“އެންމެ ހެޔޮވެގެންވާ ފަރުވާ 2015” ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

“އެންމެ ހެޔޮވެގެންވާ ފަރުވާ 2015” ކަވާ ޖެހުމާގުޅޭ ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް އާއި ޖަމްޢިއްޔަތުލް ބަޔާން ގުޅިގެން ހިންގާ މިވޯރކްޝޮޕްގައި ބައިވެރިވުމަށް އެދި ހުށަހަޅާފޯމް މިހާރު ރޭޑިއޯ އެޓޯލްގެ ހެޑް އޮފީސް (މއ. ފީރޯޒް ވާދީ، ޒަމާނީ ގޯޅި، 9 ވަނަ ފަންގިފިލާ) އިން ލިބިވަޑައިގަންނަވާނެއެވެ. އަދި ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސްގެ ވެބްސައިޓުންނާއި، ރޭޑިއޯ އެޓޯލް ވެބްސައިޓް އަދި މައިތިރި ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ.

މިވޯރކްޝޮޕް ހުޅުވާލެވިފައިވަނީ 50 ބައިވެރިންނަށެވެ. އަދި މިއީ ޢަމަލީ ތަމްރީނު ލިއްބައިދޭ ވޯރކްޝޮޕެކެވެ. އެހެންކަމުން މިފަހަރުގެ ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފީ އަކީ -/1500 ރުފިޔާއެވެ. ވޯރކްޝޮޕް އޮންނާނީ ޖޫން 5 އިން 8 އަށެވެ.

Close Ad XGet My Ruqya Android App On Google Play

ފޯރމް ބަލައިގަތުން އޮންނާނީ 14 މެއި 2015 އިން ފެށިގެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ރޭޑިއޯ އެޓޯލް ހެޑް އޮފީހުގައެވެ. ވޯރކްޝޮޕާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ  9585959 އަދި 3349600 އަށެވެ.

ބައިވެރިވުމަށް އެދޭ ފޯރމް

 

Download

ފައިލް ސައިޒް: 424.1 KB

ޑައުންލޯޑް ކުރި ޢަދަދު: 265

 

ޙިޔާލުފާޅުކުރައްވާ

1 ކޮމެންޓު

  1. mohammed

    ދެން ހިޖާމާ ވާކްޝޮޕް އޮންނާނީ ކިހާ ތާކުތޯ؟