ސުވާލު: ބައްޔަކަށް ފަރުވާ ކުރުމުގެ ގޮތުން ވަކި އާޔަތްތަކެއް ޚާއްޞަކޮށްގެން ތަކްރާރުކޮށް އެ އާޔަތްތައް ކިޔެވުމަކީ ކޮންކަހަލަ ކަމެއްތޯ؟ މިޘާލަކަށް: ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ޓަކައި ވަކި ސޫރަތެއްގެ ވަކި އާޔަތްތަކެއް ވަކި ޢަދަދަކަށް ކިޔަވާ ހެދުމެވެ. އަދި މިނޫންވެސް ބައްޔަކަށް ވަކި ސޫރަތެއްގެ ވަކި އާޔަތެއް ކިޔެވުމެވެ؟

ޖަވާބު: الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

Close Ad XGet My Ruqya Android App On Google Play

ސޫރަތުލް އިސްރާގެ 82 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَنُنَزِّلُ مِنَ الْقُرْ‌آنِ مَا هُوَ شِفَاءٌ وَرَ‌حْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارً‌ا) މާނައަކީ: “ތިމަންރަސްކަލާނގެ قرآن ން  مؤمن ންނަށް رحمة އާއި، شفاء ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآن ން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ.” މި އާޔަތުން ދޭހަވަނީ ކީރިތި ގުރްއާނުގެ ބައެއް އާޔަތްތައް ކިޔެވުމުން ޝިފާ އާއި ރަޙްމަތް ލިބެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި (مِنَ) އަކީ އަލްޖިންސް އެވެ. މާނައަކީ: މުޅި ގުރްއާނަކީވެސް ޝިފާ އެކެވެ. ކީރިތި ގުރްއާނުގެ ބައެއް އާޔަތް ތަކުން ޝިފާ ލިބިދެވޭކަން ދޭހަވާ ކިތަންމެ އާޔަތެއް ހުރި ކަމީ ޝައްކެތްނެތް ކަމެކެވެ. މިޘާލެއްގެ ގޮތުން ބުނަނީނަމަ، އެއްޗެއް ކަށިޖެހުމުން ސޫރަތުލް ފާތިޙާ އަކީ ފައިދާ ހުރި ޝިފާ އެއް ކަން އަބޫސަޢީދުގެ ޙަދީޘުން ދޭހަވެއެވެ. އަދި އެކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިގްރާރުވެ ވަޑައިގަތެވެ. އަދި ޙަދީޘް ކުރެއްވިއެވެ. (( وما ادارك انها رقية )) މާނައަކީ: “އެއީ ރުގްޔާ އެއް ކަން ކަލޭގެފާނަށް އަންގަވައިދެއްވީ ކޮންކަމެއްތޯއެވެ؟” اخرجه البخاري رقم 5736 كتاب الطب ومسلم رقم 2201 كتاب الاسلام

އަދިވެސް އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. (فاتحه الكتاب شفاء من كل داء  ) މާނައަކީ: “ސޫރަތުލް ފާތިޙާ އަކީ ހުރިހާ ބައްޔަކަށް ޝިފާ އެކެވެ.” اخرجه الدرامي رقم 3370 كتاب فضائل القرأن وعزاه صاحب المشكاة للبيهقي في (( شعب الايمان))
އާޔަތުލް ކުރްސީ އަކީ ޝައިޠާނީ ވަސްވާސްތަކުން ސަލާމަތް ކޮށްދޭ އާޔަތެއްކަން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ޙަދީޘުން ދޭހަވެއެވެ. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : (وَكَّلَنِى رَسُولُ اللَّهِ – صلى الله عليه وسلم – بِحِفْظِ زَكَاةِ رَمَضَانَ ، فَأَتَانِى آتٍ فَجَعَلَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ ، وَقُلْتُ وَاللَّهِ لأَرْفَعَنَّكَ إِلَى رَسُولِ اللَّهِ – صلى الله عليه وسلم – . قَالَ إِنِّي مُحْتَاجٌ ، وَعَلَيَّ عِيَالٌ ، وَلِي حَاجَةٌ شَدِيدَةٌ . قَالَ فَخَلَّيْتُ عَنْهُ فَأَصْبَحْتُ فَقَالَ النَّبِيُّ – صلى الله عليه وسلم – « يَا أَبَا هُرَيْرَةَ مَا فَعَلَ أَسِيرُكَ الْبَارِحَةَ » . قَالَ قُلْتُ يَا رَسُولَ اللَّهِ شَكَا حَاجَةً شَدِيدَةً وَعِيَالاً فَرَحِمْتُهُ ، فَخَلَّيْتُ سَبِيلَهُ . قَالَ « أَمَا إِنَّهُ قَدْ كَذَبَكَ وَسَيَعُودُ » . فَعَرَفْتُ أَنَّهُ سَيَعُودُ لِقَوْلِ رَسُولِ اللَّهِ – صلى الله عليه وسلم – إِنَّهُ سَيَعُودُ . فَرَصَدْتُهُ فَجَاءَ يَحْثُو مِنَ الطَّعَامِ فَأَخَذْتُهُ فَقُلْتُ لأَرْفَعَنَّكَ إِلَى رَسُولِ اللَّهِ – صلى الله عليه وسلم – . قَالَ دَعْنِي فَإِنِّي مُحْتَاجٌ ، وَعَلَيَّ عِيَالٌ لاَ أَعُودُ ، فَرَحِمْتُهُ ، فَخَلَّيْتُ سَبِيلَهُ فَأَصْبَحْتُ ، فَقَالَ لِي رَسُولُ اللَّهِ – صلى الله عليه وسلم – « يَا أَبَا هُرَيْرَةَ ، مَا فَعَلَ أَسِيرُكَ » . قُلْتُ يَا رَسُولَ اللَّهِ شَكَا حَاجَةً شَدِيدَةً وَعِيَالاً ، فَرَحِمْتُهُ فَخَلَّيْتُ سَبِيلَهُ . قَالَ « أَمَا إِنَّهُ قَدْ كَذَبَكَ وَسَيَعُودُ » . فَرَصَدْتُهُ الثَّالِثَةَ فَجَاءَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ فَقُلْتُ لأَرْفَعَنَّكَ إِلَى رَسُولِ اللَّهِ – صلى الله عليه وسلم – ، وَهَذَا آخِرُ ثَلاَثِ مَرَّاتٍ أَنَّكَ تَزْعُمُ لاَ تَعُودُ ثُمَّ تَعُودُ . قَالَ دَعْنِي أُعَلِّمْكَ كَلِمَاتٍ يَنْفَعُكَ اللَّهُ بِهَا . قُلْتُ مَا هُوَ قَالَ إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الْكُرْسِىِّ ( اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَىُّ الْقَيُّومُ ) حَتَّى تَخْتِمَ الآيَةَ ، فَإِنَّكَ لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ وَلاَ يَقْرَبَنَّكَ شَيْطَانٌ حَتَّى تُصْبِحَ . فَخَلَّيْتُ سَبِيلَهُ فَأَصْبَحْتُ ، فَقَالَ لِي رَسُولُ اللَّهِ – صلى الله عليه وسلم – « مَا فَعَلَ أَسِيرُكَ الْبَارِحَةَ » . قُلْتُ يَا رَسُولَ اللَّهِ زَعَمَ أَنَّهُ يُعَلِّمُنِي كَلِمَاتٍ ، يَنْفَعُنِي اللَّهُ بِهَا ، فَخَلَّيْتُ سَبِيلَهُ . قَالَ « مَا هِىَ » . قُلْتُ قَالَ لِي إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الْكُرْسِي مِنْ أَوَّلِهَا حَتَّى تَخْتِمَ ( اللَّهُ لاَ إِلَهَ إِلاَّ هُوَ الحي الْقَيُّومُ ) وَقَالَ لِي لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ وَلاَ يَقْرَبَكَ شَيْطَانٌ حَتَّى تُصْبِحَ ، وَكَانُوا أَحْرَصَ شَيءٍ عَلَى الْخَيْرِ . فَقَالَ النَّبِي – صلى الله عليه وسلم – « أَمَا إِنَّهُ قَدْ صَدَقَكَ وَهُوَ كَذُوبٌ ، تَعْلَمُ مَنْ تُخَاطِبُ مُنْذُ ثَلاَثِ لَيَالٍ يَا أَبَا هُرَيْرَةَ » . قَالَ لاَ . قَالَ « ذَاكَ شَيْطَانٌ  ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ރަމަޟާންމަހު ފިޠްރު ޒަކާތް ނެގުމުގެ ކަންތައް ކުރުމަށް ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ތިމަންކަލޭގެފާނައި ހަވާލުކުރެއްވިއެވެ. ތިމަންނާގެ ގާތަށް މީހަކު އައިސްފިއެވެ. އަދި އެމީހާ ކާއެއްޗެހިތައް ނަގަން ފަށައިފިއެވެ. ދެން ތިމަން ކަލޭގެފާނު އޭނާގެ އަތުން އެތަކެތި އަތުލެއްވީމެވެ. އަދި ބުނީމެވެ. ކަލޭގެ ޝަކްވާ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އުފުއްލާނަމެވެ. ދެން އެމީހަކު ބުންޔެވެ. އަހަންނަކީ ވަރަށް ދަތިކޮށް އުޅޭ މީހަކީމެވެ. އަހަރެންގެ ބެލުމުގެ ދަށުގައިވާ އެތައް ބަޔަކު ވެއެވެ. އަހަރެން ވަނީ މިތަކެއްޗަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައެވެ. އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. ތިމަންނާ އޭނާ ދޫކޮށްލީމެވެ. ދެން ހެދުނުވުމުން ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވާލު ކުރެއްވިއެވެ. އޭ އަބޫހުރައިރާ އެވެ. ރޭގައި ކަލޭގެފާނުގެ އަސީރު ކަލޭގެ ހެދީ ކިހިނެއް ހެއްޔެވެ؟ އަބޫހުރައިރާ ވިދާޅުވިއެވެ. ތިމަންނާ ޖަވާބުގައި ދެންނެވީމެވެ. އޭނާ އަކީ ވަރަށް ބޮޑަށް ޙާޖަތަށް ޖެހިފައިވާ، ޚަރަދު ކުރަން ޖެހޭ ގިނަބަޔަކު ހުރި މީހެއް ކަމުގައި ބުނުމުން އޭނާ އަށް ރަޙުމްކޮށްފައި ދޫކޮށްލީއެވެ. ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. “އޭނާ އެހެދީ ދޮގެވެ. އަދިވެސް އޭނާ އަންނާނެއެވެ”. ދެން އެކަލޭގެ އަށް ވަރަށް ބޮޑަށް ފާރަލައިގެން ހުއްޓާ އަނެއްކާވެސް އައިސް އޭނާގެ އަތުން އެއްޗެތި ނަގަން ފަށައިފިއެވެ. ދެން ތިމަން ކަލޭގެފާނު އޭނާގެ އަތުން އެތަކެތި އަތުލެއްވީމެވެ. އަދި ބުނީމެވެ. ކަލޭގެ ޝަކްވާ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އުފުއްލާނަމެވެ. ދެން އެމީހަކު ބުންޔެވެ. އަހަންނަކީ ވަރަށް ދަތިކޮށް އުޅޭ މީހަކީމެވެ. އަހަރެންގެ ބެލުމުގެ ދަށުގައިވާ އެތައް ބަޔަކު ވެއެވެ. އަހަރެން ވަނީ މިތަކެއްޗަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައެވެ. އަހަރެން ދެނެއް ނާންނާނަމެވެ. އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. ތިމަންނާ އޭނާ އަށް ރަޙުމްކޮށް ދޫކޮށްލީމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވާލު ކުރެއްވިއެވެ. އޭ އަބޫހުރައިރާ އެވެ. “ރޭގައި ކަލޭގެފާނުގެ އަސީރު ކަލޭގެ ހެދީ ކިހިނެއް ހެއްޔެވެ؟” އަބޫހުރައިރާ ވިދާޅުވިއެވެ. ތިމަންނާ ޖަވާބުގައި ދެންނެވީމެވެ. އޭނާ އަކީ ވަރަށް ބޮޑަށް ޙާޖަތަށް ޖެހިފައިވާ، ޚަރަދު ކުރަން ޖެހޭ ގިނަބަޔަކު ހުރި މީހެއް ކަމުގައި ބުނުމުން އޭނާ އަށް ރަޙުމްކޮށްފައި ދޫކޮށްލީއެވެ. ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. “އޭނާ އެހެދީ ދޮގެވެ. އަދިވެސް އޭނާ އަންނާނެއެވެ”. ތިންވަނަ ރޭވެސް އޭނާ އަށް ފާރަ ލައިގެން ހުއްޓާ އަނެއްކާވެސް އައިސް އެއްޗެތި ނަގަން ފަށައިފިއެވެ. ދެން ތިމަން ކަލޭގެފާނު އޭނާގެ އަތުން އެތަކެތި އަތުލެއްވީމެވެ. އަދި ބުނީމެވެ. ކަލޭގެ ޝަކްވާ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އުފުއްލާނަމެވެ. މިއީ ކަލޭ މިކަން ތަކްރާރު ކުރާ ތިންވަނަރެއެވެ. ކޮންމެ ފަހަރަކުވެސް ދެނެއް ނާންނާނަމޭ ކިޔާފައި ދަނީ އެވެ. މިފަހަރު ކަލޭ ދޫކޮށްލެވޭކަށް ނޯންނާނެއެވެ. އެކަލޭގެ ބުންޏެވެ. ﷲ ކަލެއަށް ފައިދާ ދެއްވާނެ ކަމެއް ދަސްކޮށްދެން ހެއްޔެވެ؟ އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. އެއީ ކޮންކަމެއް ހެއްޔެވެ؟ އޭނާ ބުންޏެވެ. ކަލޭގެފާނު ނިދަން ތަންމައްޗަށް އަރައިފިނަމަ އާޔަތުލް ކުރްސީ ކިޔަވާށެވެ. އޭރުން ﷲ ކަލޭގެފާނު ރައްކާތެރި ކޮށްދެއްވާނެއެވެ. އަދި ހެނދުނު ވުމާއި ހަމައަށް ޝައިޠާނަކު ކައިރި އެއް ނުވާނެއެވެ. ދެން އެމީހާ ދޫކޮށްލައިފީމެވެ. އަނެއް ދުވަހު ހެނދުނުވުމުން ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވާލުކުރެއްވިއެވެ. “ރޭގައި ކަލޭގެފާނުގެ އަސީރު ކަލޭގެ ހެދީ ކިހިނެއް ހެއްޔެވެ؟” އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. ﷲ ތަޢާލާ ތިމަންނާ އަށް ފައިދާ ދެއްވާނެ ކަންތަކެއް ދަސްކޮށްދިނުމުން ދޫކޮށްލީއެވެ. ޙަދީޘް ކުރެއްވިއެވެ. “އެއީ ކޮން ކަމެއް ހެއްޔެވެ؟” އަބޫހުރައިރާ ވިދާޅުވިއެވެ. އޭނާ ބުންޏެވެ. ކޮންމެ ރެއަކު ނިދަން އޮށޯވެފައި އާޔަތުލް ކުރްސީ އެއްކޮށް ކިޔަވާށޭ ބުންނެވެ. އަދި އެގޮތަށް ކަންތައް ކޮށްފިނަމަ އަހަރެން ވާ ހުށީ ﷲ ގެ ރައްކާތެރި ކަމުގައި ކަމަށްވެސް ބުންޏެވެ. އަދި ހެނދުނު ވުމަށް ދާން ދެން ޝައިޠާނަކަށް ކައިރި ނުވެވޭނެކަމުގައިވެސް ބުންޏެވެ. ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. “އޭނާ އަކީ ދޮގު ހަދާ މީހެއް ކަމަކު މިފަހަރު އެހެދީ ތެދެކެވެ. މިދިޔަ ތިން ދުވަހު ކަލޭގެފާނާއި އެބައްދަލުވީ ކާކުކަން އެގިލައްވާތޯއެވެ؟ އަބޫހުރައިރާ ވިދާޅުވިއެވެ. “ނޭނގެއެވެ”، ޙަދީޘް ކުރެއްވިއެވެ. “އެއީ ޝައިޠާނާއެވެ”. أخرجه البخاري رقم 2311 كتاب الوكالة .

ކީރިތި ގުރްއާނުގެ ބައެއް އާޔަތްތައް ކިޔަވައިގެންނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތުން ޘާބިތުވެފައިވާ ބައެއް ދުޢާ ތައް ބޭނުން ކޮށްގެން ޞަޙާބީންނާއި އެހެނިހެން ބައެއް ސަލަފުންގެ ކިބައިން ރިވާވެގެން ވެއެވެ.  ސޫރަތުލް އަޢްރާފް އާއި ޔޫނުސް އަދި ޠާހާ ގައިވާ ސިޙުރުގެ އާޔަތްތައް ސިޙުރު ފިލުވުމަށް ވަރަށް ބޮޑަށް ފައިދާ ކުރާ ކަން ޘާބިތުވެއެވެ. އަދި ދެމަފިރިން ދުރުކުރުވުމަށް ހަދާފައި ހުންނަ ސިޙުރު ބާޠިލް ކުރުމަށްވެސް ވަރަށް ފައިދާ ކުރާ ކަން ޘާބިތުވެއެވެ. ހަމައެފަދައިން ސޫރަތުލް ފަލަގި އާއި ނާސި ކިޔެވުން ޘާބިތުވެއެވެ. އަދި ތަކްރާރުކޮށް އެއް އާޔަތްތަކެއް ކިޔެވުން ވެސް ޘާބިތުވެއެވެ. ދެއަތް ގޮށި ކުރުމަށް ފަހުގައި ތިންފަހަރަށް ފުމެލާފައި އިޚްލާޞް ފަލަގި ނާސް، މިތިން ސޫރަތް ކިޔެވުން. އަދި އެއަށްފަހުގައި ބޮލުން ފެށިގެން މޫނާއި މުޅި ހަށިގަނޑުގައި އަތް ކާއްތާލުން. عَنْ عَائِشَةَ رضي الله عنها : ( أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ : جَمَعَ كَفَّيْهِ ، ثُمَّ نَفَثَ فِيهِمَا ، فَقَرَأَ فِيهِمَا : قُلْ هُوَ اللَّهُ أَحَدٌ ، وَ قُلْ أَعُوذُ بِرَبِّ الْفَلَقِ ، وَ قُلْ أَعُوذُ بِرَبِّ النَّاسِ ، ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ ، يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ ، يَفْعَلُ ذَلِكَ ثَلَاثَ مَرَّاتٍ) النفث : نفخ لطيف بلا ريق . رواه البخاري (5017) މާނައަކީ: “މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޭގަނޑު އަވަހާރަ ފުޅަށް ތަންމައްޗަށް އަރާވަޑައިގަންނަވާ ހިނދުގައި ދެއަތްތިލަ ގޮށި ކުރައްވައެވެ. އަދި ދެއަތްތިލަ އަށް ފުމެލެއްވުމަށްފަހުގައި قُلْ هُوَ اللَّهُ أَحَدٌ ، وَ قُلْ أَعُوذُ بِرَبِّ الْفَلَقِ ، وَ قُلْ أَعُوذُ بِرَبِّ النَّاسِ ، މި ތިން ސޫރަތް ކިޔަވާ ވިދާޅުވެއެވެ. އެއަށްފަހުގައި އެކަލޭގެފާނު ކުޅަދާނަވީ މިންވަރަކުން ހަށިގަނޑުގައި އަތްފޮހެލައްވައެވެ. ފަށްޓަވަނީ ބޮލުންނާއި މޫނުންނެވެ. އެއަށްފަހު މުޅި ހަށިގަނޑުގައެވެ. އެގޮތަށް ތިންފަހަރު ހައްދަވައެވެ”. اخرجه البخاري في رقم 5017 كتاب فضائل القرأن

އެހެންކަމުން، ގުރްއާނުގެ އާޔަތްތައް ކިޔަވައިގެންނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ވާރިދުވެފައިވާ ދުޢާތައް ބޭނުން ކޮށްގެން ރުގްޔާ ކުރާ މީހުންނަށް އިންކާރު ނުކުރެވޭނެއެވެ. والله اعلم

މިފަތްވާ ދެއްވީ އައްޝައިޚް ޢަބްދުﷲ އަލްޖިބްރީނެވެ. “ފަތާވާ ޢުލަމާއިލް ބިލާދިލް ޙަރާމް” އޭ ކިޔުނު ފޮތުގެ 1281 ގައި މިފަތްވާ ޛިކްރު ކުރައްވާފައިވެއެވެ.

ގުޅުން ހުރި ލިޔުން : ރުޤްޔާކުރާއިރު ވަކި ޢަދަދަކަށް ކިޔެވުމުގެ ޙުކުމް !

ޙިޔާލުފާޅުކުރައްވާ

2 ކޮމެންޓު

  1. ސިފޫ

    ސުވާލެއް
    ސިހުރު ފަދަ ކަންކަމުގެ ސަބަބުން މައްސަރު ކަންތަކަށް ހުރަސް އެޅިފާނެތޯ

    1. އެއީ ޑަކްޓަރީ ގޮތުންވެސް އަދި ސިޙުރު ނުވަތަ ޖިންނީގެ ސަބަބުންވެސް ވެދާނެ ކަމެއް.