ހެޔޮވާނީ ކިހިނެއްހެއްޔެވެ. އެއީ ﷲ އާއި ރަސޫލާ ވަރުގަދައަށް މަނާ ކުރައްވާފައިވާ ކަމެކެވެ. މިފަދަ އާޔަތްތަކާއިމެދު ވިސްނާ ބިރުވެތިވެ ޝިރުކާއި ސިޙުރުވެރިންގެ މަކަރުން ސަލާމަތްވާށެވެ.

އޭ ސިޙުރުވެރިންނޭވެ. ޝައިޠާނާގެ ވާގިއެދި ﷲ ޙަރާމްކުރެއްވި ސިޙުރުހަދާ އުޅޭއިރު ޝައިޠާނާގެ ރޭވުންތައް ބަލިކަށިވެގެން ވާކަން ދަންނާށެވެ. އަދި އެކަމުގެ އެއްމެ ބޮޑު ހެއްކަކީ ސިޙުރުވެރިޔަކު ކޮންމެ ސިޙުރެއް ހެދިކަމުގައިވިޔަސް ކީރިތި ﷲގެ މުޢުޖިޒާތް، ކީރިތިވި ޤުރުއާނުން އެސިޙުރެއް ބާޠިލް ކުރެވޭކަމެވެ. ފަހެ މީގެންވެސް އެނގެނީ ސިޙުރަށް މަސައްކަތް ކުރާ ޖިންނީންނާއި ޝައިޠާނުންނާއި ސިޙުރުވެރިންގެ ބާރު ދެރަކަމެވެ. އަދި ސިޙުރުވެރިންނީ ޝައިޠާނާގެ ވާގިވެރިންނެވެ.

Close Ad XGet My Ruqya Android App On Google Play

ﷲ އަށް ބިރުވެތިވާ ﷲގެ މަގުގައި ތިބިމީހުނަށް ޝައިޠާނާގެ ވާގިވެރިންނާއި ހަނގުރާމަ ކުރުމަށް ﷲ އަންގަވައެވެ. ﷲ ވަޙީ ކުރައްވަނީ :  الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللَّهِ ۖ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ ۖ إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا ﴿سورة النساء ٧٦) މިފަދައިންނެވެ. މާނައީ: ” އީމާންވީ މީހުން ﷲގެ މަގުގައި ހަނގުރާމަކުރެއެވެ. އަދި، ކާފިރުވީ މީހުން ޝައިޠާނާގެ މަގުގައި ހަނގުރާމަ ކުރެއެވެ. ފަހެ، ތިޔަބައިމީހުން ޝައިޠާނާގެ ވާގިވެރިންނާއި ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން، ޝައިޠާނާގެ ކެހިވެރިކަން ވަނީ ނިކަމެތިވެގެންނެވެ.”

މިއާޔަތުން ޝައިޠާނާގެ ބަލިކަށިކަންވެސް ވަރަށް ރަނގަޅަށް ސާބިތުވެއެވެ. ދަންނާށެވެ. ސިޙުރުވެރިން ތިޔަ ވާގިއެދި އަދި ވާގިދީ އުޅެނީ ﷲ ބަލިކަށި ކުރެއްވި ޝައިޠާނާއާއެވެ. އަހަރެމެން މުސްލިމުންގެ މިއިންޒާރުގައި ހިފާށެވެ. ﷲ ގެ މިއަމުރުފުޅަށް ފުރަގަސް ނުދޭނަމެވެ. ﷲ ގެ މަގުގައި ތިޔަބައިމީހުނާ ގަދަފަދައަށް ހަނގުރާމަކުރާނަމެވެ. ހަމަގައިމުވެސް އަހަރެން ކުރާނަމެވެ.

އެއީ ތިޔަބައިމީހުން ޝައިޠާނުންނާ ވާގިވެރިވެގެން ހަދާ ސިޙުރު ޖެހިފައިވާ މީހުނަށް ﷲގެ ވާގިފުޅާއެކު އެމީހުނަށް ޖެހިފައިވާ ސިޙުރުތައް ބާޠިލުކޮށް ތިޔަބައިމީހުންގެ ސިޙުރާއި ދެކޮޅަށް ﷲ ގެ އާޔަތްތައް އުފުލައިގެނެވެ. އަދި ތިޔަބައިމީހުންގެ މަކަރުތަކާއި ސިޙުރުގެ ތަކެއްޗާއި ތިޔަބަމީހުންކުރާ އެކި އެކި ކަންތައް އެންމެނަށް ބޭޒާރުކޮށް ހޭލުންތެރި ކުރުވައިގެނެވެ. އަދި ﷲގެ ތެދުމަގު މީސްތަކުންނަށް ބުނެދީގެނެވެ. މިއިންޒާރު ކޮންމެ ސިޙުރުވެރިއަކުވެސް ހަނދާންބަހައްޓާށެވެ. އިރާދަކުރެއްވިއްޔާ ސިޙުރުވެރިއަކަށް ކާމިޔާބުވިޔަކަ ނުދޭނަމެވެ.

ﷲ ލަޢުނަތްލެއްވި ސިޙުރުވެރިންނޭވެ. ތިޔަބައިމީހުން ﷲގެ ރުއްސެވުން ލިބިގެންވާ ބަޔަކަށް ވުމަށް އިޚްލާޞްތެރި ތައުބާ އަކުން ތައުބާވާށެވެ. ސިޙުރު ދޫކޮށް ޝައިޠާނުންނަށް ކާފިރުވާށެވެ. ﷲއަށް ބިރުވެތިވާށެވެ. ނޫންނަމަ ދީނުގައި ތިޔަބައިމީހުންގެ ޙައްދުވަނީ ކަނޑައެޅިގެނެވެ. ތިޔަބައިމީހުނަށް ވަނީ ނަރަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ޝަރުޢުވެގެންވަނީ ކަނޑިންޖަހާ މަރާލުމެވެ.

ރަސޫލާގެ ޞައްޙަ ޙަދީޘުން މިކަން ސާބިތެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަވެ ޙަދީޘުފުޅުގައިވަނީ:
“حَدَّثَنَا أَحْمَدُ بُنِ مَنِيْعُ , حَدَّثَنَا أَبُو مُعَاوِيَةُ عَنْ إِسْمَاعِيْلُ بُنِ مُسْلِمٍ عَنِ الْحَسَنِ بْنِ  جُنْدُبٍ قَالَ , قَالَ رَسُولُ اللهِ حَدُّ السَّاحِرِ ضَرْبَةٌ باِ لسَّيْفِ.”

މާނައީ: ޙަސަނު ބުނި ޖުންދުބުގެ ކިބައިން އިސްމާޢީލު ބުނި މުސްލިމު ރިވާކުރެއްވިކަމަށް އަބޫ މުޢާވިޔަތުގެ ކިބައިން އަޙްމަދު ބުނި މުނީޢު ތިމަންނާއަށް (ތިރުމިޛީ އަށް) ވިދާޅުވިއެވެ. ރަސޫލުﷲގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ސިޙުރުވެރިޔާގެ ޙައްދަކީ ކަނޑިން ޖަހާ މަރާލުމެވެ. (ސުނަނު އައް ތިރުމީޛީ : 1462 ވަނަ ޙަދީޘް)

ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގައި މިޙައްދު ޤާއިމްކުރަންޖެހިފައިތިބި ކިތަންމެ ބަޔަކު އެބަ ތިއްބެވެ. ސިޙުރު ޖެހި ގޮތް ހުސްވެފައި ތިބި އެތައްބަޔަކު އެބައުޅެއެވެ. ސިޙުރުޖެހި ވާނުވާ ނޭންގި އެކި އެކި ބޭސްކޮށް އަތްމަތިހުސްވެ ނިމިދަނީ ކިތައް ދިވެހިންބާއެވެ.

ސިޙުރުން މޮޔަވަނީ ކިތައް ދިވެހިންހެއްޔެވެ. ބައިވަރެކެވެ. ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. މިރާއްޖެ މިއަދު މިވަނީ ސިޙުރުވެރިންގެ ރާއްޖެއަކަށް ވެފައެވެ.

ކޮންމެ ދެބަސްވުމެއްގައި ސިޙުރު ހަދާ ތިމާފަދަ އަނެކާއަށް އުނދަގޫތައްކޮށް ﷲއަށް ކާފިރުވަނީއެވެ. އަވަހަށް ތައުބާވާށެވެ. ސިޙުރު ހެދުން ހުއްޓާލާށެވެ. ދިވެހިންނޭވެ. ﷲ އެންގެވި ގޮތަށް ޢަމަލުތައް ބަހައްޓާށެވެ.

ޢައުރަތައް ނިވާކޮށް، ނަމާދު ބަރާބަރަށް އަދާކޮށް، ޤުރުއާން ކިޔަވާ ސުންނަތުން ވާރިދުވެފައިވާ ދުޢާތައް ރައްކާތެރި ވުމުގެ ގޮތުން ބަރާބަރަށް ކިޔަވާށެވެ. ކޮންމެ ކަމެއްގައިވެސް ހަމައެކަނި ﷲ ގެ ޙަޒުރަތުން ވާގި އެދޭށެވެ.

އޭރުން ކޮންމެ މީހަކު ކޮންމެ ސިޙުރެއް ހެދިޔަސް ﷲ އިރާދަކުރެއްވިއްޔާ ތިމާ ހުންނާނީ ސަލާމަތުންނެވެ.

– ނިމުނީ-
ނޯޓް: މިއީ އަޅުގަނޑު އެސަންދާން މަޖައްލާގައި ލިޔެ ޝާއިއުކޮށްފައިވާ ލިޔުމެކެވެ.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު