީ އެކަލާނގެއަށެވެ. އަދި އެންމެހައި ޙަމްދު ތަޢުރީފެއްވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް  ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ﷲ ހުރިހާ ޢައިބަކުން ހުސްޠާހިރުވެވޮޑިގެންވެއެވެ. އަދި އެންމެހައި ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ ﷲއަށެވެ. އަދި ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ. އަދި އެންމެ ބޮޑީ ﷲއެވެ. އަދި ހެޔޮކަމެއް ކުރުމުގެ އެއްވެސް ބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ އެއްވެސްބާރެެއް މަތިވެރި ﷲ ގެ ޙަޟްރަތުން މެނުވީ  ނުވެއެވެ. ދެން މިދުޢާކުރާށެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ!”

– ރޭގަނޑު ވަގުތެއްގައި ހޭލެވިއްޖެ މީހާ ހޭލެވުނު ވަގުތު މިފަދައިން ކިޔާށެވެ. އޭރުން އޭނާއަށް މާތްﷲ ފާފަ ފުއްސަވާދެއްވާނެއެވެ. ދެން ކޮންމެ ދުޢާއެއް ކުރިޔަސް އޭނާގެ ދުޢާ އިޖާބަ ކޮށްދެއްވާނެއެވެ. ދެން ތެދުވެ ވުޟޫކޮށް ނަމާދުކޮށްފިނަމަ އޭނާގެ ނަމާދު އެކަލާނގެ ޤަބޫލުކުރައްވާނެއެވެ. (رواه البخاري وابن ماخه و اللفظ له وصخحه اللأالباني)

(3)   “اَلْحَمْدُ لِلَّـهِ الَّذِيْ عَافَانِيْ فِيْ جَسَدِيْ، وَرَدَّ عَلَيَّ رُوْحِيْ، وَأَذِنَ لِيْ بِذِكْرِهِ”

މާނައީ: “އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ މި އަޅާގެ ހަށިގަނޑަށް ފުރިހަމަ ޢާފިޔަތުދެއްވައި އަދި މި އަޅާގެ ފުރާނަ އަލުން މި އަޅާއަށް ދެއްވައި އަދި އެކަލާނގެއަށް ޒިކުރު ކުރުމުގެ ހުއްދަ މި އަޅާއަށް ދެއްވި ރަސްކަލާނގެއެވެ.”  (رواه الترمذي)

 

(4)    إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْ‌ضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ‌ لَآيَاتٍ لِّأُولِي الْأَلْبَابِ ﴿١٩٠﴾ الَّذِينَ يَذْكُرُ‌ونَ اللَّـهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُ‌ونَ فِي خَلْقِ السَّمَاوَاتِ وَالْأَرْ‌ضِ رَ‌بَّنَا مَا خَلَقْتَ هَـٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ‌ ﴿١٩١﴾ رَ‌بَّنَا إِنَّكَ مَن تُدْخِلِ النَّارَ‌ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ‌ ﴿١٩٢﴾ رَّ‌بَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَ‌بِّكُمْ فَآمَنَّا ۚ رَ‌بَّنَا فَاغْفِرْ‌ لَنَا ذُنُوبَنَا وَكَفِّرْ‌ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَ‌ارِ‌ ﴿١٩٣﴾ رَ‌بَّنَا وَآتِنَا مَا وَعَدتَّنَا عَلَىٰ رُ‌سُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ ﴿١٩٤﴾ فَاسْتَجَابَ لَهُمْ رَ‌بُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ‌ أَوْ أُنثَىٰ ۖ بَعْضُكُم مِّن بَعْضٍ ۖ فَالَّذِينَ هَاجَرُ‌وا وَأُخْرِ‌جُوا مِن دِيَارِ‌هِمْ وَأُوذُوا فِي سَبِيلِي وَقَاتَلُوا وَقُتِلُوا لَأُكَفِّرَ‌نَّ عَنْهُمْ سَيِّئَاتِهِمْ وَلَأُدْخِلَنَّهُمْ جَنَّاتٍ تَجْرِ‌ي مِن تَحْتِهَا الْأَنْهَارُ‌ ثَوَابًا مِّنْ عِندِ اللَّـهِ ۗ وَاللَّـهُ عِندَهُ حُسْنُ الثَّوَابِ ﴿١٩٥﴾ لَا يَغُرَّ‌نَّكَ تَقَلُّبُ الَّذِينَ كَفَرُ‌وا فِي الْبِلَادِ ﴿١٩٦﴾ مَتَاعٌ قَلِيلٌ ثُمَّ مَأْوَاهُمْ جَهَنَّمُ ۚ وَبِئْسَ الْمِهَادُ ﴿١٩٧﴾ لَـٰكِنِ الَّذِينَ اتَّقَوْا رَ‌بَّهُمْ لَهُمْ جَنَّاتٌ تَجْرِ‌ي مِن تَحْتِهَا الْأَنْهَارُ‌ خَالِدِينَ فِيهَا نُزُلًا مِّنْ عِندِ اللَّـهِ ۗ وَمَا عِندَ اللَّـهِ خَيْرٌ‌ لِّلْأَبْرَ‌ارِ‌ ﴿١٩٨﴾ وَإِنَّ مِنْ أَهْلِ الْكِتَابِ لَمَن يُؤْمِنُ بِاللَّـهِ وَمَا أُنزِلَ إِلَيْكُمْ وَمَا أُنزِلَ إِلَيْهِمْ خَاشِعِينَ لِلَّـهِ لَا يَشْتَرُ‌ونَ بِآيَاتِ اللَّـهِ ثَمَنًا قَلِيلًا ۗ أُولَـٰئِكَ لَهُمْ أَجْرُ‌هُمْ عِندَ رَ‌بِّهِمْ ۗ إِنَّ اللَّـهَ سَرِ‌يعُ الْحِسَابِ ﴿١٩٩﴾ يَا أَيُّهَا الَّذِينَ آمَنُوا اصْبِرُ‌وا وَصَابِرُ‌وا وَرَ‌ابِطُوا وَاتَّقُوا اللَّـهَ لَعَلَّكُمْ تُفْلِحُونَ ﴿٢٠٠

