ރުޤްޔާ ޝަރުޢިއްޔާއާއި އޭގެ ވަޞީލަތްތަކަކީ ތައުޤީފީ އެއްޗެއްހެއްޔެވެ ނުވަތަ އިޖްތިހާދީ އެއްޗެއްހެއްޔެވެ؟ (1 ވަނަބައި)

އަސްލު ލިޔުއްވީ: އައްޝައިޚް ޢަބްދުﷲ ބިން ޞާލިޙުލް ޢުބައިދް

ތަރުޖަމާ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް

Close Ad XGet My Ruqya Android App On Google Play

މުޤައްދިމާ:
ޙަމްދާއި ޝުކުރުހުރީ ޢާލަމްތަކުގެ ވެރި ﷲ ސުބްޙާނަހޫވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. މިޞަލަވާތާއި ސަލާމްގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންވެސް ޝާމިލު ކުރަމެވެ.
މިއީ އަޅުގަޑުމެންގެ ޢިލްމީ ވެށީގެ ތެރެއަށް އުފަންވެފައިވާ ވަރަށް މުހިއްމު މައްސަލައެއްގައި ލިޔެވިފައިވާ ކުރު ބަޙުޘެކެވެ. އެކަމަކީ ހުއްދަ ކަމެއްތޯ ނުވަތަ ޙަރާމް ކަމެއްތޯ ބަޔާން ކުރުމުގައި މީސްތަކުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. އެމައްސަލަ އަކީ: “ޝަރްޢީ ރުޤްޔާއާއި އޭގެ ވަޞީލަތްތަކަކީ ތައުޤީފީ  އެއްޗެއްތޯ ނުވަތަ އިޖްތިހާދީ އެއްޗެއްތޯ ކުރެވޭ ސުވާލެވެ. މިމައްސަލައިގައި ވަކި ޚާއްޞަ ފޮތެއް ލިޔެވިފައި ނުވާތީވެ، ﷲގެ ޙަޟްރަތުން ވާގި އެދިހުރެ، މައްސަލައިގެ މުހިއްމު ބައިތައް ހިމަނައިލާ ކުރު ފޮތެއް ލިޔަން ގަޞްދުކުޅައީމެވެ. މިބަޙުޘް ދެމަބްޙަޘަކަށް ބަހާލަމެވެ. އެއީ:
ފުރަތަމަ މަބްޙަޘް: ރުޤްޔާގެ ތަޢުރީފާއި އޭގެ ޙުކުމް
ދެވަނަ މަބްޙަޘް: ރުޤްޔާއާއި އޭގައި ބޭނުންކުރެވޭ ވަޞީލަތްތަކަކީ އިޖްތިހާދީ އެއްޗެއްތޯ ނުވަތަ ތައުޤީފީ އެއްޗެއްތޯއެވެ؟

ފުރަތަމަ މަބްޙަޘް: ރުޤްޔާގެ ތަޢުރީފާއި އޭގެ ޙުކުމް

މިބައިގާ ދެމައްސަލައެއް ވެއެވެ. އެއީ:
ފުރަތަމަ: ރުޤްޔާގެ ތަޢުރީފް:
ބަހުގެ ގޮތުން އެއީ ކަމަކުން ދުރުހެލިވުމެވެ. ރުޤްޔާގެ ޖަމްޢަކީ ރުޤާއެވެ. ޢަރަބި ބަހުގައި ބުނެއުޅެއެވެ. رَقَى الرَّاقِيْ رَقْياً ورُقْيَةً ورُقِيًّا، މިފަދައިން ބުނެވެނީ ކަމަކުން ދުރުހެލިވުން އެދުނީމައެވެ. އަދި އެކަމަށްޓަކައި ފުމުމަށްވެސް ރުޤްޔާއޭ ކިޔެއެވެ. (1)
އިޞްޠިލާޙީ މާނައަކީ: މުޞީބާތެއް ނުވަތަ އާފަތެއް ޖެހިފައިވާ މީހާ އެކަމުން ސަލާމަތްކުރުމަށްޓަކައި ކުރެވޭ ކަންތަކެވެ.(2)

ދެވަނަ: ރުޤްޔާގެ ޙުކުމް:
ރުޤްޔާއަކީ ބޭސްކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ބޭސް ކުރުމަކީ މަޝްރޫޢު ކަމެކެވެ.(3) عَنْ أَبِي سَعِيدٍ الْخُدْرِيِّ ” أَنَّ جِبْرِيلَ عَلَيْهِ السَّلَامُ أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : يَا مُحَمَّدُ اشْتَكَيْتَ ؟ قَالَ : نَعَمْ ، قَالَ : بِسْمِ اللَّهِ أَرْقِيكَ , مِنْ كُلِّ شَيْءٍ يُؤْذِيكَ ، مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ ، اللَّهُ يَشْفِيكَ ، بِسْمِ اللَّهِ أَرْقِيكَ” (4) މާނައަކީ: “މާތްﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. “ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެން ވިދާޅުވިއެވެ. “އޭ މުޙައްމަދެވެ. ކަލޭގެފާނަށް އުނދަގޫފުޅެއް އިޙްސާސް ކުރެވޭތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ.”އާދޭހެވެ.” ވިދާޅުވިއެވެ.ﷲގެ އިސްމުފުޅާއިއެކު ކަލޭގެފާނަށް ރުޤްޔާ ކުރަމެވެ. ކަލޭގެފާނަށް ދުއްތުރާކުރާ ހުރިހާކަމަކުން ދުރުހެލިކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ. ކަލޭގެފާނުގެ މައްޗަށް ޙަސަދަވެރިވާ މީހުންގެ ޙަސަދަވެރިކަމުންނާއި އެސްފިންނާއިން ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރަމެވެ. ﷲ ކަލޭގެފާނަށް ޝިފާދެއްވާށިއެވެ. ﷲގެ އިސްމުފުޅާއި އެކު ކަލޭގެފާނަށް ދިމާވެފައިވާ ކަންތަކުން ދުރުހެލި ކޮށްދެއްވުމަށްއެދި ދުޢާ ކުރަމެވެ.”
މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.(مَا أَنْزَلَ اللَّهُ مِنْ دَاءٍ إِلَّا أَنْزَلَ لَهُ شِفَاءً)(5) މާނައަކީ: “އެބައްޔަކަށް ބޭހެއް ނުލައްވާ އެއްވެސް ބައްޔެއް މާތް ﷲ ނުލައްވައެވެ.”

މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޖާބިރުގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. لِكُلِّ دَاءٍ دَوَاءٌ فَإِذَا أُصِيْبَ دَوَاءُ الدَّاءِ بَرِأَ بِإِذْنِ اللَّهِ عَزَّ وَجَلَّ(6) މާނައަކީ: “ކޮންމެ ބައްޔަކާއި އެކު ބޭހެއް ވެއެވެ. ބައްޔާއި ގުޅޭ ބޭސް ބޭނުން ކުރެވިއްޖެނަމަ ﷲގެ އިޛްނަފުޅާއިއެކު ބަލިން ސަލާމަތްވާނެއެވެ.”
މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވާ “އެއްވެސް ޙިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވަދެވޭ ހަތްދިހަހާސް މީހުންގެ ތެރޭގައި ރުޤްޔާގެ ކިޔެވެލި ކިޔަވާ މީހުން ނުހިމެނޭކަމަށް ދޭހަވާ ޙަދީޘް ކަމުގައިވާ (هُمُ الَّذِينَ لَا يَتَطَيَّرُونَ ، وَلَا يَكْتَوُونَ ، وَلَا يَسْتَرْقُونَ ، وَعَلَى رَبِّهِمْ يَتَوَكَّلُونَ )(7) މާނައީ: “އެއީ ރުޤުޔާކޮށޮދިނުމަށް ނޭދޭ، އަދި (ފަރުވާއަށްޓަކައި) ކަވާ ޖެހުމަށްވެސް ނާންނަ އަދި ދޫނި އުދުއްސުވައިގެން ފާލުވެސް ނުބަލާ، އަދި ހަމައެކަނި އެބައިމީހުންގެ ރައްބަށް ވަކީލުކުރާ މީހުންނެވެ.”
މިޙަދީޘްގެ ޖަވާބުގައި ޢިލްމުވެރިން ތަފާތު ގޮތްތަކަށް ވިދާޅުވެފައިއެވެ. އެގޮތުން އެންމެ ރަގަޅު ޖަވާބަކީ، އެބައިމީހުންނަކީ ﷲ އަށް ފުރިހަމައަށް އިތުބާރުކޮށް ޔަޤީންކޮށްގެން ތިބި ބައެކެވެ. އަދި ވަކީލުކުރުން ޙައްޤުގޮތުގައި ވަކީލުކޮށްގެންތިބި ބައެކެވެ. އެބައިމީހުން ވަކީލުކޮށްގެން ތިބިލެއް ވަރުގަދަކަމުން ޑޮކްޓަރެއްގެ ފަރުވާ އެއް، އަދި ރުޤްޔާ އެއްވެސް ބޭނުމެއްނޫނެވެ. މިފަދައިން ކަންތައް ކުރުމަކީ އަސްބާބުތަކުގައި ނުހިފައި ތަވައްކުލް ކުރުން ކަމުގައި ނުވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެނީ އެފަދައިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރެއްވިކަން ޞައްޙަ ޙަދީޘުން ޘާބިތުވާތީވެއެވެ. އަދި ޞަޙާބީންނާއި ތާބިޢީންގެ ޢަމަލުފުޅުތަކުންވެސް އެކަން ޘާބިތުވާތީވެއެވެ.(8)

(ނުނިމޭ)

——————————————————–
1- اللسان 3/1711.
2- النهاية 2/254.
3- انظر: الجامع من المقدمات ص 313.
4- صحيح مسلم (2186).
5- صحيح البخاري (5678).
6- صحيح مسلم (2204).
7- صحيح البخاري (5752) ومسلم (220).
8- انظر: (فتح الباري 10/212) وانظر بحثاً حسناً في (التهذيب لابن القيم 5/366) و(طرح التثريب 8/193).

 

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު