ބަލިތައް ޖައްސަވާ، އަދި ބަލިތައް ފަސޭހަ ކުރައްވާ ﷲ ތަޢާލާއަށް ޙަމްދުހުއްޓެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ.
ކިޑްނީގައި ހިލަ އުފެދުމަކީ ޔޫރޮލޮޖީ ނިޒާމަށް ޖެހޭ ބަލިތަކުގެތެރެއިން އެންމެ ރިހުންގަދަ ނުވަތަ ވޭންއަޅާ އެއްކަންތަކެވެ. ސައިންސްވެރިން މިކަން ހޯދާފައިވަނީ 7000 އަހަރުގެ މިސްރުގެ މަމީއެއް ބޭނުންކޮށްގެންނެވެ.
ޔޫރޮލޮޖީ ނިޒާމު އެކުލެވިގެންވަނީ ކިޑްނީއާއި، ޔުރެޓާރސް، ބްލެޑާރ އަދި ޔުރެތްރާ އިންނެވެ. ކިޑްނީ އަކީ ކުޑަކަމުދިޔުމުގެ ތެރޭގައި، ލޭގައި އުފެދޭ ބޭކާރު ބައިތަކާއި ހަށިގަނޑުގައި އިތުރުވާ ފެންބޭރުކޮށްދޭ ގުނަވަނެވެ. އަދި ލޮނާއި ލޭގައިވާ އެހެން މާއްދާތައްވެސް އެއްމިންގަނޑެއްގައި ބެލޭންސް ކޮށް ހިފަހައްޓައިދިނުމަށް އެހީވެދެނީ ކިޑްނީއެވެ. ލޭގެ ރަތް ސެލްތަކާއި ހޯމޯންއާއި ވަރުގަދަ ކަށި އުފެއްދުމުގައިވެސް ކިޑްނީއަކީ އެހީތެރިއެކެވެ.
އެއްމެ ޢާއްމުކޮށް ކިޑްނީގައި އުފެދޭ ހިލައަކީ އިންފެކްޝަންގެ ސަބަބުން އުފެދޭހިލައެވެ. އަދި ޔޫރިކް އެސިޑް ހިލައަކީ އައަށްވުރެ ޢާއްމުނޫން ވައްތަރެވެ. ކްރިސްޓައިން ހިލައަކީ ވަރަށްމަދުން ފެންނަ ބާވަތެއްކަމުގައި ވެއެވެ. ހިލައުފެދެން ދިމާވާ ސަބަބުތަކުގެތެރޭގައި މަދުން ފެންބުއިމާއި އަދި ބައެއް ސިއްޙީދާއިރާގެ ފަރާތްތަކުން ބުނާގޮތުގައި ބޭނުންކުރެވޭ ބައެއްކާނާގެ ސަބަބުންވެސް ހިލައުފެދި އާލާވެދާނެއެވެ. ކިޑްނީގައި ހިލައުފެދުމުގެ އެންމެ ބޮޑު ޢަލާމާތަކީ ގަދަޔަށް ކިޑްނީގައި ރިއްސުމެވެ. މިރިއްސުން ކިޑްނީއާއި ދިމާއިން ބުރިކަށިންނާއި ބަނޑުން ރިހެއެވެ. މިކަމަށް ފަރުވާކުރުމުގައި ތަފާތު ގޮތްތަކާއި ބޭސްތައް މިހާރުބޭނުންކުރެވެއެވެ. އެހެންނަމަވެސް ޑޮކްޓަރީ ބޭހުގައި ސައިޑް އެފެކްޓް ހުންނަކަމީ ޑޮކްޓަރީ ބޭހުގެ އެއް ނުރައްކަލެވެ. މާތް ﷲ ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾ މާނައީ: ” އަދި ތިމަން ރަސްކަލާންގެ ޤުރުއާނުގައި މުއުމިނުންނަށް ރަޙްމަތާއި ޝިފާކަމުގައިވާ ތަކެތީ ބާވައިލައްވަމެވެ. އަދި އަނިޔާވެރީންނަށް އެއިން ގެއްލުމާއި ހަލާކުމެނުވީ އިތުރުނުވާހުއްޓެވެ!” . ބައްޔަކީ ހަށިގަނޑަށް ބަލިޖެހުމަށްފަހު ހަށިގަނޑުގެ މައްޗަށް އަނިޔާވެރިއެއްކަމުގައި ބެލެވިދާނެއެވެ. އަދި ޤުރުއާނަކީ ފަރުވާއެއްކަމުގައި ވީއިރު އަދި އެއިން އަނިޔާވެރިންނަށް ގެއްލުމާއި ހަލާކު އިތުރުވާނަމަ، ޤުރުއާނުގެ ބޭނުން އެނިޔަތުގައި ކުރުމުން ބަލިހަލާކުވެ ހަށިގަނޑަށް ޝިފާ ލިބޭނެކަމި ބެލެވިދާނެ ގޮތެކެވެ. ވީއިރު ޤުރުއާނުގައި ފަރުވާ އޮންނާނީ ހަމައެކަނި ޖިންނި ޝައިޠާނުންނާއި ސިޙުރުގެ ބަލިތަކަކަށް ނޫނެވެ. ނަފްސާނީ، ރޫޙާނީ އަދި ޖިސްމާނީ ބަލިތަކަށްވެސް ޤުރުއާނުގައި ފަރުވާ އޮންނާނެކަން ކަށަވަރެވެ. އެހެންކަމުން މިބައްޔަށް ތަޖުރިބާކުރެވިފައިވާ ޤުރުއާނުގެ ފަރުވާ ބުނެދޭނަމެވެ. މިއީ ޚުދު އަޅުގަނޑުވެސް ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. ޤުރުއާނުން ފަރުވާކުރުމުން ޑޮކްޓަރީބޭހުން ލިބޭ ގެއްލުމެއް ނުލިބޭނެއެވެ. އަދި އޭގެބަދަލުގައި ޘަވާބުވެސް ލިބޭނެކަން ކަށަވަރެވެ.
ފަރުވާ:
އަންނަނިވި ސޫރަތް ފެންބޯ ކޮންމެފަހަރަކު މަދުވެގެން 9 ފަހަރު ކިޔަވައިގެން ބޯށެވެ. އެއަށްވުރެ ގިނައިން ކިޔެވުމަކީ މައްސަލައެއްނޫނެވެ. އަދި ގިނައިން ކިޔެވިވަރަކަށް އަސަރުގަދަވެ ފައިދާ ބޮޑުވާނެއެވެ. ނުވަތަ ބޮޑު ފެންފުޅިއަކަށް ގާތްގަނޑަކަށް 40 ފަހަރު ކިޔަވާފައި ބަހައްޓައިގެން އެއިން ގިނައިން ފެން ބޯށެވެ. އެއިރުން ﷲ އިރާދަކުރެއްވިއްޔާ ކިޑްނީއާއި އެހެންވެސް ޔޫރޮލޮޖީ ނިޒާމުގެ ގުނަވަންތަކުގައިވާ ހިލަ ވިރިގެންދެއެވެ. ނުވަތަ ފުނޑުވެގެން ކުޑަކަމުދާއިރު ބޭރުވެއެވެ. މިއީ މިކަން ތަޖުރިބާވެފައިވާ ގޮތެވެ.
سورة الشرح
أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾ وَوَضَعْنَا عَنكَ وِزْرَكَ ﴿٢﴾ الَّذِي أَنقَضَ ظَهْرَكَ ﴿٣﴾ وَرَفَعْنَا لَكَ ذِكْرَكَ ﴿٤﴾ فَإِنَّ مَعَ الْعُسْرِ يُسْرًا ﴿٥﴾ إِنَّ مَعَ الْعُسْرِ يُسْرًا ﴿٦﴾ فَإِذَا فَرَغْتَ فَانصَبْ ﴿٧﴾ وَإِلَىٰ رَبِّكَ فَارْغَب ﴿٨﴾
މާނައީ: “ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟ (1) އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ. (2) އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ. (3) އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ.(4) ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. (5) ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. (6) ފަހެ، ކަލޭގެފާނު( دين އަށް ގޮވައިލެއްވުމުގެ މަސައްކަތުން )އަވަދިވެވަޑައިގަންނަވާހިނދު، ފަހެ، ކަލޭގެފާނު( އަޅުކަން ކުރެއްވުމުގައި )ވަރުބަލިވެ ވަޑައިގަންނަވާށެވެ! (7) އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! (8)”
ﷲ އިރާދަކުރެއްވިއްޔާ މިކަން ކޮށްގެން އެއްވެސް ބޭހެއް ބޭނުން ނުކޮށް ކިޑްނީގައި އުފެދޭ ހިލަ ބޭރުވާކަން ވަނީ ތަޖުރިބާ ކުރެވިފައެވެ. އިރާދަކުރެއްވިއްޔާ މިލިޔުން ވިދާޅުވާ ފަރާތްތަކަށްވެސް ހަމަ މިތަޖުރިބާ ކުރެވޭނެއެވެ. އަޅުގަނޑުގެ ދުޢާއަކީ އެއީއެވެ. ހުރިހާކަމެއްވެސް ވަނީ ﷲގެ އަމުރުފުޅަށްކަން ކަށަވަރެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.
وَلَوْ أَنَّ قُرْآنًا سُيِّرَتْ بِهِ الْجِبَالُ أَوْ قُطِّعَتْ بِهِ الْأَرْضُ أَوْ كُلِّمَ بِهِ الْمَوْتَىٰ ۗ بَل لِّلَّهِ الْأَمْرُ جَمِيعًا ۗ (سورة الرعد 31) މާނައީ: ” قرآن އަކުން ފަރުބަދަތައް ލުހެލެވި، ފުނޑުފުނޑުކޮށްލެވޭނެނަމަ، ނުވަތަ ބިންގަނޑު ކުދިކުދި ކޮށްލެވޭނެނަމަ، ނުވަތަ މަރުވެފައިވާ މީހުންނާ ވާހަކަ ދެއްކޭނެނަމަ (އެ قرآن އަކީ މިއީއެވެ.) އަދި ކިއެއްތަ! ހުރިހާ أمر އެއް ކުރެއްވުންވަނީ، اللَّه އަށެވެ.” މިފަދަ އާޔަތްތަކާއިމެދު ފުންކޮށް ވިސްނާ މީހުނަށް ފައިދާ ތަކެއްވާކަން ކަށަވަރެވެ.
ކިޑްނީ ނުވަތަ ބަނޑު ނޫން އެހެން ތަނެއްގައި ހިލަ އުދެދިއްޖެ ނަމަ ކުރާނެ ފަރުވާއެއް އެބައޮތްތޯ؟ މިސާލަކަށް ކަރުގަ ހިލައުފެދިއްޖެ ނަމަ ރުޤްޔާ ކޮއްގެން ފަރުވާކުރެވިދާނެތަ؟
ކޮންމެ ބައްޔަކަށްވެސް ރުޤްޔާ ކުރެވޭނެ. ޤުރުއާނަކީ ހުރިހާކަމަކަށްވެސް އޮތް ޝިފާއެއް.
ކުޑަކަމުދާ ނިޒާމުގައި ހިލަ ނުއުފެދި ކުޑަކަމުދިއުމުގެ އުނދަގޫތައް ކުރިމަތިވާނަމަވެސް މި ކަން ކުރެވިދާނެތޯ؟
ކުރެވިދާނެއެވެ.
Hakuru bbbayyah migothah vaki haassa faruwaa eh vey baa؟؟
ކުޑަކަމުދިޔުން ދިޔުން ނުހިފެހެއްޓޭނަމަ މިރުޤުޔާ ކުރެވިދާނެތޯ؟
ތިކަމަށްވެސް މިރުޤްޔާގެ ބޭނުންކުރެވިދާނެއެވެ. އަދި މީގެ އިތުރުން ކޮންމެ ރެއަކު ނިދަންވުމުން، ރަނގަޅަށް ކުޑަކަމު ދިޔުމަށްފަހު، 1 ސައިސަމްސާ މާމުއި ބޯށެވެ. މާމުޔަށް މިރުޤްޔާ ކިޔަވާލުމުން އިތުރަށް ފައިދާ ބޮޑުވާނެއެވެ. މިގޮތަށް މަދުވެގެން 1 މަސްދުވަހު ޢަމަލުކުރައްވާށެވެ. އާދަކޮށް މިގޮތަށް ކަންކުރުމުންވެސް ގެއްލުމެއް ނެތެވެ. އަދި ސިއްޙީ އެތައް ފައިދާއެއް މިކަންކަން އާދަކޮށް ކުރުމުންވެސް ލިބިގެންދާނެއެވެ.
ވަރަށް ކަމުދޭ މި އާޓިކަލް.
Varah fakkaa mifadha ilmee liyunthah Gina ginain genesdheynvee