މާނައީ: “ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، އަދި ރޭދުވާ ތަފާތުވުމުގައި ބުއްދިވެރީނަށް ހުރި ނިޝާންތަކެއްވެއެވެ. އެބައި މީހުންނަކީ ކޮޅަށް ތިބެގެންނާއި އިށީނދެ ތިބެގެންނާއި އަރިމައްޗަށް އޮށޯވެތިބެގެން މާތްﷲ ހަނދުމަކޮށް އަދި އުޑުތަކާއި ބިން ހެއްދެވުމާމެދު ފިކުރުކުރާ މީހުންނެވެ. (އެބައިމީހުން ދަންނަވައެވެ.) އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ ބާޠިލުގޮތުގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަވެވޮޑިގެންވެއެވެ. ފަހެ ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާފާނދޭވެ! އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެ ނަރަކައަށް ވައްދަވައިފި މީހާ ފަހެ އިބަރަސްކަލާނގެ އެމީހާ ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަދި އަނިޔާވެރިންނަށް މަދަދެއް ދޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އީމާންވުމަށް ގޮވާލައްވާ ބޭކަލަކު (ޔަޢުނީ ރަސޫލަކު) ތިޔަބައިމީހުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް އީމާންވާށޭ ގޮވާލައްވާ އަޑު އަޅަމެން އެހީމުއެވެ. ދެން އަޅަމެން އީމާންވީމުއެވެ. އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި އަޅަމެންގެ ކިބައިން އަޅަމެންގެ ނުބައި ކަންތައްތައް ދުރުކޮށްދެއްވާނދޭވެ! އަދި ހެޔޮލަފާ މީހުންނާ އެކުގައި އަޅަމެން މަރުގަންނަވާނދޭވެ! އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ރަސޫލުންގެ ދޫފުޅު މަތިން އަޅަމެންނަށް ވަޢުދުކުރެއްވި އެއްޗެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ޤިޔާމަތް ދުވަހުގައި އަޅަމެން ނިކަމެތި ނުކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ ވަޢުދާ ޚިލާފުވެވޮޑިނުގަންނަވައެވެ. ދެން އެބައި މީހުންގެ ވެރި ރަސްކަލާނގެ އެބައި މީހުންނަށް (އެބައިމީހުންގެ) ދުޢާ ޢިޖާބަކޮށްދެއްވައެވެ. ތިޔަބައި މީހުންގެ ތެރެއިން ފިރިހެނެއްވިޔަސް އަންހެނެއްވިޔަސް ޢަމަލުކުރާ މީހެއްގެ ޢަމަލު ހަމަކަށަވަރުން ތިމަންﷲ ގެއްލެނި ނުކުރައްވާނަމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކީ އަނެއްބަޔެއްގެ ތެރެއިންވާ ބަޔެކެވެ. ފަހެ ހިޖުރަކޮށް އަދި ގެދޮރުން ނެރެލެވި އަދި ތިމަން ﷲ ގެ މަގުގައި އުނދަގޫތައް ޖެހި ހަނގުރާމަކޮށް ޝަހީދުވި މީހުންގެ ކިބައިން އެބައިމީހުންގެ ކުށްފާފަތައް ހަމަކަށަވަރުން ތިމަންﷲ ދުރުކުރައްވާހުށީމެވެ. އަދި އެތަންތާނގެ ދަށުން ފެންއާރުތައް ދެމިދެމި އޮންނަ ސުވަރުގެތަކަށް ހަމަކަށަވަރުން ތިމަންﷲ އެބައި މީހުން ވައްދަވާހުށީމެވެ. އެއީ ﷲ ގެ ޙަޟްރަތުންވާ ސަވާބެއްގެ ގޮތުންނެވެ. ކާފިރުވީ މީސްތަކުން ރަށްރަށުގައި އެގޮތް މިގޮތަށް އެއުޅޭ އުޅުން ކަލޭގެފާނު ހެއްލުންތެރި ކުރިޔަ ނުދޭހުށިކަމެވެ. (އެބަހީ އެމީހުން އެއުޅޭ އުޅުން އެއީ) ވަގުތީ ކުޑަކުޑަ އުފާކޮޅެކެވެ. ދެން އެބައިމީހުންގެ ނިމުންވާތަނަކީ ނަރަކައެވެ. އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ! އެކަމަކު އެބައިމީހުންގެ ވެރިރަސްކަލާނގެއަށް ތަޤުވާވެރިވި މީހުންނަށްޓަކައި އެތަންތާނގެ ދަށުން ފެންއާރުތައް ދެމިދެމި އޮންނަ ސުވަރުގެތައްވެއެވެ. އެތާނގައި އެމީހުން ދެމިތިބޭނެއެވެ. އެއީ ﷲ ގެ ޙަޟްރަތުންވާ މެހުމާންދާރީއެއްގެ ގޮތުންނެވެ. ﷲ ގެ ޙަޟްރަތުގައިވާ ތަކެތި ހެޔޮލަފާ މީހުންނަށް މާ ހެޔޮވެގެންވެއެވެ. އަދި ހަމަކަށަވަރުން އަހުލުކިތާބީންގެ ތެރެއިން ﷲ އަށާއި، ތިޔަބައިމީހުންނަށް ބާވައިލެއްވުނު ޤުރުއާނަށާއި، އަދި އެބައިމީހުންނަށް ބާވައިލެއްވުނު ތައުރާތަށާއި، އިންޖީލަށް، ﷲ އަށް ނިކަމެތިވެގެންވާ ޙާލު އީމާންވާ މީހުންނެވެ. އެބައިމީހުން ﷲ ގެ އާޔަތްތައް ކުޑަކުޑަ އަގަކަށް ވިއްކައެއް ނުލައެވެ. އެބައިމީހުންނަކީ އެބައިމީހުންނަށްޓަކައި އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އަޖުރުވާ މީހުންނެވެ. ހަމަކަށަވަރުން ﷲއީ ޙިސާބު ބެއްލެވުމުގައި އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ. އަދި ދުޝްމަނުންނާ ކުރިމަތިލައި ހަނގުރާމަކުރާއިރު ކެތްކުރާށެވެ. އަދި ދުޝްމަނުން ހަނގުރާމައަށް އަތުވެދާނެކަމަށް ތައްޔާރުވާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. އެއީ ތިޔަބައިމީހުންނަށް ކާމިޔާބުވޭތޯއެވެ.” {(آل عمران ١٩٥٢٠٠ ) رواه البخاري ومسلم}

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު