سُبْحاَنَكَ اللَّهـُمَّ وَبِحَمْدِكَ، أَشْهـَدُ أَن لاَّ إِلٰهَ إِلاَّ أَنْتَ، أَسْتَغْفِرُكَ وَأَتُوْبُ إِلَيْكَ

މާނައީ: “އިބަ ﷲގެ ހުސްޠާހިރުވަންތަކަމެވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަދި އެންމެހައި ޙަމްދު ތަޢުރީފެއް އިބަ ﷲއަށް ލިބިވޮޑިގެންވެއެވެ. އިބަ ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. އިބަ ﷲގެ حضرة ން ފާފަފުއްސަވާ ދެއްވުމަށް މިއަޅާ އެދެމެވެ. އަދި އިބަރަސްކާލާނގެ حضرة އަށް މިއަޅާ ތަޢުބާވަމެވެ.”  

Close Ad XGet My Ruqya Android App On Google Play

ހަމަކަށަވަރުން މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ސާބިތުވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “މިކަލިމަފުޅުތަކުން ނުނިންމަވާ ގޮތަކަށް رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ މަޖިލީހެއްގައި އިށީނދެވަޑައިނުގަންނަވައެވެ. އަދި ޤުރުއާނެއް ކިޔަވައި ވިދާޅެއްނުވެއެވެ. އަދި ނަމާދެއް ނުމެކުރައްވައިމެއެވެ.

أخرجه النسائي في عمل اليوم والليلة وأحمد وصححه الدكتور فاروق حمادة في تحقيقه لعمل اليوم والليلة للنسائي.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު