ރުޤްޔާ ޝަރުޢިއްޔާގެ ލުއިފޮތްތަކެއް ބަހައިފި

ސްޕިރިޗުއަލް ހީލާރސް އޮފް މޯލްޑިވްސްއާއި މައިތިރި ވެބްސައިޓްގެ ފަރާތުން ލުއިފޮތްތަކެއް ހިލޭބަހައިފިއެވެ. މިލުއި ފޮތްތަކަކީ ރުޤްޔާއާއި ބެހޭ ސައަޙަ މަޢުލޫމާތު ވީހާވެސް ގިނަބަޔަކަށް ފަސޭހަކަމާއިއެކު ލިބޭނެގޮތް ހަދައި ދިވެހި ރާއްޖެ ޒަމާނުއްސުރެ ވެއްޓިފައިވާ ޝިރުކާއި ޚުރާފާތުގެ އަނދިރިކަމުން ސަލާމަތްކޮށް ހޭލުންތެރި ކުރުވުމަށްޓަކައި ތައްޔާރުކުރި ލުއިފޮތެކެވެ. ފަންޑިތައިގެ ނަމުގައި ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ކަންކަމުގެ ޙަޤީޤަތްތަކާއި، ޤުރުއާނާއި ސުންނަތުގެ އަލީގައި، އަދި ތަޖުރިބާތަކުގެ އަލީގައި އެކަންކަމުގެ ޙަޤީޤަތާއި ކުރެވިދާނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާންކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިދަޢުވަތުތައް ފުޅާކޮށް ފެތުރުމަށްޓަކައި މިއީ ވަރަށް މުހިއްމު ލުއިފޮތްތަކެކެވެ. ސިޙުރުވެރިކަމާއި ޖިންނީގެ ބަލިތައްފަދަ ކަންކަމުން ސަލާމަތްވާނެ ރަނގަޅު ހެޔޮގޮތްތަކުގެ މަޢުލޫމާތަކީ މިއަދު އެންމެނަށްވެސް މުހިއްމު އަދި ކޮންމެހެން އެނގެން ޖެހޭ އެއްޗަކަށް މިވަނީ ވެފައެވެ. ޤައުމުގައި މިދެންނެވި ކަންކަން ފެތުރިފައިވާލެއް ބޮޑުކަމުންނެވެ.

މިލުއިފޮތްތަކަކީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއާއެކު ވީހާވެސް ގިނަބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި ތައްތާރުކުރި އެއްޗެކެވެ. މިގޮތުން ފޭސްބުކް ގްރޫޕް “ސްޕިރިޗުއަލް ހީލާރޒް އޮފް މޯލްޑިވްސް” ގައި މިކަމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން ރަނގަޅު ތަރުޙީބެއްވަނީ ލިބިފައެވެ. އަދި ރާއްޖެތެރޭގެ ބައެއް ރަށްރަށުންވެސް ވަނީ އެހީތެރިކަންލިބިފައެވެ.ﷲ އިރާދަކުރެއްވިއްޔާ މީގެ އިތުރު ލުއިފޮތްތައް ކުރިއަށް އޮތްތާނގައި ނެރުމަށް ވަނީ ގަސްދުކުރެވިފައެވެ. މިލުއިފޮތްތައް ބޮޑަށް އަމާޒުކުރެވެނީ ރާއްޖެތެރޭގެ ކަންކޮޅުތަކަށެވެ. އެހެނީ ރާއްޖެތެރޭގައި ކުރިން މިދެންނެވިފަދަ ޚުރާފާތްތަކާއި ، ސިޙުރުވެރިކަމާއި، އޮޅުވާލުމުގެ ތެރޭގައި މިބާވަތުގެ ކަންކަން ނުބައިން ނުބަޔަށް ކުރެވެމުންދާލެއް ވަރަށްވެސް ބޮޑެވެ.

Close Ad XGet My Ruqya Android App On Google Play

ރޭގެ ޢިޝާނަމާދަށްފަހު މިލުއިފޮތްތައް ވަނީ މާލޭގެ ބައެއް މިސްކިތްތަކުގައާއި ބައެއް ހިސާބުތަކުގައި ބަހާލެވިފައެވެ. އަދިވެސް އިތުރަށް ބަހާނެއެވެ. އަދި ރާއްޖެތެރެއަށްވެސް ﷲ އިރާދަކުރެއްވިއްޔާ ވީވަރަކުން ފޮނުވަމުން ގެންދާނެވާހަކަ ދަންނަވަމެވެ.

މިލުއިފޮތް ޑައުންލޯޑްކޮށްގެންނާއި ޕްރިންޓްކޮށްގެން ވީހާވެސް ގިން ފަރާތްތަކަށް، އެމީހަކަށް ވީވަރަކުން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެކެވެ.

މިފުރުޞަތުގައި އެހީތެރިކަންދެއްވި އަދި އެއްބާރުލުންދެއްވާ ހުރިހާ ފަރާތްތަކަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. މާތް ﷲ އެފަރާތްތަކުގެ އުމުރުގައި ބަރަކާތްލަވައި، މުދަލުގައި ބަރަކާތްލައްވައި އިތުރުކޮށްދެއްވައި، އަޅަމެއް އެންމެނަށް އިޚްލާޞްތެރިކަން ދެއްވާ، މިމަސައްކަތަކީ އިޚްލާޞްތެރިކަމާއެކު ކުރިއެރުވޭ މަސައްކަތެއް ކަމުގައި ލައްވާ، ބަރަކާތް ލައްވާށިއެވެ. އަދި އަޅަމެން އެންމެނަށް ހިދާޔަތު ދައްކަވައި އެމަގުން ދިއުމުގެ ތަވްފީޤުވެސް ދެއްވާށިއެވެ. އާމީން.

ލުއިފޮތްތަކާއި ރުޤްޔާއާ ބެހޭ އެހެން ފޮތްތައް ޑައުންލޯޑްކުރެއްވުމަށް ކްލިކް ކޮށްލައްވާ

ޙިޔާލުފާޅުކުރައްވާ

3 ކޮމެންޓު

  1. ޢަބްދުﷲ މާހިދު

    ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތުގައި ސާބިތުކަން ދެއްވާށި. އާމީން.

  2. ތޯހާ

    ﷲ ތިފަރާތްތަކަށް ރަހްމަތް ލައްވާ އަދި ތިމަސައްކަތުގަ ބަރަކާތް ލައްވާށި……އާމީން

  3. ރިޔާޒު

    ތި ކުރައްވާ ބުރަމަސައްކަތުގާ ﷲ ބަރަކާތްލައްވާށި….