ސުވާލު: ޙައިޟުވެރިޔާ އާއި، ޖުނުބުވެރިޔާ އަދި ނިފާސްވެރިޔާ ހިނައި ނުގަނެ ރުޤްޔާ ކިޔަވާފައިވާ ފެން (ހުއްދަ ފަންޑިތަ ހެދިފައިވާ ފެން) ބުއިމާއި އެފެން ގައިގަ އުނގުޅުމާއި އެފެނުން ފެންވެރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ޖަވާބު: ޖުނުބުވެރިވެފައިވާ ބަލިމީހާ ބޮޑަށް ރަނގަޅީ ރުޤްޔާއިން ފަރުވާ ލިބިގަތުމަށްޓަކައި ހިނައި ޠާހިރުވުމެވެ. އެއީ އެރުޤްޔާގެ ފައިދާ ބޮޑަށް ލިބިގަތުމަށްޓަކައެވެ. އެއީ އެފެން ބުއިކަމުގައި ވީނަމަވެސް މެއެވެ. އަދި އެފެނުން ގައިގަ އުނގުޅާ އަދި ފެންވެރިކަމުގައިވީނަމަވެސް މެއެވެ.
ޙައިޟުވެރި އަންހެނާއާއި ނިފާސްވެރި އަންހެނާއަށް ރުޤްޔާކޮށްފައިވާ ފެން ބޭނުން ކުރުމުގައި މައްސަލައެއް ނެތެވެ. އެއީ އެދެޙާލަތުގައި ރުޤްޔާނުކޮށްފިނަމަ ލިބޭ ގެއްލުން ބޮޑުވެދާނެތީއެވެ.

Close Ad X

_________________________________
- ބައްލަވާ: عبد الله جبرين : الكنز الثمين ص 194 –
- ބައްލަވާ: الفتاوى الذهبية في الرقى الشرعية -

ޙިޔާލުފާޅުކުރައްވާ

1 ކޮމެންޓު

  1. sanތި މަރިޔަބު

    ވަރަށް ރަނގަޅު މަަަައުލޫމާތެއް މިއީ ……