މެތުރުން ޕްރޮގްރާމް 1

ޕޯސްޓްކުރީ   /   4 December 2014  /   1 ޚިޔާލު

“މެތުރުން” މި ޕްރޮގްރާމަކީ ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް އާއި ރޭޑިއޯ އެޓޯލް ގުޅިގެން ކޮންމެ އާދިއްތަ ދުވަހެއްގެ ރޭ 9:00 އިން 10:00 އަށް ވަގުތުން ގެނެސްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ، ސިހުރު ހާހޫރައާއި، މިފަދަ ޚުރާފީ ކަންކަން ނައްތާލައި، ޖިންނި ޝައިޠާނުންނާއި ސިހުރު އަދި އެސްފީނާ ފަދަ ރޫޙާނީ ބަލިތަކަށް ޤުރުއާނާއި ސުންނަތުގެ އަލީގައި، އިސްލާމްދީނުގައި ހުއްދަ މިންގަނޑުގެ ތެރޭގައި ރުޤްޔާކުރާނެގޮތާއި ފަރުވާ ކުރާނެ ގޮތް ބަޔާންކޮށްދީ، ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކޮންމެ ރެއަކުވެސް ތައުޙީދު ފިލާވަޅެއް ހިމެނިފައި ވެއެވެ. އަދި މައިގަނޑު މައުލޫއާއި މެދު ވާހަކަދެއްކުމާއި، ޙަދީޘަކާއި، އިތުރު މަޢުލޫމާތު ހިމެނޭ ރިޕޯރޓެއް ހިމެނިފައި ވެއެވެ. މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަނީ ޑރ.މުޙައްމަދު ޢިޔާޟު ޢަބްދުއް ލަޠީފާއި އައްރާޤީ އަޖްނާދު ޢަލީ އެވެ. އެހުންތެރިން ޝައުޤުވެރިކަމާއިއެކު އަޑުއަހަމުން ގެންދާ މި ޕްރޮގްރާމަކީ، ސުވާލާއި ޖަވާބު، އަދި ފޯނު ކޯލުވެސް ހިމެނޭގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމް އަޑުއައްސަވާ

ޑައުންލޯޑް ކުރައްވާ

ޑައުންލޯޑްކުރައްވާ

ފައިލް ސައިޒް: 52.3 MB

ޑައުންލޯޑްކޮށްފައިވަނީ: 239 ފަހަރު.

 


1 ޚިޔާލު

  1. އިސްމާޢީޅް says:

    ސުކުރަން

       0 މީހުނަށް މި ޚިޔާލު ކަމުދޭ!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ

އީމެއިލް ޝާޢިއު ނުކުރާނެއެވެ. ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ ބައިތަކުގައި * ޖަހާފައި