ރުޤްޔާ ޝަރުޢިއްޔާއާއި އޭގެ ވަޞީލަތްތަކަކީ ތައުޤީފީ އެއްޗެއްހެއްޔެވެ؟ ނުވަތަ އިޖްތިހާދީ އެއްޗެއްހެއްޔެވެ؟ (ފޮތް)

الحمد لله رب العالمين، والصلاة والسلام على أشرف المرسلين، وعلى آله وصحبه أجمعين، وبعد:

ރުޤްޔާގެ ފަންނަކީ އަޅުގަޑުމެން ދިވެހިންގެ ތެރެއަށް ވަރަށް ފަހުން ތަޢާރަފްވީ ފަންނެކެވެ. އެހެންކަމުން، އެކަމުގެ މާބޮޑު މަޢްލޫމާތެއް ގިނަފަރާތްތަކަށް ނޭނގެއެވެ. ވަރަށް ގިނަ ބަޔަކު ބަލިވެ، ގިނަދުވަސް ތަކެއްވަންދެން ބޭސްކޮށް، ޝިފާ އެއް ނުލިބިފައިވާ ކަންތައްތަކަށް ﷲގެ ރަޙްމަތަށް ފަހު ރުޤްޔާކޮށްގެން ޝިފާލިބިފައި އެބަހުއްޓެވެ. އެހެންކަމުން، ގިނަބަޔަކު މިފަންނުގެ އެހީތެރިކަން ހޯދުމަށް ގަދައަޅާ މަސައްކަތްކުރާތަން އަންނަނީ ފެންނަމުންނެވެ. އެހެންނަމަވެސް، އަޅުގަޑުމެންގެ ތެރެއަށް އުފަންވީ އަނެއް މައްސަލައަކީ ރުޤްޔާ ކުރާއިރުގައި ކިޔެވޭނީ ހަމައެކަނި ޙަދީޘުން ޘާބިތުވެފައިވާ ދުޢާތައްތޯ ނުވަތަ އަމިއްލަ ދުޢާވެސް ކިޔިދާނެތޯ، ނުވަތަ މިވެނި އާޔަތެއް މިވެނި ޢަދަދަކަށް ކިޔަވަން ބުނުމަކީ އެއީ ކޮން ދަލީލެއްގެ މައްޗަށް ބިނާކޮށް ބުނެވުނު ވާހަކައެއްތޯ؟ މިފަދަ އެތައް ސުވާލުތަކެއް އުފަންވެގެންގޮސް، އެކި ބޭފުޅުން އެކި ގޮތަށް ވާހަކަދައްކަވާ ފިތުނަވެރިކަމަކާއި ދިމާލަށް ޤައުމު ދަތުރު ކުރަމުންދަނިކޮށް، އަޅުގަޑަށް ލިބުނީ މިމައްސަލައިގައި އައްޝައިޚް ޢަބްދުﷲ ބިން ޞާލިޙުލް ޢުބައިދް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. އަޅުގަޑު އެލިޔުން ކިޔާލުމުން އޭގައި ވަރަށް ފައިދާކުރުވަނިވި ޢިލްމު ހުރިކަމަށް ފެނިގެން ދިވެހި ބަހަށް އެފޮތް ތަރްޖަމާ ކުރެވޭތޯ ﷲގެ ވާގިފުޅާއިއެކު މަސައްކަތް ފެށީމެވެ.މިލިޔުމުގައި އެކުލެވިގެންވާ އާޔަތްތައް އާޔަތް ނަމްބަރާއި ސޫރަތުގެ ނަން ލިޔެފައިވާނެއެވެ. އަދި ޙަދީޘްތައް ތަޚްރީޖް ކުރެވިފައިވާނެއެވެ. އަޅުގަޑުމެންގެ ތެރޭގައި މިކުރެވޭ ބަޙުޘަށް އަލިކަމެއް ލިބޭނެކަމުގެ އުއްމީދުގައެވެ. އަޅުގަޑުގެ ދުޢާއަކީ މިފޮތުގެ ޛަރީޢާއިން ގިނަބަޔަކަށް ފައިދާ ކުރުމެވެ. އަދި މިޢަމަލަކީ ޤިޔާމަތް ދުވަހުން އަޅުގަޑުގެ ހެޔޮޢަމަލުތަކުގެ މީޒާނުގައި ލިޔުއްވޭނެ ކަމެއް ކަމުގައި ވުމެވެ.

Close Ad XGet My Ruqya Android App On Google Play

وصلى الله وسلم وبارك على سيدنا محمد وعلى آله وصحبه وسلم تسليما كثيرا.

ފޮތް 

ޑައުންލޯޑްކުރައްވާ (PDF, 847KB)

Download

ފައިލް ސައިޒް: 847.2 KB

ޑައުންލޯޑްކޮށްފައިވަނީ: 516  ފަހަރު

ޢަރަބި އަޞްލު

ޑައުންލޯޑްކުރައްވާ (PDF, 320KB)

Download

ފައިލް ސައިޒް: 320.3 KB

ޑައުންލޯޑްކޮށްފައިވަނީ: 217  ފަހަރު

އެޑްމިން ނޯޓް:

މިއީ ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް ކޮށްދެއްވާފައިވާ ވަރަށްވެސް ބުރަ މަސައްކަތެއްކަން ނުހަނު ޝުކުރުވެރިކަމާއިއެކު ފާހަގަކޮށްލަމެވެ. އަދި އެކި އެކި ފައިދާ ހުރި މަސައްކަތްތަކުގައި ނުހަނު ބުރަކޮށް އުޅުއްވަމުންވެސް އަޅުގަނޑުމެންގެ މިމަސައްކަތުގައި ޑރ. މުޙައްމަދު ޢިޔާޟު ވެދެއްވާ އެހީތެރިކަމަކީ، އަޅުގަނޑުމެން އުފަލާއިއެކު ބަލައިގަންނަ ނުހަނު ފައިދާކުރަނިވި މަސައްކަތްތަކެކެވެ. މާތް ﷲ ޑރ.މުޙައްމަދު ޢިޔާޟުގެ މަސައްކަތްތަކުގައި ބަރަކާތްލައްވާ، ހެޔޮދަރުމައާއި ޘަވާބު ދެދުނިޔޭގައިވެސް ދެއްވާށިއެވެ. އާމީން. 

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު