ޙިޖާމާ ދަސްކޮށްދޭ ވޯރކްޝޮޕެއް ބާއްވަނީ

ސަޢޫދީ ޢަރަބިއްޔާގެ ޙިޖާމާ ސްޕެޝަލިސްޓެއް ކަމަށްވާ، ޑރ. ޢަބްދުލް ޢަޒީޒް ޢަބްދުލް ޙައްޔުގެ، ޙިޖާމާ ޖަހަން ދަސްކޮށްދޭ ވޯރކްޝޮޕެއް، ޖޫން 6 އަދި 7 ގައި ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސްގެ ފަރާތުން ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިވޯރކްޝޮޕްގައި ބައިވެރި ވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ވޯރކްޝޮޕްގެ ފީއަކީ -/500 ރުފިޔާއެވެ. އަންހެން އަދި ފިރިހެން ބޭފުޅުންނަށްވެސް މިވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވޯރކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯރމް:

Close Ad X

ޑައުންލޯޑްކުރައްވާ (PDF, 250KB)

Download

Total Downloads: 378

File Size: 250.0 kB

 

މީގެ އިތުރުން ފިރިހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ޖޫން 3ން 5ށް ޙިޖާމާ ޖަހައިދިނުމުގެ ސެޝަންތަކެއް ބާއްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މިސެޝަންތަކުގައި ކަޕް ޖަހައިދެއްވާނީ، ސަޢޫދީ ޢަރަބިއްޔާގެ ބޭފުޅެއްކަމުގައިވާ ، ޑރ. ޢަބްދުލް އަޒީޒް ޢަބްދުލް ޙައްޔު އެވެ. ޑރ.ޢަބްދުލް ޢަޒީޒް ޢަބްދުލް ޙައްޔު އަކީ، ސަޢޫދީ ޢަރަބިއްޔާގެ އެތައް ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ، ޕްރިވެންޝަނަލް ހިޖާމާގެ އެކްސްޕާރޓްއެކެވެ. ކަޕް ޖަހަން އެޕޮއިންޓްމެންޓް ހެއްދެވުމަށް 9998179 ނުވަތަ 9959599. އަށް، ނަމާއި، އައި.ޑީ. ކާޑު ނަމްބަރު އަދި ފޯން ނަމްބަރު ޖެއްސެވުމަށްފަހު އެސް.އެމް އެސް ކުރެއްވުމުން އެޕޮއިންޓްމެންޓް ހެއްދޭނެއެވެ. އަދި ޖާގަ އޮތް މިންވަރަކުން، ފުރުޞަތުދެވޭނެއެވެ.

ޙިޖާމާ ޖެހުމަށް -/500 ރުފިޔާ ޗާޖްކުރާގޮތަށް ވަނީ ހަމަޖެހިފައެފވެ. އަދި ވޯރކްޝޮޕްގައި ބައިވެރިވެލައްވާ ބޭފުޅުންނަށް -/300 ރުފިޔާއަށް ޙިޖާމާ ކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ޖޫން 6 އަދި 7 ގައި އޮންން ވޯރކްޝޮޕްގައި ބައިވެރި ވުމުގެ ފީ އަކީ -/500 ރުފިޔާއެވެ.

ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސްގެ، މިޚާއްޞަ ކަޕިންގ އިވެންޓްތަކުގެ މީޑިއާ ޕާރޓްނަރ އަކީ ދިއިސްލާމްއެވެ.

ޙިޖާމާއަކީ ކޮބާ؟

ޙިޖާމާއަށް ދިވެހިން ކިޔަނީ ކަވާޖެހުމެވެ. އެއީ އިންސާނާގެ ގައިގައިވާ ބޭކާރު، ފާސިދު ލޭ ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ނެރުމަށް ކިޔާނަމެކެވެ. އެއީ ސުންނަތުން ސާބިތު، ބޭސްވެރިކަމުގެގޮތުން މިހާރުގެ ޑޮކްޓަރުންވެސް އެއްބަސްވާ ފަރުވާއެކެވެ.

ޙިޖާމާޖެހުމުގެ ބައެއް ފައިދާތައް
• ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށް ތަބާވުން.
• ލޭ ސާފުވުން
• ހިތުދަސްކުރުމުގެ ބާރު ގަދަވުން
އަންނަނިވި ކަންތައްތަކުން ސަލާމަތްވުން.
o މަސްގުޅަކެއުން
o ނޭވާހިއްލުމާއި އެތެރެހަށީގެ އެހެނިހެން ބަލިތައް.
o ބޮލުގަ ރިއްސުމާއި ދަތުގައި ރިއްސުމާއި ޓިއުމަރު އުފެދުންފަދަ ކަންތައް
o ރަޙިމުގެ އެކިބަލިތަކާއި ޙައިޟުގެ މައްސަލަތައް
o ލޭމަތިވުން
o މެޔާއި ބުރަކަށްޓާއި ކޮނޑުފަދަ ތަންތާގައި ރިއްސުން
o ނިދިގިނަވުމާއި ކަންނެތްކަން
o ހަމުގެ މައްސަލަތައް
o ޒަޚަމުވެފައިވާތަންތަން ދޮސްގަތުން
o ވައިއުފެދުމުގެ(ގެސްޓްރިކް) މައްސަލަތައް
o ކެއްސުން
o ބަނޑުހަރުވުމާއި ބަނޑުދިޔާވުން
o ހިތުގެ ބަލިތައް
o ހަކުރުބަލި
o ލޮލުގެ ބަލިތައް
o ވާގިނެތޭބަލި
o ސިޙުރު
އަދިވެސް އެތައް ފައިދާތަކެއް ޙިޖާމާ ޖެހުމުގައިވެއެވެ. އެކިކަންކަމުން ސަލާމަތްވުމަށްޓަކައި ޙިޖާމާޖަހާނީ އެކިތަންތާގައެވެ.

 

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު