ޖަމްޢިއްޔަތުލް ބަޔާންއާއި ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް ގުޅިގެން ބާއްވާ “ރުޤްޔާ ފޯރަމް 2013” މިރޭ 8:30 ގައި ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމްގައި އޮންނާނެއެވެ. މިފޯރަމަކީ، ދިވެހިރާއްޖޭގައި ޢާއްމުވެފައިވާ، ޖިންނީގެ ސަބަބުން ޖެހޭބަލިތަކާއި، ސިޙްރާއި އެސްފީނާ ފަދަ ކަންކަމާބެހޭ ގޮތުން މަޢުލޫމާތުދީ، މިފަދަ ކަންކަމުން ސަލާމަތްވެ ފަރުވާކުރާނެގޮތް (ރުޤްޔާ ކުރާނެގޮތް)  ބަޔާންކޮށްދީ ޢާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ ފޯރަމެކެވެ. މިފޯރަމްގައި ޢާއްމުންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދިނުމަށް ވަނީ ހަމަޖެހިފައެވެ. ފޯރަމްގައި މަޢުލޫމާތު ދެއްވާނީ، އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު) އާއި، އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު އާއި މީގެ އިތުރުން ރުޤްޔާ ކުރުމުގައި ތަޖުރިބާކާރު ބައެއް ރާޤީންނެވެ. މިފޯރަމްގައި ވީހާވެސް ގިނަ އަޚުންނާއި އުޚްތުން ބައިވެރިވުމަކީ ދެޖަމްޢިއްޔާގެވެސް ވަރަށް ބޮޑު އެދުމެކެވެ.

މިފޯރަމަކީ ޢާއްމުކޮށް ހުޅުވާލައިގެން ހުރިހާ އަޚުންނާއި އުޚްތުންނަށް ބާއްވާ ފޯރަމެކެވެ. إن شاء الله

Close Ad XGet My Ruqya Android App On Google Play

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު