ލޯޑްވަނީ...
 ފުރަތަމަ ސަފްހާ  >  ރުޤްޔާ  >  ލިޔުން  >  ލިޔުން

ބަނޑުން ބޭރުވާ ކޮންމެ އެއްޗަކީ ސިހުރު ހެއްޔެވެ؟

ޕޯސްޓްކުރީ   /   4 July 2015  /   0 ޚިޔާލު

ގިނަ ބަލިމީހުނަށާއި ބައެއް ރާޤީންނަށް ހީވެފައި އޮންނަ ގޮތުގައި ބަނޑުންބޭރުވާ ކޮންމެ އެއްޗަކީ ސިހުރެވެ. އެއީ އަނގައިން (ހޮޑުގެ ގޮތުގައި) ނިކުތް ނަމަވެސް ނުވަތަ ބޮޑުކަމުދާ ތަކެތީގެ ގޮތުގައި ބޭރުވިޔަސްމެއެވެ. ޚާއްސަ ގޮތެއްގައި ބަލިމީހާ ހޮޑުލައްވަން ނުވަތަ ބޮޑުކަމުދެވޭގޮތަށް ފަތްޕިލާވެލިން ދެވޭ ފަރުވާތަކުގައެވެ. މިގޮތަށް ފަތްޕިލާވެލިން ދެވޭ ފަރުވާތަކުން ނިކުންނަ ބޮޑުކަމުދާތަކެތީގެ ކުލަ އެކިފަހަރު ތަފާތުވެއެވެ. މިގޮތަށް ބޭރުވާތަކެތީގައި ބައެއްފަހަރު ސިހުރުގެ އެއްވެސް އަސަރެއް ނެތިދާނެއެވެ. އަދި އަނެއްބައިފަހަރު ސީދާ ސިހުރުގެ އަސަރުތައްވެސް ބޭރުވެދާނެއެވެ. ނުވަތަ ބޮޑުކަމުދާތަކެއްޗާއި އެކު ސިހުރުގެ ކޮންމެވެސް މިންވަރެއްވެސް ބޭރުވެދާނެއެވެ. ރާޤީންނަށާއި ބަލިމީހުނަށް އަޅުގަނޑު ބަޔާންކޮށްލަދޭން ބޭނުންވަނީ، ސިހުރު ނުވަތަ ރޫހާނީ ބައްޔެއް ޖެހިފައިވާ މީހާއަށް ބޮޑުކަމުދާތަކެއްޗާއި އެކު ސިހުރުގެ އަސަރު ބޭރުކުމަށް ސަނާމުކީ ފަތް، “ރާވަންދު” ފަދަ ފަތްޕިލާވެލީގެ ފަރުވާއެއް ދޭނަމަ، ނުވަތަ ހޮޑުލެއްވުމަށްޓަކައި ފަރުވާއެއް ދިނުމުން، ބަނޑުން ގަދަކަޅުކުލައަކަށްދާ ހަރު މާއްދާއެއް ނުކުމެދާނެއެވެ. ނުވަތަ ރީނދޫކުލައިގެ ތެޔޮ މާއްދާއެއް (ސަރުބީ ފަދަ) ނުކުމެދާނެއެވެ. ނުވަތަ ގޮހޮރުގެ ސިފައިގައިވާ ތަތް މާއްދާތަކެއް ނުކުމެދާނެއެވެ. މިފަދަ މާއްދާތަކެއް ބޭރުވެއްޖެނަމަ ބަލިމީހާގެ ހަށިގަނޑަށް ލުއިކަން ލިބިގެންދާނެއެވެ. އެގޮތަށް ދިމާވަނީ ގޮހޮރުގައި ހަރުލާފައި ހުންނަ ތަކެތި ބޭރުވާތީއެވެ. މިގޮތަށް ބޭރުވާ ތަކެތީގެ ތެރޭގައި ބައެއްފަހަރު ސިހުރު ބޭރުވެދާނެއެވެ. އަދި ސިހުރު ބޭރު ނުވެވެސް ހިނގައިދާނެއެވެ. މިގޮތަށް ބޭރުވާ ތަކެތި ހުންނަގޮތުގެ ފޮޓޯތަކަށް ބަލައިލަމާތޯއެވެ. މިފަދަ ފޮޓޯތަކެއް ހާމަކުރުމަށް އެހާ އެކަށީގެން ނުވިނަމަވެސް މިއީ ޙަޤީޤަތްކަމަށްވާތީ ހިމަނާލީމެވެ.

މިފޮޓޯތަކުން ތިޔަ ފެނިވަޑައިގަންނަވަނީ ގޮހޮރުގައި އެތައް އަހަރެއް ވަންދެން ހަރުލާފައިވާ ތަކެތި ބޮޑުކަމުދާ ތަކެތީގެ ގޮތުގައި ބޭރުވެފައިވަނިކޮށެވެ. މިއީ ސަނާމުކީ ފަދަ ބޮޑުކަމުދެވޭގޮތަށް ދޭ ފަރުވާތަކުގެ ސަބަބުން ގޮހޮރު އެއްކޮށް ދޮވެވި ސާފްވުމުގެ ސަބަބުން ވާކަމެކެވެ. ބައެއް ބަލިމީހުނަށް މިގޮތަށް ދޭފަރުވާގެ ސަބަބުން، އެމީހުން މަހެއް ދެމަހެއް ކުރިން ކައިފައި ހުންނަ ތަކެތިވެސް ބޭރުވެފައި އެބަހުއްޓެވެ. ވީމާ މިކަމުގައި އެންމެ ޔަޤީން ގޮތަކީ ސީދާ ސިހުރުގެ ބާވަތެއްކަން ޔަޤީންވާތަކެތި، މިސާލަކަށް ބަރަނި ރޮދި، ގޮށްޖަހާފައި ހުންނަ ތަކެތި، ކަރުދާސް، އާދަޔާ ޚިލާފް ދިރޭތަކެތި ފަދަ އެއްޗެއް ބޭރުވުމުން އެއީ ސީދާ ސިހުރުގެ އަސަރު ކަމުގައި ބުނުމެވެ. މިފަދަ ތެކެއްޗަކީ ސީދާ ސިހުރުގެ އަސަރުތައްކަމާމެދު ޝައްކެއް ނެތެވެ.

—————————————————————————————————

މިއީ ރުޤްޔާގެ ފަންނުގައި ތަޚައްޞުޞް ޝެއިޚްއެއްކަމަށްވާ ޝެއިޚް ޚާލިދުލް ޙަބްޝީ ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ތަރުޖަމާއެކެވެ.
ނޯޓ: މިތަރުޖަމާ ކުރުމުގައި ކިޔުންތެރިންނަށް ފަސޭހައިން ފަހުމްވާފަދަ ގޮތަކަށް ބަޔާންކޮށްދެވޭތޯ ބަލާފައިވާނެއެވެ.

 


Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>