ސުވާލު:

ޙިޖާމާ ޖެހުމަށް ތަނެއް (ކްލިނިކް ފަދަ) ހުޅުވުމާއި، ޙިޖާމާ ޖެހުމަށް މީސްތަކުން އަތުން އުޖޫރަ ނެގުމަކީ ހުއްދަ ކަމެއްތޯއެވެ؟

Close Ad XGet My Ruqya Android App On Google Play

ޖަވާބު:
الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:
ޙިޖާމާ ޖެހުމަށް ފައިސާ ނެގުމުގެ މައްސަލާގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އެއީ މަކްރޫހަ ކަމެއްތޯ؟ ނުވަތަ ހުއްދަ ކަމެއްތޯ؟ އެވެ. އިޚްތިލާފު އުފެދެން ޖެހުނު ސަބަބަކީ މި ކަމަށް ވާރިދުވެފައިވާ ޙަދީޘްތައް ފަހުމްވުމުގައި ތަފާތު ވުމުގެ ސަބަބުން އުފެދިފައިވާ ޚިލާފެކެވެ.

ޙިޖާމާ ޖެހުމަށް އުޖޫރަ ނެގުން މަކްރޫހަ ނުވަތަ ހުއްދަ ނޫން ކަން އަންގައިދޭ ދަލީލުތަކުގެ ތެރޭގައި:

1. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު (كَسْبُ الْحَجَّامِ خَبِيثٌ) رواه مسلم (1568) . މާނައަކީ: “ޙިޖާމާ ޖަހައިގެން ލިބޭ އުޖޫރަ އަކީ ހުތުރުކަން ބޮޑު އެއްޗެކެވެ.”

2. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު (شَرُّ الْكَسْبِ مَهْرُ الْبَغِيِّ وَثَمَنُ الْكَلْبِ وَكَسْبُ الْحَجَّامِ ) رواه مسلم (1568). ‏ މާނައަކީ: “އެންމެ ނުބައި ޢާމްދަނީ އަކީ އަންހެނަކު ހަށިވިއްކައިގެން ހޯދާ ފައިސާ އާއި، ކުއްތާ ވިއްކައިގެން ލިބޭ ފައިސާ އާއި ޙިޖާމާ ޖަހައިދީގެން ހޯދާ ފައިސާ އެވެ.”

3. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާ ކުރައްވައެވެ. (نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ كَسْبِ الْحَجَّامِ ) رواه أحمد (7635) والنسائي (4673) وابن ماجه (2165) وصححه الألباني في صحيح النسائي . ‏ މާނައަކީ: “ޙިޖާމާ ޖަހައިގެން ޢާމްދަނީ ހޯދުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީ ކުރެއްވިއެވެ.”

ޙިޖާމާ ޖަހައި ދިނުމަށް އުޖޫރަ ނެގުމަކީ ހުއްދަ ކަމެއް ކަން އަންގައިދޭ ދަލީލުތަކުގެ ތެރޭގައި:

1. މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެން ވެއެވެ. (حَجَمَ أَبُو طَيْبَةَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَمَرَ لَهُ بِصَاعٍ مِنْ تَمْرٍ ) رواه البخاري (2102) ومسلم (1577) މާނައަކީ: “އަބޫ ޠައިބާ އޭ ކިޔުނު މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޙިޖާމާ ޖަހައި ދިނުމުން އޭނާ އަށް ކަދުރުގެ ގެ ޞާޢެއް ދިނުމަށް އަމުރު ކުރެއްވިއެވެ.”

2. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. (احْتَجَمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَعْطَى الَّذِي حَجَمَهُ وَلَوْ كَانَ حَرَامًا لَمْ يُعْطِهِ ) رواه البخاري (2103) މާނައަކީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިޖާމާ ޖެއްސެވިއެވެ. އަދި އެކަލޭގެފާނަށް ޙިޖާމާ ޖަހައިދިން މީހާ އަށް އުޖޫރަ ދެއްވިއެވެ. އެއީ ޙަރާމް އެއްޗެއް ނަމަ އެކަލޭގެފާނު ނުދެއްވީހެވެ.”

އަދިވެސް ޞަޙީޙުލް ބުޚާރީގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. (وَأَعْطَى الْحَجَّامَ أَجْرَهُ وَلَوْ عَلِمَ كَرَاهِيَةً لَمْ يُعْطِه ) رواه البخاري (2278) މާނައަކީ: “ޙިޖާމާ ޖެހި މީހާ އަށް އުޖޫރަ ދެއްވިއެވެ. އެއީ ހުއްދަ ނޫން އެއްޗެއް ނަމަ ނުދެއްވީހެވެ.”
އިމާމް މުސްލިމް ރިވާ ކުރެއްވި ރިވާޔަތެއްގައި ވެއެވެ. ( وَلَوْ كَانَ سُحْتًا لَمْ يُعْطِهِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّم ) رواه مسلم (1202). މާނައަކީ: “އެއީ ޙަރާމް ފައިސާނަމަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުދެއްވީހެވެ.”
މިމައްސަލާގައި ދެކޮޅަށްވެސް ދަލީލު ލިބޭ ގޮތަށް ޙަދީޘް ވާރިދުވެފައިވާތީވެ ޢިލްމުވެރިން ވިދާޅުވަނީ ދެކޮޅަށް ހުރި ޙަދީޘްތައް ޖަމްޢު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ޖަމްޢު ކުރުމުން މަނާކަމަށް އައިސްފައިވާ ޙަދީޘްތަކުން ދޭހަވަނީ އެއީ މަކްރޫހަ ނުވަތަ އެދެވިގެން ނުވާ ކަމެއްގެ ގޮތުގައެވެ.

އިބްނު ގުދާމާ- ރަޙިމަހުﷲ- ވިދާޅުވިއެވެ. “އޭނާ އަށް ޙިޖާމާ ޖަހާދޭނެ މީހަކު ކުއްޔަށް ހިފުމަކީ ހުއްދަ ކަމެކެވެ. އޭނާގެ އުޖޫރަ އަކީ ހުއްދަ އެއްޗެކެވެ. މިއީ އަބުލް ޚައްޠާބު އިޚްތިޔާރު ކުރެއްވި ރައުޔެވެ. އަދި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ބަސްފުޅެވެ. މިފަދައިން އިމާމް މާލިކް، ޝާފިޢީ އަދި އަޞްޙާބުއްރައުޔު ވިދާޅުވެއެވެ.

ޙަންބަލީ މަޛްހަބުގެ ޢިލްމުވެރި އެއް ކަމުގައިވާ އަލްގާޟީ އަބޫ ޔަޢްލާ- ރަޙިމަހުﷲ- ވިދާޅުވިއެވެ. “ޙިޖާމާ ޖަހައިދޭ މީހާގެ އުޖޫރަ ހުއްދަ އެއް ނުވާނެއެވެ. އިމާމް އަޙްމަދު މިފަދައިން އެތައް ތަނެއްގައި ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވާ ކަމަށްވެއެވެ. “އެއްބަސްވުމަކާއި ނުލާ އަދި ޝަރްޠު ކުރުމަކާއި ނުލާ އެއްޗެއް ދީފިނަމަ ހިފުމުގައި މައްސަލަ އެއް ނެތެވެ. ނަމަވެސް، މިތަކެތި ބޭނުން ކުރަންވާނީ އޭނާގެ ސަވާރީ އިޞްލާޙު ކުރުމަށާއި، އަޅުންނަށް ކާންދިނުމަށާއި، އޭނާގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ބެލެހެއްޓުމަށެވެ. މިގޮތަށް ލިބޭ ފައިސާ އިން އަމިއްލަ އަށް ކައިބޮއި ނުވަތަ އަމިއްލަ ބޭނުންތައް ފުއްދައިގެން ނުވާނެއެވެ.

ޙިޖާމާ ޖެހުމަށް އުޖޫރަ ނެގުން ރަގަޅު ނޫން ކަމަށް ވިދާޅުވާ ބޭފުޅުންގެ ތެރޭގައި ޢުޘްމާން ބިން ޢައްފާން، އަބޫހުރައިރާ، ޙަސަން. އައްނަޚަޢީ ހިމެނި ވަޑައިގަންނަވައެވެ. އެބޭފުޅުންގެ ޙުއްޖަތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު (كَسْبُ الْحَجَّامِ خَبِيثٌ) رواه مسلم (1568) . މާނައަކީ: “ޙިޖާމާ ޖަހައިގެން ލިބޭ އުޖޫރަ އަކީ ހުތުރުކަން ބޮޑު އެއްޗެކެވެ.”

އަދި ޙިޖާމާ ޖަހާ މީހާގެ އުޖޫރަ އާއި ބެހޭ ގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ވެވުނު ހިނދުގައި ޙަދީޘް ކުރެއްވިއެވެ. (أطعمه ناضحك ( أي : البعير ) ورقيقك ) މާނައަކީ “ތިބާގެ ޖަމަލަށާއި، އަޅުންނަށް އެއިން ކާންދޭށެވެ.” رواه أحمد والترمذي (1277) وصححه الألباني في صحيح الترمذي .

ޙިޖާމާ ޖެހުމަށް އުޖޫރަ ނެގުމަކީ ހުއްދަ ކަމެއްކަން އަންގައިދޭ ދަލީލުތަކުގެ ތެރޭގައި މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. (احْتَجَمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَعْطَى الَّذِي حَجَمَهُ وَلَوْ كَانَ حَرَامًا لَمْ يُعْطِهِ ) رواه البخاري (2103) މާނައަކީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިޖާމާ ޖެއްސެވިއެވެ. އަދި އެކަލޭގެފާނަށް ޙިޖާމާ ޖަހައިދިން މީހާ އަށް އުޖޫރަ ދެއްވިއެވެ. އެއީ ޙަރާމް އެއްޗެއް ނަމަ އެކަލޭގެފާނު ނުދެއްވީހެވެ.”

އަދިވެސް ޞަޙީޙުލް ބުޚާރީގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. (وَأَعْطَى الْحَجَّامَ أَجْرَهُ وَلَوْ عَلِمَ كَرَاهِيَةً لَمْ يُعْطِه ) رواه البخاري (2278) މާނައަކީ: “ޙިޖާމާ ޖެހި މީހާ އަށް އުޖޫރަ ދެއްވިއެވެ. އެއީ ހުއްދަ ނޫން އެއްޗެއް ނަމަ ނުދެއްވީހެވެ.”

އިމާމް މުސްލިމް ރިވާ ކުރެއްވި ރިވާޔަތެއްގައި ވެއެވެ. ( وَلَوْ كَانَ سُحْتًا لَمْ يُعْطِهِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّم ) رواه مسلم (1202). މާނައަކީ: “އެއީ ޙަރާމް ފައިސާނަމަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުދެއްވީހެވެ” ހިމެނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއް ކަމުގައިވާ (أطعمه ناضحك ( أي : البعير ) ورقيقك ) މާނައަކީ “ތިބާގެ ޖަމަލަށާއި، އަޅުންނަށް އެއިން ކާންދޭށެވެ.” މި ޙަދީޘް އިން ދޭހަވަނީ ޙިޖާމާ ޖެހުމަށް އުޖޫރަ ނެގުމަކީ ހުއްދަ ކަމެއް ކަމެވެ. އެހެނީ މިނިވަނުން ކެއުން ޙަރާމް އެއްޗެއް އަޅުންނަށްވެސް ދިނުން ހުއްދަ ވެގެން ނުވެއެވެ. އަޅުންނަކީވެސް އިންސާނުންނެވެ. މިނިވަނުންނަށް ކެއުން ޙަރާމް ކޮންމެ އެއްޗެއް އަޅުންނަށްވެސް ޙަރާމް ވެގެން ވެއެވެ.
ޙިޖާމާ ޖަހައިގެން ލިބޭ އުޖޫރަ އަކީ “ހަޑި” އެއްޗެއްގެ ގޮތުގައި ޞިފަ ކުރައްވާފައި އޮތުމުން އެއީ ޙަރާމް އެއްޗެއް ކަމަކަށް ދަލީލެއް ނުކޮށްދެއެވެ. އެހެނީ ފިޔައާއި ލޮނުމެދުވެސް ހަޑިއެއްޗެއްގެ ގޮތުގައި ޞިފަ ކުރައްވާފައިވެއެވެ. ނަމަވެސް އެއީ ކެއުން ޙަރާމް އެއްޗެއް ނޫނެވެ.

ޙިޖާމާ ޖެހުމުން ލިބޭ ޢާމްދަނީ އިން މިނިވަނުން ކެއުން އެދެވިގެންނުވާ ކަމުގައި ޙަދީޘްކުރައްވާފައިވަނީ، މިފަދަ މަސައްކަތަކީ މިނިވަނަކަށް އެކަށީގެންވާވަރަށްވުރެ ކުޑަ މަސައްކަތަކަށްވާކަމަށްޓަކައެވެ. އަދި އެއިން އަޅުންނަށް ކާން ދިނުމަށް އަމުރު ކުރައްވާފައި ވުމުން ދޭހަވަނީ އެއީ ހުއްދަ އެއްޗެއް ކަމެވެ. އެހެންކަމުން، މަނާ ކުރެއްވުމަށް އައިސްފައިވާ ދަލީލުތައް ބެލެވެނީ ކަރާހާ އަށެވެ. ޙަރާމް ކަމަކަށް ނޫނެވެ. (އަލްމުޣްނީ 6/133.)

އެހެންކަމުން، ޙިޖާމާ ޖަހައިދޭ ތަނެއް ހުޅުވުމަކުން މައްސަލަ އެއް ނެތެވެ. އަދި ހިޖާމާ ޖަހައި ދިނުމަށް މީސްތަކުން އަތުން ނެގޭ އުޖޫރަ އަކީ ޙަރާމް އެއްޗެއްވެސް ނޫނެވެ. والله أعلم .

__________________

މަޞްދަރު: އިސްލާމް ކިޔު.އޭ
ޢަރަބި ލިންކް: http://islamqa.info/ar/71303
އިނގިރޭސި ލިންކް: http://islamqa.info/en/71303

ޙިޔާލުފާޅުކުރައްވާ

2 ކޮމެންޓު

  1. Dhefuhkeheri

    ކުރިން އަޖުނާދު ލިޔުނު އާރޓިކަލް އެއްގަ ބުނި ރުޤްޔާ ކޮށްގެން ފައިސާ ނެގުމަކީ ރަނގަޅު ކަމެއްނޫނޭވެސް ބުނި…. މިހާރު އަޖުނާދު ރުޤްޔާކޮށްފަ މީހުން އަތުން ލާރި ނެގީމަ ހަމަ އޯކޭ…

    1. އެއްވެސް އިރަކު އަޅުގަނޑު ލިޔުނު އާރޓިކަލްއެއްގައި އެއީ ކޮށްގެން ނުވާނެ ކަމެއްކަމަށް ލިޔެފައި އޮތް އާރޓިކަލްއެއް އޮތްނަމަ ލިންކް ދެއްވާ.ަ ސައްހަ މަގުން އައިސްފައިވާ ދަލީލުތަކުގެ އަލީގައި ކަމެއް ބަޔާންކުރުމުން ޙަސަދަވެރިކަން އިސްކޮށް އޮޅުވާލުމަކީ ރަނގަޅު ސިފައެއްނޫން.
      މީގެ ކުރިން ރުޤްޔާގައި އަގު ނެގުމާމެދު މިސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއް..
      (2012) ވަނަ އަހަރު
      http://spiritualhealersofma.ipage.com/Maithiri/?p=448