ދުޢާ އަކީ އެއްމެ މަތިވެރި އަޅުކަމެވެ. އެއީ މާތް ﷲ ރުއްސަވާވޮޑިގަންނަވާ ކަމެކެވެ. ވީމާ ހުރިހާ ކަމެއްގައި ވެސް މާތް ﷲ އަށް ދެންނެވުމަކީ އެދެވިގެންވާ މާތް ކަމެކެވެ. ވީމާ ދުޢާކުރުން އެންމެރަނގަޅީ ކޮންވަގުތު ތަކެއްގައިކަން ދެނަގަތުމަކީ މުހިންމު ކަމެކެވެ.

 1. ބަންގިއާއި ގަމަތާއި ދެމެދު، ފަރްޟު ނަމާދުތަކަށް ބަންގި ގޮވާ ގަޑި،  އަދި ހަނގުރާމައިގެ މައިދާނުގައި ލަޝްކަރު ބައްދަލުވާ ގަޑި. ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. “ثِنْتَانِ لَا تُرَدَّانِ ، أَوْ قَلَّمَا تُرَدَّانِ، الدُّعَاءُ عِنْدَ النِّدَاءِ وَعِنْدَ الْبَأْسِ حِيْنَ يَلْحَمُ بَعْضُهُمْ بَعْضًا” “މާނައަކީ: “ދެކަމެއް ރައްދުކުރެވިގެން ނުވެއެވެ. ނުވަތަ މަދުން ނޫނީ ރައްދު ނުކުރެވެއެވެ. ބަންގިގޮވާ ގަޑީގައި ކުރާ ދުޢާ އާއި ލަޝްކަރުބައްދަލުވާ ގަޑީގައި ކުރާ ދުޢާ އެވެ.

Close Ad XGet My Ruqya Android App On Google Play

 2. ފަރުޟު ނަމާދައް ފަހު. އަބޫއުމާމާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ:  ” قِيْلَ يَا رَسُوْلَ اللهِ أَيُّ الدُّعَاءِ أَسْمَعُ؟ قَالَ جَوْفُ اللَّيْلِ الْآخِرِ ، وَدُبُرَ الصَّلَوَاتِ الْمَكْتُوْبَاتِ ” މާނައަކީ: ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- އަށް ދެންނެވުނެވެ. “ﷲ ގެ ޙަޟްރަތުގައި އެންމެ އައްސަވާވޮޑިގަތުން ބޮޑީ ކޮންގަޑިއެއްގައި ކުރާ ދުޢާ އެއް ތޯއެވެ؟”، ޙަދީޘް ކުރެއްވިއެވެ. ” ރޭގަނޑުގެ ފަހުބައިގައްޔާއި، ފަރުޟު ނަމާދު ތަކަށްފަހުގައި ކުރާ ދުޢާ އެވެ.”

 3. ރޭގަނޑުގެ ދެބައިން ފަހުބައިގައި. “يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا، حِيْنَ يَبْقَى ثُلُثُ اللَّيْلِ الْأَخِيْرِ، فَيَقُوْلُ: مَنْ يَّدْعُوْنِيْ فَأَسْتَجِيْبَ لَهُ، مَنْ يَّسْأَلُنِيْ فَأُعْطِيَهُ، مَنْ يَّسْتَغْفِرُنِيْ فَأَغْفِرَ لَهُ، حَتَّى يَطْلُعَ الْفَجْرُ”  މާނައަކީ: “ކޮންމެ ރެއެއްގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ފައިބައިވަޑައިގެން ބަސްވަޙީ ކުރައްވާނެއެވެ. “ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާނަމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ. އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ފާފަ ފުއްސެވުން އެދި ތިމަން ﷲ ގެ ޙަޟްރަތަށް ދަންނަވަނީ ކާކުތޯއެވެ. އެމީހެއްގެ ފާފަ ފުއްސަވައި ދެއްވާނަމެވެ، އެގޮތުގައި ފަތިސްވަންދެން ދެމި ހުންނަވައެވެ”.

 4. ސަޖިދާގައި ކުރާ ދުޢާ. “أَقْرَبُ مَا يَكُوْنُ الْعَبْدُ مِنْ رَّبِّهِ وَهُوَ سَاجِدٌ فَأَكْثِرُوْا الدُّعَاءَ “މާނައަކީ:  “އަޅާ އާއި ﷲ އެންމެ ކުއްތަންވާނީ ސަޖިދާގައި އޮންނަ ވަގުތުގައެވެ. އެވަގުތުގައި ދުޢާ ކުރުން ގިނަކުރާށެވެ”.

* ނަމާދު ތެރޭގައި ސަޖިދާގައި ދުޢާ ކުރާނަމަ ކުރަންވާނީ ޢަރަބި ބަހުންނެވެ. ފަރްޟު ނަމާދެއްގައި ވާރިދު ދުޢާ އެއް ނޫން ދުޢާ އެއް ނުކިޔޭނެއެވެ. ނަމަވެސް ސުންނަތް ނަމާދެއް ނަމަ ސަޖިދާގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރު ކިޔާ ނިމުމަށްފަހުގައި ބޭނުން ދުޢާ އެއް ޢަރަބިބަހުން ކުރެވިދާނެއެވެ. 

  •  މިގޮތުން ސަޖިދާގައި ކިއުމަށް ވާރިދުވެފައިވާ ދުޢާތަކުން ބައެއް ދުޢާ ލިޔެލަމެވެ.

1. سُبْحَانَ رَبِّيَ الْأَعْلَى

2. سُبُّوْحٌ قُدُّوْسٌ رَّبُّ الْمَلَائِكَةِ وَالرُّوْحِ

3. سُبْحَانَ ذِيْ الْجَبَرُوْتِ وَالْمَلَكُوْتِ وَاْلكِبْرِيَاءِ وَالْعَظَمَةِ

4. سُبْحَانَكَ اَلَّلهُمَّ رَبَّنَا وَبِحَمْدِكَ، اَلَّلهُمَّ اغْفِرْ لِيْ

5. اَللَّهُمَّ اغْفِرْ لِيْ ذَنْبِيْ كُلَّهُ، دِقَّهُ وَجِلَّهُ، وَأَوَّلَهُ وَآخِرَهُ وَعَلَانِيَّتَهُ وَسِرَّهُ

6. اَللَّهُمَّ لَكَ سَجَدْتُّ، وَبِكَ آمَنْتُ، وَلَكَ أَسْلَمْتُ، سَجَدَ وَجْهِيْ لِلَّذِيْ خَلَقَهُ، وَصَوَّرَهُ، وَشَقَّ سَمْعَهُ وَبَصَرَهُ، تَبَارَكَ اللهُ أَحْسَنُ الْخَاِلِقِيْنَ.

 5. ރަމަޟާންމަހު ޚާއްސަކޮށް އެމަހުގެ ފަހު ދިހައެއްގަ އާއި ލައިލަތުލް ޤަދުރިވިލޭރޭގައި ކުރާދުޢާ. فَقَدْ وَرَدَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ لِعَائِشَةَ لَمَّا قَالَتْ لَهُ : أَرَأَيْتَ إِنْ عَلِمْتُ أَيُّ لَيْلَةٍ لَيْلَةُ الْقَدْرِ ، مَا أَقُوْلُ فِيْهَا ؟  قَالَ : قُوْلِيْ ” اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ”،     ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުން ސުވާލު ދެންނެވިއެވެ. ލައިލަތުލް ގަދްރި ވިލޭރެ އާއި ބައްދަލު ވެއްޖެނަމަ ކިޔަންވީ ކޮން ދުޢާ އެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ވިދާޅުވާށެވެ. “اَللَّهُمَّ إِنَّكَ عَفُوُّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ”. މާނައަކީ:”ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން އިބައިލާހީ ޢަފޫކުރެއްވުމަށް ލޯބިކުރައްވާ ޢަފޫވަންތަ އިލާހެވެ. މިއަޅާގެ ކުށްފާފަތައް މާފްކޮށްދެއްވާފާންދޭވެ”. ލައިލަތުލް ޤަދުރި ވިލޭރެއަކީ ކޮންރެއެއްކަން އަޅުގަނޑުމެންނަކައް އެގިގެނެއްނުވެއެވެ. މިހެންކަމުން އެހެން މައްސަރުތަކާ ޚިލާފަށް ރަމަޟާންމަހުގެ ކޮންމެރެއެއްގައިވެސް އަޅުކަންކޮށް ދުޢާކުރަންވީއެވެ. ޚާއްސަކޮށް ފަހުދިހައިގެ ރޭތަކުގައެވެ.

 6. ގެފުޅުތެރޭގައި ކުރާ ދުޢާ.

 7. ހުކުރު ދުވަހުގެ ކޮންމެވެސް ވަގުތުކޮޅެއްގައި ކުރާދުޢާ، فَقَدْ ذَكَرَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ الْجُمُعَةِ فَقَالَ : “فِيْهِ سَاعَةٌ لَّا يُوَافِقُهَا عَبْدٌ مُّسْلِمٌ قَائِمٌ يُّصَلِّيْ يَسْأَلُ اللهَ تَعَالَى شَيْئًا إِلَّا أَعْطَاهُ إِيَّاهُ”. މާނައަކީ: ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހުކުރު ދުވަހާއި ގުޅޭ ގޮތުން ޙަދީޘް ކުރެއްވިއެވެ. “އެދުވަހުގައި ވަގުތުކޮޅެއްވެއެވެ. އެވަގުތުގައި މުސްލިމަކު ތެދުވެހުރެ ކަމަކަށް އެދި މާތްﷲ އަށް ދުޢާކޮށްފިނަމަ އެކަމެއް ފުއްދަވައިދެއްވާނެއެވެ”. ދެންއެކަލޭގެފާނުގެ އިގިލިކޮޅުން އެވަގުތުކޮޅުގެ ކުރުކަމަށް އިޝާރާތް ކުރެއްވިއެވެ.

 8. ޞަފާ އާއި މަރޫވާ ދެމެދުގައި ކުރާދުޢާ.

 9. މުޞީބާތެއް މެދުވެރިވާހިނދުގައި ކުރާ ދުޢާ. عَنْ أُمِّ سَلَمَةَ رَضِيَ اللهُ عَنْهَا أَنَّهَا قَالَتْ: سَمِعْتُ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ : “مَا مِنْ مُسْلِمٍ تُصِيْبُهُ مُصِيْبَةٌ فَيَقُوْلُ مَا أَمَرَهُ اللهُ : إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُوْنَ اَللَّهُمَّ أَجِرْنِيْ فِيْ مُصِيْبَتِيْ وَأَخْلِفْ لِيْ خَيْرًا مِّنْهَا إِلَّا أَخْلَفَ اللهُ لَهُ خَيْرًا مِّنْهَا” މާނައަކީ: އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާ ވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވި އަޑު ތިމަން ކަމަނާ އެއްސެވީމެވެ. “މުސްލިމަކަށް މުޞީބާތެއް މެދުވެރިވާ ހިނދުގައި “إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُوْنَ اَللَّهُمَّ أَجِرْنِيْ فِيْ مُصِيْبَتِيْ وَأَخْلِفْ لِيْ خَيْراً مِّنْهَا” މިފަދައިން ކިޔައިފި ނަމަ މާތް ﷲ އެއަށް ވުރެ ރަގަޅު ގޮތެއް އެމީހަކަށް މެދުވެރިކޮށްދެއްވަތެވ.

 10. ޢަރަފާތު ބިމުގައި ކުރާދުޢާ.

 11. ހެނދުނު ހާ ގޮވާގަޑީގައި ކުރާ ދުޢާ، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ” إِذَا سَمِعْتُمْ صِيَاحَ الدِّيْكَةِ فَاسْأَلُوْا اللهَ مِنْ فَضْلِهِ ، فَإِنَّهَا رَأَتْ مَلَكًا “މާނައަކީ: “ތިޔަބައިމީހުންނަށް ހާ ގޮވާއަޑު އިވިއްޖެނަމަ އޭގެ މާތްކަން ލިބިގަތުމަށް ދުޢާކުރާށެވެ ހަމަކަށަވަރުން އެތަކެތި އެގޮވަނީ މަލާއިކަތަކު ފެނިގެންނެވެ”.

 12. މައްޔިތާގެ ފުރާނަދާހިނދުގައި މީސްތަކުން ކުރާ ދުޢާ.

13. ބަލިމީހުންގެ ކައިރިއަށް ޒިޔާރަތްކުރާހިނދުގައި ކުރާ ދުޢާ.

14. މައިން ބަފައިން ދަރިންނަށް ކުރާ ދުޢާ، ރޯދަވެރިޔާގެ ދުޢާ، ދަތުރުވެރިޔާ ކުރާ ދުޢާ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަދީޘް ކުރެއްވިއެވެ. ” ثَلَاثُ دَعَوَاتٍ لَّا تُرَدُّ : دَعْوَةُ الْوَالِدِ لِوَلَدِهِ ، وَدَعْوَةُ الصَّائِمِ وَدَعْوَةُ الْمُسَافِرِ ” މާނައަކީ: ތިންމީހެއްގެ ދުޢާ މާތް ﷲ ރައްދު ނުކުރައްވައެވެ. ބައްޕަ އަކު ދަރިފުޅަށް ޓަކައި ކޮށްދޭ ދުޢާ، އަދި ރޯދަވެރިޔާގެ ދުޢާ، އަދި ދަތުރުވެރިޔާގެ ދުޢާ”.  (ބައްޕައަކު ދަރިންނަށް ކުރާ ބަދު ދުޢާވެސް އިޖާބަކުރައްވައެވެ.)

15. މައިން ބަފައިންނަށް ހެޔޮކޮށް ހިތާ ދަރިންގެ ދުޢާ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ : صَدَقَةٌ جَارِيَةٌ ، أَوْ وَلَدٌ صَالِحٌ يَّدْعُوْ لَهُ أَوْ عِلْمٌ يُّتْفَعُ بِهِ ( މާނައަކީ: “އާދަމުގެ ދަރިޔާ މަރުވުމަށްފަހުގައި ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓިގެންދެއެވެ. ދެމިހުންނަނިވި ޞަދަގާތެއް، ދުޢާކޮށްދޭނެ ޞާލިހް ދަރިއެއް، ފައިދާކުރަނިވި ޢިލްމެއް”.

16. ޢަދުލުވެރި އިމާމުގެ ދުއާ.

17. ރޭގަނޑުގެ ނިދިން ހޭލެވޭގަޑީގައި ދުޢާ ކުރުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. مَنْ تَعَارَّ ( أَيْ : اِسْتَيْقَظَ ) مِنَ اللَّيْلِ فَقَالَ : ” لَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ وَلَا حَوْلً وَلَا قُوَّةَ إِلَّا بِاللهِ ثُمَّ قَالَ : اَللَّهُمَّ اغْفِرْ لِيْ – أَوْ دَعَا – اُسْتُجِيْبَ لَهُ فَإِنْ تَوَضَّأَ وَصَلَّى قُبِلَتْ صَلَاتُهُ ” މާނައަކީ: “ރޭގަނޑުގެ ނިދިން ހޭލުމަށްފަހުގައި لَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ އޭ ކިޔާ، މި އަޅާގެ ފާފަ ފުއްސަވާފާންދޭވެ، މިހެންކިޔާ ދުޢާކޮށް، ނުވަތަ އެނޫންވެސް ދުޢާ އެއް ކޮށްފި މީހެއްގެ ދުޢާ އިޖާބަ ކުރައްވާނެއެވެ. އަދި ވުޟޫކޮށްގެން ނަމާދުކޮށްފިނަމަ އެނަމާދެއް ގަބޫލުކުރައްވާނެއެވެ”.

18. ވާރޭ ވެހޭ ވަގުތުގައްޔާއި، މެންދުރު ނަމާދުވަގުތު ވަދެ ނަމާދުކުރުމާއި ދެމެދުގައިވާ ވަގުތުކޮޅުވެސް މެއެވެ.

 ދުޢާ ކުރާއިރު މީގެން ކޮންމެވެސް އެއްވަގުތަކާ ދިމާކޮށް ދުޢާކުރުން އެންމެ މޮޅު އިތުރު ގޮތްކަމުގައި ދެކެމެވެ. މާތް ﷲ ތިބާގެ ދުޢާ އިޖާބަ ކުރައްވާށި އާމީން.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު