ފިރިހެން ބޭފުޅުންނަށް ޚާއްޞަ ޙިޖާމަ ސެޝަން ތަކެއް ބާއްވަނީ

ފިރިހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ޖޫން 3ން 5ށް ޙިޖާމާ ޖަހައިދިނުމުގެ ސެޝަންތަކެއް ބާއްވާގޮތަށް ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް އިން ހަަމަޖަައްސައިފިއެވެ. މިސެޝަންތަކުގައި ކަޕް ޖަހައިދެއްވާނީ، ސަޢޫދީ ޢަރަބިއްޔާގެ ބޭފުޅެއްކަމުގައިވާ ، ޑރ. ޢަބްދުލް އަޒީޒް ޢަބްދުލް ޙައްޔު އެވެ. ޑރ.ޢަބްދުލް ޢަޒީޒް ޢަބްދުލް ޙައްޔު އަކީ، ސަޢޫދީ ޢަރަބިއްޔާގެ އެތައް ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ، ޕްރިވެންޝަނަލް ހިޖާމާގެ އެކްސްޕާރޓްއެކެވެ. ކަޕް ޖަހަން އެޕޮއިންޓްމެންޓް ހެއްދެވުމަށް 9998179 ނުވަތަ 9959599. އަށް، ނަމާއި، އައި.ޑީ. ކާޑު ނަމްބަރު އަދި ފޯން ނަމްބަރު ޖެއްސެވުމަށްފަހު އެސް.އެމް އެސް ކުރެއްވުމުން އެޕޮއިންޓްމެންޓް ހެއްދޭނެއެވެ. އަދި ޖާގަ އޮތް މިންވަރަކުން، ފުރުޞަތުދެވޭނެއެވެ.

މީގެ އިތުރުން ޖޫން 6 އަދި 7 ގައި، ޙިޖާމާއާއި ގުޅޭ ވޯރކްޝޮޕެއްވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަންހެން އަދި ފިރިހެން ބޭފުޅުންނަށްވެސް މިވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

Close Ad XGet My Ruqya Android App On Google Play

ޙިޖާމާ ޖެހުމަށް -/500 ރުފިޔާ ޗާޖްކުރާގޮތަށް ވަނީ ހަމަޖެހިފައެފވެ. އަދި ވޯރކްޝޮޕްގައި ބައިވެރިވެލައްވާ ބޭފުޅުންނަށް    -/300 ރުފިޔާއަށް ޙިޖާމާ ކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ޖޫން 6 އަދި 7 ގައި އޮންން ވޯރކްޝޮޕްގައި ބައިވެރި ވުމުގެ ފީ އަކީ -/500 ރުފިޔާއެވެ.

ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސްގެ، މިޚާއްޞަ ކަޕިންގ އިވެންޓްތަކުގެ މީޑިއާ ޕާރޓްނަރ އަކީ ދިއިސްލާމްއެވެ.

ޙިޖާމާއަކީ ކޮބާ؟

ޙިޖާމާއަށް ދިވެހިން ކިޔަނީ ކަވާޖެހުމެވެ. އެއީ އިންސާނާގެ ގައިގައިވާ ބޭކާރު، ފާސިދު ލޭ ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ނެރުމަށް ކިޔާނަމެކެވެ. އެއީ ސުންނަތުން ސާބިތު، ބޭސްވެރިކަމުގެގޮތުން މިހާރުގެ ޑޮކްޓަރުންވެސް އެއްބަސްވާ ފަރުވާއެކެވެ.

ޙިޖާމާޖެހުމުގެ ބައެއް ފައިދާތައް
•    ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށް ތަބާވުން.
•    ލޭ ސާފުވުން
•    ހިތުދަސްކުރުމުގެ ބާރު ގަދަވުން
•    އަންނަނިވި ކަންތައްތަކުން ސަލާމަތްވުން.
o    މަސްގުޅަކެއުން
o    ނޭވާހިއްލުމާއި އެތެރެހަށީގެ އެހެނިހެން ބަލިތައް.
o    ބޮލުގަ ރިއްސުމާއި ދަތުގައި ރިއްސުމާއި ޓިއުމަރު އުފެދުންފަދަ ކަންތައް
o    ރަޙިމުގެ އެކިބަލިތަކާއި ޙައިޟުގެ މައްސަލަތައް
o    ލޭމަތިވުން
o    މެޔާއި ބުރަކަށްޓާއި ކޮނޑުފަދަ ތަންތާގައި ރިއްސުން
o    ނިދިގިނަވުމާއި ކަންނެތްކަން
o    ހަމުގެ މައްސަލަތައް
o    ޒަޚަމުވެފައިވާތަންތަން ދޮސްގަތުން
o    ވައިއުފެދުމުގެ(ގެސްޓްރިކް) މައްސަލަތައް
o    ކެއްސުން
o    ބަނޑުހަރުވުމާއި ބަނޑުދިޔާވުން
o    ހިތުގެ ބަލިތައް
o    ހަކުރުބަލި
o    ލޮލުގެ ބަލިތައް
o    ވާގިނެތޭބަލި
o    ސިޙުރު
އަދިވެސް އެތައް ފައިދާތަކެއް ޙިޖާމާ ޖެހުމުގައިވެއެވެ. އެކިކަންކަމުން ސަލާމަތްވުމަށްޓަކައި ޙިޖާމާޖަހާނީ އެކިތަންތާގައެވެ.

Hijama j

 

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު