ޞިޙުރާއި ޖިންނިއާއި، ގުޅޭ މަޢުލޫމާތު އެކުލެވޭ ޕްރޮގްރާމް “ރޫޙަނީ ފަރުވާ”

މިޕްރޮގްރާމަކީ ސްޕިރިޗުއަލް ހީލާރޒް އޮފް މޯލްޑިވްސް އާއި ކެޕިޓަލް ރޭޑިއޯ ގުޅިގެން ރަމަޟާން މަހު ގެނެސްދޭ ޕްރޮގްރާމެކެވެ. ރޫޙާނީ ފަރުވާ ފެށިފައިވަނީ މިދިޔަ އަހަރުގެ ރަމަޟާން މަހުއެވެ. އަދި މިއަހަރު މިޕްރޮގްރާމްގެ މުޅިން އާ ބައިތަކެއް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމްގައި މިއަހަރު މަޢުލޫމާތު ދެއްވާނީ އަލްއުސްތާޛު އަޙްމަދު ނިޒާމް އަދި އަޅުގަނޑު އަޖްނާދު ޢަލީ އެވެ. ޕްރޮގްރާމް ހުށައަޅައިދެއްވަނީ ޝާކިރުއެވެ.

މިޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ ، ޖިންނި ޝައިޠާނުންނާ ބެހޭ މަޢުލޫމާތާއި، ސިޙުރާއި ޖިންނި ޝައިޠާނުންގެ ފަރާތުން ކުރިމަތިވާ ކަންކަމާބެހޭ މަޢުލޫމާތު ޤުރުއާނާއި ސުންނަތުގެ އަލީގައި ގެނެސްދިނުމާއި ، މިކަންކަމުން ސަލާމަތްވާނެ ގޮތް ބުނެދިނުމެވެ. މީގެ އިތުރުން އެސްފީނާއާއި އަދިވެސް ރުޤްޔާ ޝަރުޢިއްޔާ (ހުއްދަ ފަންޑިތަ) އާ ބެހޭ މަޢުލޫމާތާއި ރައްކާތެރިވުމަށް ބޭނުން ކުރެވޭ އެކި އެކި ދުޢާތައްވެސް ޕްރޮގްރާމްގައި ވަނީ ހިމެނިފައެވެ.

Close Ad XGet My Ruqya Android App On Google Play

ޕްރޮގްރާމްގައި އެހުންތެރިންނަށް ވަނީ އެސްއެމްއެސް އަދި ފޯންކޯލުގެ ޒަރީޢާއިން ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލެވިފައެވެ. އަދި  ވަގުތުން ސުވާލުތަކަށް ޖަވާބުދާރީ ވާގޮތަށް ވަނީ ހަމަޖެހިފައެވެ.

“ރޫޙާނީ ފަރުވާ” ގެނެސް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭގަނޑޫ 9:30 އިން ފެށިގެން 11:00 އަށެވެ. މިސިލްސިލާގެ މިއަހަރުގެ ފުރަތަމަ ޕްރޮގްރާމް ޖުލައި 21 ވަނަ ދުވަހުގެރޭ ވަނީ ގެނެސްދެވިފައެވެ.

ޕްރޮގްރާމް ސްޕޮންސާ ކުރުމުގެ ފުރުޞަތު ވަނީ ޢާއްމުކޮށް ހުޅުވާލެވިފައެވެ.

އިރާދަކުރެއްވިއްޔާ ޕްރޮގްރާމްތައް ނިމޭވަރަކުން މިސައިޓުން އަޑުއެހޭނެ އިންތިޒާމު ހަމަޖެހިގެން ދާނެވާހަކަވެސް ދަންނަވަމެވެ.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު