އަހަރެމެންނަށް ކާންބޯން ދެއްވާ ރިޒުޤުދެއްވާ ފަރާތަކީ މާތް ﷲ އެވެ. އެހެންކަމުން ކާން ފެށުމާއި ނިމުމުގައިވެސް އެއިލާހު ހަނދުމަކޮށް، ޝުކުރުވެރިވާން ޖެހެއެވެ. މިގޮތުން މިކަން ކުރަންވީ ގޮތް މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ބަޔާންކޮށްދެއްވާފައެވެ. 

ކާން ނުވަތަ ބޯން ފަށަމުން ޢަމަލުކުރަންވީ ގޮތް:

Close Ad XGet My Ruqya Android App On Google Play

وَعَنْ عاَئِشَةَ رَ ضِيَ اللهُ عَنْهـَا، قَالَتْ:  قَالَ رَسُولُ اللهِ صلى  الله عليه وسلّم:  “إِذَا اَكَلَ اَحَدُ كُمْ فَلْيَذْ كُرِ اسْمَ اللهَ تَعَالَى، فَإِنْ نَسِيَ اَنْ يَذْكُرَ اسْمَ اللهِ تَعالَى فِي أَوَّلِهِ، فَلْيَقُلْ: بِسْمِ اللهِ أَوَّلَهُ وَآخِرَهُ”   (رَوَاهُ أَبُو دَاوُدَ، وَالتِّرْمِذِيُّ، حَدِيْثٌ حَسَنٌ صحيحٌ)

 މާނައީ: މާތް ﷲ،އެކަމަނާއަށް ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  ޙަދީޘްކުރެއްވިއެވެ. {ތިޔަބައި މީހުންކުރެ މީހަކު އެއްޗެއް ކާނަމަ (އެބަހީ: ކައި ބޮއި ހަދާނަމަ) ފަހެ، އެ ހިނދު ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ފަށާހުށިކަމެވެ. (އެބަހީ: އެއްޗެއް ކާން ނުވަތަ ބޯން ފެށުމުގެ ކުރިން،

 بِسْمِ اللهِ الرَّحْمَنِ الرَّحِيمْ

މިފަދައިން ކިޔުމަށްފަހު ކެއުމަށް، ނުވަތަ ބޯއެއްޗެއް ބުއިމަށް ފަށާށެވެ.) ފަހެ، ފެށުމުގެ ކުރިން ﷲ ގެ އިސްމުފުޅު ކިޔުމަށް (އެބަހީ بِسْمِ اللهِ ކިޔުމަށް ހަނދާންނެތިއްޖެނަމަ، ކައިބޮއެ ނިމިގެން،

 بِسْمِ اللهِ أَوَّلَهُ وَآخِرَهُ

“ފެށުމުގައިވެސް ﷲ ގެ އިސްމުފުޅުގެ ބަރަކާތް އެކުލެވިގެންވާ ފަދައިން ނުމުމަށްފަހުވެސް، އެކަލާނގެ އިސްމުފުޅުގެ ބަރަކާތް ލިބިގެންވެއެވެ.” މިފަދައިން ކިޔާ ހުށިކަމެވެ.}

 ކައިބޮއެ ނިމުމުން ޢަމަލުކުރަންވީ ގޮތް:

وَعَنْ مُعَاذِ بْنِ أَنَسٍ رَضي الله عَنْهَ، قاَلَ: قَالَ رَسُولُ اللهِ صَلى  الله عليه وسلَّم: مَنْ اَكَلَ طَعَامًا فَقَالَ: {اَلْحَمْدُ اللهِ الَّذِي أَطْعَمَنِي هـَذَا، وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ.} غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ”. (رَوَاهُ أَبُو دَاوُدَ، وَالتِّرْمِذِيُّ، حَدِيْثٌ حَسَنٌ)

މާނައީ: މާތްﷲ އެ ކަލޭގެފާނަށް ރުއްސުންލެއްވި މުޢާޛު ބްނު އަނަސްގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  ޙަދީޘްކުރެއްވިއެވެ.{މީހަކު ކާއެއްޗެއް ކެއުމަށްފަހުގައި (ނުވަތަ އެއްޗެއް ބުއިމަށްފަހުގައި)

” اَلْحَمْدُ لِلّهِ الَّذِي أَطْعَمَنِي هـَذَا، وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ”

 (އެބަހީ: ޙަމްދު ހުރީ ﷲއަށެވެ. އެކަލާނގެއީ، އެތަކެތީގެ މައްޗަށް ތިމަންގެ އެއްވެސް ބާރެއް، ކުޅަދާނަކަމެއްނެތި، އެ ތަކެތި ތިމަންނާއަށް ކާންދެއްވި ރަސްކަލާނގެއެވެ. އަދި އެ ތަކެތިން އެކަލާނގެ ތިމަންނާއަށް ރިޒުޤުދެއްވިއެވެ.)މިފަދައިން ދުޢާކޮށްފިނަމަ، އެ މީހެއްގެ އިސްވެދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ.

_________________

މަޞްދަރު: ރިޔާޟުއްޞާލިޙީން: ކައިބޮއިހެދުމުގެ އަދަބުތައް ނަންގަންނަ ފޮތް- 100. (ފެށުމުގެ ކުރިން ބިސްމިކިޔުމާއި، ނިމިގެން ޙަމްދުކުރުމުގެ ވާހަކަ ނަންގަނެވޭ ބާބު)

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު