ޖިންނިއެއްގެ ފަހަތުގައި ނަމާދު ކުރުމަކީ ހުއްދަކަމެއްތަ؟

އިބްނު އަބިއް ޞައިރަފީ އަލް ޙައްރާނީ އަލް ޙަންބަލީ ގެ ފޮތުގައި އެކަލޭގެފާނުގެ ޝެއިޚްގެ އަރިހުން ނަޤުލުކުރައްވާފައިވެއެވެ. އަލްބަޤާއު އަލްޢަބްކަރީ އަލް ޙަންބަލީގެ އަރިހުގައި ޖިންނިއާއި ބެހޭގޮތުން ސުވާލު ދެންނެވުނެވެ:. ޖިންނިއެއްގެ ފަހަތުގައި ކުރާ ނަމާދު ޞައްޙަވާނެތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އާއެކެވެ. އެބައިމީހުނަކީވެސް އަހަރެމެން ފަދައިން މުކައްލަފުންނެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ފޮނުއްވިގެން ވަނީ އެބައިމީހުންގެ ގާތަށްވެސްމެއެވެ. އަދި މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. (އަޙްކާމުލް ޖާން. ޞ86- މުއައްލިފް: އަލް އިމާމް ބަދުރުއްދީން އަބީ ޢަބްދިﷲ މުޙައްމަދު ބިން ޢަބްދުﷲ އައްޝުބުލީ) –ތަރުޖަމާ-

Close Ad X

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު