ލޯޑްވަނީ...
 ފުރަތަމަ ސަފްހާ  >  ރުޤްޔާ  >  ޛިކުރު ތަކާއި ދުޢާ  >  ލިޔުން

ނުރުހެވޭކަމެއް ދިމާވެއްޖެނަމަ ނުވަތަ ކުރަންއުޅޭކަމެއް ކުޅަދާނަކަމާއި އިޚްތިޔާރުން ބޭރުވެއްޖެނަމަ…

ޕޯސްޓްކުރީ   /   18 November 2013  /   0 ޚިޔާލު

އަހަރުމެން އިންސާނުންނަށް ދުނިޔޭގައި ދިމާވާ ކަންކަމުން ނުރުހެވި، ނުކުޅެދުންތެރިވުމުން މާޔޫސްވެ ގޮތް ހުސްވާ ގޮތްވެއެވެ. އެހެނަސް އަބަދުވެސް ހަނދާން ކުރަންވީ ކަމަކީ ކޮންމެ ކަމަކީވެސް މާތް ﷲ އަހަރުމެންނަށް މިދުނިޔޭގައި އިމްތިޙާނެއްގެ ގޮތުން ޖައްސަވާ ކަންތައްތައް ކަމެވެ. ކޮންމެ ކަމެއް ދިމާވުމުންވެސް ދީނުގައި އެކަމެއް އޮތް ގޮތެއްބަލައި، ކީރިތި ޤުރުއާނާއި رَسُولُ الله صَلّي الله عَلَيْهِ وَسَلّمَ ގެ ނަބަވީ އިރުޝާދުން އެކަންތައްތައް ދެނެގަނެ ޙައްލު ހޯދުމެވެ. رَسُولُ الله صَلّي الله عَلَيْهِ وَسَلّمَ ޙަދީޘްފުޅުކުރެއްވިއެވެ.

“ގަދަފަދަ މުއުމިނާ ބަލިކަށި މުއުމިނާއަށްވުރެ ހެޔޮވެގެންވެއެވެ. އަދި ﷲގެ ޙަޟްރަތަށް ލޮބުވެތިކަން ވޮޑުވެގެންވެއެވެ. އަދި (ދެމީހުންކުރެ) ކޮންމެ މީހެއްގެ ކިބައިގައިވެސް ހެޔޮކަންތައްވެއެވެ. ތިބާއަށް ފައިދާ ކުރަނިވި ކަންތަކުގެ މައްޗަށް ތިބާ ދަހިވެތިވާށެވެ. އަދި ﷲގެ ޙަޟްރަތުން މަދަދަށް އެދޭށެވެ. އަދި (ހެޔޮކަންތައްތަކަށް) ނުކުޅެދިގެންވާ މީހެއްގެ ގޮތުގައި ނުވާށެވެ. އަދި ތިބާއަށް މުޞީބާތެއް ޖެހިއްޖެނަމަ ފަހެ ތިބާ ނުބުނާށެވެ، އަހުރެންނަށް މިވެނި އެވެނި ގޮތަކަށް ކަންތައްކުރެވުނު ނަމައެވެ. އަދި ކިއެއްތަ! ތިބާ މިފަދައިން ބުނާށެވެ.

“قَدَرُ اللهِ وَمَا شَاءَ فَعَلَ”، މާނައީ “(މިއީ) ﷲ މިންވަރުކުރެއްވި ގޮތެވެ. އެކަލާނގެ އިރާދަކުރެއްވިގޮތަށް ކަންތައްކުރައްވައިފިއެވެ.” އެހެނީ ހަމަކަށަވަރުން “ނަމައޭ ކިޔުން” ޝައިތާނާގެ ޢަމަލުތައް ހުޅުވައިދެއެވެ.” (رواه مسلم)


Leave a Reply

Your email address will not be published. Required fields are marked *

Follow us on Facebook!