ތަށިލިޔުމާއި ތަވީދު އެޅުމާއި ކަރުދާހުގައި ލިޔެ ގިރުވައިގެން ބުއިމަކީ ކޮންކަހަލަކަމެއް؟

ސުވާލު:

މެތުރުމާއި ތަވީދު އަދި ޤުރުއާނުގެ ބައެއް އާޔަތް އެއްޗެއްގައި ލިޔެ، އޭގެ ފެން ބުއިން އެއީ ކޮންކަހަލަ ކަމެއް ؟

ޖަވާބު: ޝެއިޚް އާދަމް ޝަމީމްގެ ފަތުވާތަކުގެ ތެރެއިން

Close Ad XGet My Ruqya Android App On Google Play

ހަށިގަނޑުގައި އަޅާ ވޭނެއްގެ ސަބަބުން މީހަކު މަތުރާދިނުމަށް އެދިފިނަމަ، ކީރިތި ޤުރުއާނުގެ ބައެއް އާޔަތް އެއްޗެއްގައި ލިޔެ، އޭގެ ފެން ބޮއެފިނަމަ އެއީ ހުއްދަކަމެއް ހެއްޔެވެ؟ މާނައަކީ: ޝިފާއަށް އެދިގެން ކީރިތި ޤުރުއާނުން ތަށިލިޔެ އެބުއިމަކީ ހުއްދަ ކަމެއްތޯއެވެ؟ – ފަތުވާ ނަމްބަރު 143 ގެ ދެވަނަ ސުވާލު | ފަތުވާގެ މަޞްދަރު: فتاوى اللجنة الدائمة للبحوث العلمية والإفتاء (ج 1، ص 176- 177)

الحمد لله، والصلاة والسلام على رسول الله

أما بعد:

މިސުވާލާއި ގާތް ސުވާލެއްގެ ޖަވާބު ދާރުލް އިފްތާއިން ނެރެފައިވެއެވެ. އޭގައިވަނީ:

ތައްޓެއްގައި ނުވަތަ ގަނޑެއްގައި ކީރިތި ޤުރުއާން ލިޔެ، ފެނުން ދޮވެ، އެބުއިމަކީ ހުއްދަކަމެކެވެ. ﷲގެ ބަސްފުޅުގައިވެއެވެ. { وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ } الإسراء 82. މާނައީ: “އަދި ތިމަން ﷲ ޝިފާއެއް ކަމުގައްޔާއި، މޫމިނުންނަށް ރަހުމަތެއްކަމުގައި ޤުރުއާން ބާވައިލެއްވީމެވެ.”

ފަހެ ޤުރުއާނަކީ ހިތްތަކަށާއި ހަށިތަކަށް ހުރި ޝިފާއެކެވެ. الحاكم [المستدرك] (4، 403) ގައި އަދި ابن ماجه [السنن] (2، 1142) ގައި ابن مسعود رضي الله عنهގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ހަމަކަށަވަރުން النبي صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. {عَلَيْكُمْ بِالشِّفَاءَيْنِ العَسْلَ وَالقُرْآنِ} މާނައަކީ: “ތިޔަބައިމީހުން ދެޝިފާގައި ހިފާށެވެ. އެއީ: މާމުޔާއި ޤުރުއާނެވެ.” އަދި علي رضي الله عنهގެ އަރިހުން ابن ماجه އެބޭފުޅާގެ سنن ގެ الطب (3533) ގައި ރިވާކުރައްވާފައިވެއެވެ. النبي صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. (( خَيْرُ الدَّوَاءِ الْقُرْآن )) މާނައީ: “ހެޔޮވެގެންވާ ބޭހަކީ އަލްޤުރުއާނެވެ.”

އަދި ابن عباس رضي الله عنهماގެ އަރިހުން ابن السني ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. “ވިހަން އުނދަގޫވެއްޖެނަމަ ސާފު ތައްޓެއްގައި { كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ..} الأحقاف ސޫރަތުގެ 35 ވަނަ އާޔަތާއި އަދި { كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا..} النازعات ސޫރަތުގެ 46 ވަނަ އާޔަތާއި އަދި { لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِأُولِي الْأَلْبَابِ.. } يوسف ސޫރަތުގެ 111 ވަނަ އާޔަތް ލިޔެ، ފެނުން ދޮވެ، އެފެން މާބަނޑު އަނހެނާއަށް ބޯންދީ، އޭނާގެ ބަނޑާއި މޫނަށް ވިއްސާލާށެވެ.”

