ޙިޖާމާއަށް ފަހު ނުވަތަ ޙިޖާމާގެ ކުރިން ވުޟޫކުރުމާއި ހިނައިގަތުމުގެ ޙުކުމް

ޙިޖާމާ ޖެހުމުގެ ކުރިން ވުޟޫ ކުރުން:

ޙިޖާމާ ޖެހުމުގެ ކުރިން ވުޟޫ ކުރުމަށް ނުވަތަ ނުކުރުމަކަށްވެސް ނަބަވީ އިރްޝާދެއް އައިސްފައި ނުވެއެވެ. ވީމާ، ކޮންމެހެން ޙިޖާމާ ޖަހާތީވެ ވުޟޫ ކުރުމެއް ނެތެވެ.

ދެން އޮތީ ޙިޖާމާ ޖެހުމުގެ ސަބަބުން ވުޟޫ ގެއްލޭނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލެވެ. އެސުވާލުގެ ޖަވާބަކީ:
ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި ޙިޖާމާ ޖެހުމުގެ ސަބަބުން ހަށިގަނޑުން ބޭރުވާ ލޭގެ ސަބަބުން ވުޟޫ އެއް ނުގެއްލޭނެއެވެ.
ހަންބަލީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި: ބައިވަރު ލޭ ފައިބާ ނަމަ ވުޟޫ ގެއްލޭނެއެވެ. މި ބޭފުޅުންގެ ދަލީލަކީ އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާ ކުރައްވާފައިވާ ރިވާޔަތެކެވެ. (مَنْ أَصَابَهُ قَيْءٌ أَوْ رُعَافٌ أَوْ قَلَسٌ أَوْ مَذْيٌ ، فَلْيَنْصَرِفْ ، فَلْيَتَوَضَّأْ ، ثُمَّ لِيَبْنِ عَلَى صَلَاتِهِ وَهُوَ فِي ذَلِكَ لَا يَتَكَلَّمُ ) މާނައަކީ: “ހޮޑުލެވިއްޖެނަމަ، ނުވަތަ ނޭފަތުން ލޭއަތުވެއްޖެނަމަ، ނަމާދު ދޫކޮށްދާށެވެ. އަދި ވުޟޫ ކޮށްގެން އަލުން ނަމާދު ކުރާށެވެ. މިދެމެދުގައި ވާހަކަ އެއް ނުދައްކާނަމަ ނަމާދު ނިންމާލި ހިސާބުން ކުރިޔަށް ގެންދާށެވެ.” ނަމަވެސް މި ޙަދީޘްގެ ސަނަދުގައި އިސްމާޢީލް ބިން ޢައްޔާޝް ކިޔާ މީހަކު އުޅެއެވެ. އޭނާ އަކީ ޟަޢީފް މީހެކެވެ. ވުމާއި އެކު ޝައިޚް އަލްބނީވެސް ވިދާޅުވަނީ މިއީ ޟަޢީފް ޙަދީޘެއް ކަމަށެވެ.
ވީމާ، މިމައްސަލާގެ ރާޖިޙް ގޮތަކީ: ޙިޖާމާ ޖެހުމުގެ ސަބަބުން ވުޟޫ ނުގެއްލުމެވެ. والله أعلم.

Close Ad X

ޙިޖާމާ ޖެހުމުގެ ސަބަބުން ހިނައިގަންނަން ޖެހޭނެތޯ ނުވަތަ ނޫންތޯ؟

ޙިޖާމާ ޖެހުމަށް ފަހުގައި ހިނައިގަތުމުގެ މައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ.
ބައެއް ޝާފިޢީންނާއި ޙަނަފީންގެ ގާތުގައި އެއީ މުސްތަޙައްބު ކަމެކެވެ.
ޙަންބަލީ މަޛްހަބުގައި އެއީ މުސްތަޙައްބު ކަމެއް ނޫނެވެ.
މާލިކީ މަޛްހަބުގައި ޙިޖާމާ ޖެހިތަންކޮޅު ދޮވެލުމުން ފުދޭނެއެވެ.
ޙިޖާމާ ޖެހުމާއި ގުޅިގެން ހިނައިގަންނަން ޖެހޭނެ ކަމަށް ދޭހަވާ ގޮތަށް އޮންނަ ޙަދީޘަކީ ޟަޢީފް ޙަދީޘެއް ކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވައެވެ. والله أعلم.

ޙިޔާލުފާޅުކުރައްވާ

8 ކޮމެންޓު

  1. ޙިޖާމާ އަކީ ކަވާ ޖެހުމެވެ. އެއީ ބަލިތަކަށް ފަރުވާ ކުރުމަށްޓަކައި އޮތް އެންމެ ހެޔޮވެގެންވާ ފަރުވާއެވެ. ކަވާ ޖެހުމުގެ އިތުރު މަޢުލޫމާތު ބެއްލެވުމަށް ގުޅުން ހުރި ލިޔުންތައް ބެއްލެވުން އެދެމެވެ.

    1. ޙީޖާމާގެ ތަފްސީލުތައް މި ލިންކް ގައިވާ އާރޓިކަލްތަކުން ބައްލަވާ

     http://spiritualhealersofma.ipage.com/Maithiri/?cat=72

 1. އަބްދުއްރަޝީދު

  ދިވެހި ބަހުން ދޮންދަގަނޑު ޖައްސައިގެން ފަރުވާކުރުމަށް ކިޔަނީ ކޮންނަމެއް؟

  1. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ކިޔަނީ ހަމަ ދޮންދަގަނޑު ޖައްސައިގެން ފަރުވާ ކުރުން. އެހެން ބަހެއް އަދި ނުދެކެން. ނަމަވެސް އޮވެދާނެއެވެ. ޙީޖާމާ އަށް ދިވެހިން ކިޔާ ނަމަކީ ކަވާ ޖެހުމެވެ.

 2. mohamed waheed

  ތިކަމުގާ ފިޤްހު އެކެޑަމީން ނެރޭނެ ފަތުވާޔަކަށްވެސް ބަލަންޖެހޭނޫންތޯ؟

  1. ފިޤުހު އެކަޑަމީއިން މިކަމާމެދު ދެކޭ ރައުޔު ނެރުމަކީ ފިޤުހު އެކަޑަމީގެ މަސައްކަތެކެވެ.