ނަބަވީ ބޭސްވެރިކަމުގެތެރެއިން – ޙިޖާމާ 1

މިއީ ދިއިސްލާމް.ކޮމް ގައި މުޙައްމަދު ޝަމްޢޫން ލިޔުއްވާފައިވާ ލިޔުމެކެވެ.

الحَمْدُ لِلَّهِ رَبِّ العَالَمِيْنَ ، الحَمْدُ لِلَّهِ الَّذِيْ أَنْزَلَ الدَّاءَ وَالدَّوَاءَ ، وَالصَّلَاةُ وَالسَّلَامُ عَلَى خَيْرِ وَلَدِ آدَمَ أَجْمَعِيْنَ سَيِّدُ الأَطِبَّاءِ ، وَعَلَى آلِهِ الطَّاهِرِيْنَ وَصَحْبِهِ الغُرِّ الْمَيَامِيْنَ وَعَلَى مَنْ تَبِعَهُمْ وَوَالَاهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ
ބަލިވުމުން ބޭސްކުރުމަކީ އިސްލާމްދީނުގައި ޝަރުޢުކުރެވިފައިވާކަމެކެވެ. އަދި ނުހަނު ބާރުއަޅުއްވާފައިވާކަމެއްވެސްމެއެވެ. އެއީ އެއްވެސް ޙާލެއްގައި ﷲއަށް ތަވައްކުލުކުރުން ނަފީކުރާ ކަމެއްނޫނެވެ. އެހެނީ ސަބަބުތަކުގައި ހިފުމަކީ ތަވައްކުލުކުރުމުގެ ތެރެއިންވާކަމެކެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ތަފާތު އެކިބަލިތަކުން ޝިފާހޯދުމަށްޓަކާ އަޅުގަނޑުމެންނަށް ކުރެވިދާނެ ބައެއް ކަންތައްތައް ބަޔާންކުރައްވާފައިވެއެވެ. މިގޮތުން އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ ހިޖާމާ (ކަވާ) ޖެހުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ أَفْضَلَ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ أَوْ هُوَ مِنْ أَمْثَلِ دَوَائِكُمْ(1) ” ތިޔަބައިމީހުންގެ ފަރުވާތަކުގެ ތެރެއިން އެންމެމޮޅު ފަރުވާއެއްކަން ކަށަވަރީ ޙިޖާމާ(ކަވާ) ޖެހުމެވެ. ނުވަތަ އެއީ ތިޔަބައިމީހުންގެ ބޭސްތަކުގެ ތެރެއިން އެންމެމޮޅު ބޭހެވެ.”

Close Ad XGet My Ruqya Android App On Google Play

އެހެންކަމުން އިސްރާއާއި މިޢުރާޖުގެ ދުވަހު މަލާއިކަތްބޭކަލުންވަނީ ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމައަށް ޙިޖާމާޖެއްސެވުމަށް އިރުޝާދުދެއްވުމަށްފަހު، މިއުއްމަތަށް ހިޖާމާޖެހުމަށް އަމުރުކުރުމަށް އިރުޝާދުދެއްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا كُلُّهُمْ يَقُوْلُ لِيْ : عَلَيْكَ يَا مُحَمَّدُ بِالْحِجَامَةِ(2) ”ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، “އޭ މުޙައްމަދެވެ. ހިޖާމާޖައްސަވާށެވެ” މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ.” އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا قَالُوا : يَا مُحَمَّدُ مُرْ أُمَّتَكَ بِالْحِجَامَةِ (3) ”ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، “އޭ މުޙައްމަދެވެ. ކަލޭގެފާނުގެ އުއްމަތަށް ޙިޖާމާޖެހުމަށް އަމުރުކުރާށެވެ” މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ.”

އާދެ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ ޙިޖާމާޖައްސަވާފައެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا : أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ احْتَجَمَ وَهُوَ مُحْرِمٌ وَاحْتَجَمَ وَهُوَ صَائِمٌ (4) “އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުންރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އިޙުރާމްބަންނަވައިގެން ހުންނަވައި ޙިޖާމާޖެއްސެވިއެވެ. އަދި ރޯދައަށް ހުންނަވައިގެން ޙިޖާމާޖެއްސެވިއެވެ.” އަދި އެކަލޭގެފާނުވަނީ އުއްމަތަށް ޙިޖާމާޖެހުމަށް އިރުޝާދުދެއްވާފައެވެ. وَ مَا اشْتَكَى أَحَدٌ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَعًا فِيْ رَأْسِهِ إِلَّا قَالَ : احْتَجِمْ(5)  ”ބޮލުގައިރިއްސާތީ ޝަކުވާކުރާ ކޮންމެމީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައެވެ: “ޙިޖާމާޖަހާށެވެ.”

————————————
1 صحيح مسلم/ باب حِلِّ أُجْرَةِ الْحِجَامَةِ
2 صحيح الجامع
3 صحيح الجامع
4 صحيح البخاري/ باب الحجامة والقيئ للصائم
5 سلسلة الأحاديث الصحيحة

ދިއިސްލާމްއިން ނަގާފައި 

ޙިޔާލުފާޅުކުރައްވާ

4 ކޮމެންޓު

  1. ރާއްޖޭގައި ޕްރޮފެޝަނަލް ލެވަލްގައި ނުވަތަ ކްލިނިކް ލެވަލްގައި މިކަން އަދި ކުރަމުން ނުދޭ. އެހެންނަމަވެސް ވަކި ވަކި ފަރުދުން އެބަ އުޅުއްވާ މިފަރުވާ ކުރައްވާ.

  2. nath

    dhisalafiyyah.net/?p=10895

    aanmunge terygai v olhun araa hijaamayah kavaa keema . eheniy kavaa aky mulhin ehen kameh.. hijaamayakiy mulhin ehen kameh .. mi site gai mikan aanmunah haama kohdhee olhufiluvadehvaa avahah .. mathygaiva link thibeyfulhun kiyaalahvaa furathama .. adhi miliyumugai hijama jahaifaiva huri hathaaku bureketuga kavaajahaafa vaathan islaahu kurahvaa.. nooniy bodu olhumakah mikan vaaniy.. dheenuga kan oigoi saafkoh bune dhehvaa. dhivehin neygithibe konme fadha bahehves beynun kohfaane nubaikoh kavaavea ashi hijaamaves ey arabi debas.. ehves hlehga kavaa ake hijamaige dhivehi gotheh noon..

    1. ކަވާ އަކީ ޙިޖާމާ އަށް ދިވެހިން ބޭނުންކުރާ ދިވެހި ނަމެކެވެ. ޢަރަބި ބަހުގައި ކަވާ މި ލަފްޒު އޮތްނަމަވެސް ދިވެހި ބަހުން ޙިޖާމާއަށް ކިޔަނީ ކަވާއެވެ. ދެއްވާފައިވާ ލިންކުގައި ލިޔުމުގެ ތިރީގައިވެސް އެތަފްޞީލު ބަޔާންކޮށްފައިވާކަންވެސް ފާހަގަކޮށްލަމެވެ. އެލިޔުމުގައިވާ ޙަދީޡްގައި ވަނީ ދޮންދަގަނޑު ޖައްސައިގެން ފަރުވާ ކުރުމުގެ ވާހަކައެވެ. އެތަނުގައި ކަވާ ޖެހުމޭ އޮތުމުން މުޅި މާނަ އޮޅިގެން ދެއެވެ. ދިވެހި ބަހަށް ތަރުޖަމާ ކުރާއިރު ދިވެހި ބަހުގައި އެބަހަކަށް ޚާއްސަ ލަފްޒެއް އޮތްނަމަ ބޭނުންކުރަންވާނީ އެލަފްޒެކެވެ. އެހެން ނޫންނަމަ މީހުނަށް އޮޅޭނެއެވެ. ދޮން ދަގަނޑު ޖައްސައިގެން ފަރުވާ ކުރުމަށް ދިވެހި ބަހުން ކަވާ ޖެހުމެއް ނުކިޔައެވެ. ދިވެހި ބަހުން ކަވާ ޖެހުން ކިޔަނީ ޢަރަބި ބަހުގައި އޮންނަ ޙިޖާމާ އަށެވެ.
      ޝުކުރިއްޔާ..
      ބައްލަވާ ރަދީފް: http://radheef.mv/index.php?do=view&id=9795