ހަމައެފަދައިން ابن القيم زاد المعاد (ج3، ص381) ގައި ވިދާޅުވެފައިވެއެވެ. “الخلال ވިދާޅުވިއެވެ. عبد الله بن أحمد ތިމަންނާއަށް ވިދާޅުވިއެވެ. އަންހެނަކު ވިހަން ދަތިވެގެން ތިމަންނާގެ ބައްޕަ (އިމާމް އަހުމަދު) ގެ ގާތަށް އައުމުން ހުދު ބިއްލޫރި ތައްޓެއްގައި ނުވަތަ ސާފު އެއްޗެއްގައި ابن عباس رضي الله عنهماގެ އަރިހުން ރިވާވެގެން ވާ ދުއާ: ((لا إله إلا اللهُ الحَلِيْمُ الْكَرِيمُ، سُبْحَان اللهِ رَبِّ الْعَرْشِ الْعَظِيم)) ލިޔުއްވައި އަދި سورة الفاتحة ގެ ދެވަނަ އާޔަތް {الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ} އާއި سورة الأحقاف ގެ 35 {كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِنْ نَهَارٍ بَلَاغٌ} އާޔަތާއި سورة النازعات ގެ 46 { كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا } އާޔަތް ލިޔުއްވިތަން ދެކުނީމެވެ.

އަދިވެސް الخلال ވިދާޅުވިއެވެ. أبو بكر المروذي ވިދާޅުވިއެވެ. ހަމަކަށަވަރުން أبو عبد الله (އިމާމް އަހުމަދް) ގެ ގާތައް މީހަކު އައިސް ދެންނެވިއެވެ. އޭ އަބޫ ޢަބްދު ﷲ އެވެ. ދެދުވަސް ވަންދެއް ނުވިހިގެން ބަނޑުގައި ރިއްސާ އަންހެނަކަށް ދޭނެ އެއްޗެއް ލިޔެދެއްވިދާނެ ތޯއެވެ؟ ވިދާޅުވިއެވެ. ފަތައި ތައްޓަކާއި ޒައުފަރާން ކޮޅެއް ގެންނާށެވެ. މިގޮތަށް އެތައް މީހަކަށް ލިޔުއްވައިދެއްވިތަން ތިމަންނާ ދެކުނީމެވެ.”

އަދިވެސް ابن القيم ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ވިހަން ދަތިވެގެން އުޅޭ މީހާއަށް ޤުރުއާނުގެ އާޔަތް ލިޔެ، ބޯންދެވޭނެކަމުގައި ސަލަފުންގެ ޖަމާއަތެއްގެ އަރިހުން ރިވާވެގެން ވެއެވެ.” مجاهد ވިދާޅުވިކަމުގައި ވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ބަލިމީހާއަށް ޤުރުއާން ލިޔެ، ދޮވެފައި އެފެން ބޯންދިނުމަކީ މައްސަލައެއް ނޫނެވެ. އަދި ހަމަމިފަދައިން أبو قلابة ގެ އަރިހުންވެސް މިފަދައިން ރިވާވެގެންވެއެވެ.”

وبالله التوفيق. وصلى الله على نبينا محمد، وآله وصحبه وسلم

– اللجنة الدائمة للبحوث العلمية والإفتاء –
ފަތުވާ ދެއްވި ބޭފުޅުންނަކީ: ފަތުވާ ކޮމެޓީގެ ނައިބު ރައީސް فضيلة الشيخ عبد الرزاق عفيفي އާއި އިތުރު ދެ މެމްބަރުން فضيلة الشيخ عبد الله بن سليمان بن منيع އަދި މެމްބަރް: فضيلة الشيخ عبد الله بن عبد الرحمن الغديان އެވެ.

އާދަމް ޝަމީމް.ކޮމް އިން ނަގާފައި

pindey އަށް ރައްދުދެއްވާ ރައްދު ކެންސަލް

2 ކޮމެންޓު

  1. pindey

    saabahey buney veynyh thi kuraa hih varakah alhgadhu men ge vara thaaeedhu thiya beyfulhaa ah ovey ingey thoah

  2. pindey

    alhugadhumen gey theyreyga ives eyba ulhey mikahala kanthah neygey eythah eythah baeh sihr heydhumakyh kyhaa varehge kameh kameh ves andhaazaa nukurey vey baeh eyba ulhey alhugadhu ge eydhumakyh sihr hadhaa myhunnah mi kahala mauloomaathu kiyaalu masheyvey.. miee kyhaa vareh ge ubaa kameh kan hithah aruvaalu mashey vey … gina gina inn mykahala mauoomaathun dhin varakah heylu theyri vumuge furu sathu libeyneh… eyhen v ma alhu gadhu bunan oih vaahaka akyh vara ufaa kuramey myhakala kanthah thah mi site ga hymanaa thyh adhi alhugadhu vara hih hama jeyhey mi liyumaa meydhu