ޙަމްދު ހުރީ ޢާލަމްތައް ހައްދަވައި އިންސާނުންނަށް ޢިލްމު ދެއްވާ، ޢިލްމަކީ މާތް އެއްޗެއް ކަމުގައި ލެއްވި މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. އަދި ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ ޢިލްމު އުނގެނުމަށާއި ޢިލްމު ފެތުރުމަށް އެންގެވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ.
ޢިލްމަކީ އިންސާނާއަށް އެއާނުލާ ބާއްޖަވެރިކަމުގެ އައްސޭރިއަށް ނުދެވޭނެ އަގުމާތްވި އެއްޗެކެވެ. މިކަން ޤަބޫލު ނުކުރާ ހަމައެކަކުވެސް ނުހުންނާނެއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ޢިލްމުގައި އެކަކު އަނެކަކަށްވުރެ ކުރިއަރާދިއުމުގެ ވާދަވެރިކަމަކީ އަބަދުވެސް އޮންނަ ކަމެކެވެ. އަދި ޢިލްމު ފޮރުވުމަކީ ބޮޑުވެގެންވާ ނުބައި ފާފައެކެވެ.
ކަންމިހެން އޮތްއިރު، އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގައި، އަދި އެހެންވެސް ޤައުމުތަކުގައި، ޢިލްމުގައި ކުރިއަރައިދާ މީހުނާއި ކުދިންނާމެދު ކޮންމެވެސް ބަޔަކު ޙަސަދަވެރިވެ އުޅެއެވެ. ތިމާއަށް ވުރެ ނުވަތަ ތިމާގެ ދަރިއަށް ވުރެ އަނެކާ ނުވަތަ އަނެކާގެ ދަރި، ތަޢުލީމީ ގޮތުން މޮޅުވެއްޖެ ނަމަ އެމީހަކާ ނުވަތަ އެކުއްޖަކާ ޒާތީ ޙަސަދަވެރިކަމުގެ ނަޒަރަކުން ބަލަން ފަށައެވެ. މިއީ އެންމެން ކަންކުރާގޮތަށް ނުވިނަމަވެސް މިފަދަ މީހުން މަދެކޭ ނުދެންނެވޭނެއެވެ.
އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގެ ރަށްރަށުގެ ސުކޫލުތަކުގައި ސުކޫލަށް ކިޔަވަން ދިއުމުން ބައެއް ފަހަރު ބައެއް ކުދިން ހޭނެތުމާއި މޮޔަވުމަކީ ދޭތެރެ ދޭތެރެއިން ދިމާވަމުންދާ ކަމެކެވެ. ދެކެވޭ ވާހަކައެވެ. މިހެން ވަނީ ސަބަބެއް ނެތިއެއްނޫނެވެ. ކުރިން މިދެންނެވިފަދަ ޙަސަދަވެރިކަމުގައި އަނެކާއަށް ﷲ ޙަރާމްކުރެއްވި ގޮތްގޮތުން ނަމަވެސް އުނދަގޫ ފޯރުވާ އެކަމަށް ހުރަސް އެޅުމަށް މަސައްކަތް ކުރަނީއެވެ. އެހެން ގޮތަކަސް ދަންނަވާނަމަ، ޙަސަދައިގެ ހުޅުގަނޑު ފަޅައިގެންގޮސް، ތިމާ ޙަސަދަވާ ފަރާތުގެ ކިޔެވުން، ނުވަތަ ތަޢުލީމީ ޙަޔާތް ބަރުބާދުކޮށްލުމަށް ސިޙުރު ހަދަނީއެވެ. އެއްވެސް ޙާލެއްގައި މިދަންނަވަނީ، ސުކޫލަށް ދިއުމުން ކުއްޖަކު ހޭނެތޭ ، ނުވަތަ އަނބުރައިގަނެގެން ވެއްޓޭ ކޮންމެފަހަރަކު އެކުއްޖާއަށް އެހުރީ މީހަކު ޙަސަދަވެގެން ސިޙުރު ހަދާފައެކޭ ނޫނެވެ. އެހެންނަމަވެސް މިދަންނަވަނީ ޢާއްމު ޙާލަތުގައި މިކަން ދިމާވެފައިވާ ނުވަތަ ދިމާވާ ގޮތުގެ ވާހަކައެވެ. އެހެންކަމުން މިދިވެހި މުޖުތަމަޢަށް މިލިޔުމުގެ މުހިއްމުކަން އަޅުގަނޑަށް އިޙްސާސްކުރެވެއެވެ. މިފަދަ މުޞީބާތްތަކުގައި ޖެހިފައިވާ ފަރާތްތަކަށް މިލިޔުމަކީ މަންފާ ކުރަނިވި ހެޔޮ ލިޔުމެއްކަމުގައި ލެއްވުން އެދި ދުޢާކުރާޙާލު، ސިޙުރުގެ ސަބަބުން ނުވަތަ ޙަސަދައާއި ޖިންނި ޝައިޠާނުންގެ އުނދަގުލުގެ ސަބަބުން ތަޢުލީމަށް ހުރަސް އެޅޭނަމަ ކުރާނެ ރުޤްޔާއަކާއި، މިފަދަ ސިޙުރާއި ބެހޭ މަޢުލޫމާތު ޙިއްސާކޮށްލާ ހިތްވީއެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހެޔޮވިސްނުމާއި ހިދާޔަތު ދެއްވާށިއެވެ.
ތަޢުލީމަށް ހުރަސްއަޅާ ސިޙުރު ޖެހުމުން ފެންނާނެ ބައެއް ޢަލާމާތް
1- ކިޔަވަން މަދަރުސާއަށް ދިއުމުން ބޯ އެނބުރުން
2- ކިޔަވަން މަދަރުސާއަށް ދިއުމުން ވަރުބަލިވުން
3- ކިޔަވަން މަދަރުސާއަށް ދިއުމުން ހޮޑުލަވާ މޭނުބައިކުރުން
4- ކިޔަވަން މަދަރުސާއަށް ދިއުމުން ގައިގެ ތަންތަނުގައި ރިހުން ނުވަތަ އާދަޔާ ޚިލާފަށް ގައި ކެހުން
5- ކިޔަވަން މަދަރުސާއަށް ދިއުމުން ހޭނެތުން ނުވަތަ ހަށިގަނޑަށް ޝައިޠާނާ ވަނުން
6- ކިޔަވަން ނުވަތަ ފިލާވަޅު ދަސްކުރަން މަސައްކަތް ކުރާވަގުތު ބޮލުގައި ރިހުން ނުވަތަ ބޯއެނބުރުން ނުވަތަ ނިދި އައުން، ނުވަތަ އާދަޔާ ޚިލާފަށް ގައި ކެހުން ނުވަތަ އާދަޔާ ޚިލާފަށް ނިދިއައުން.
7- ކިޔެވުން މަތިން ފޫހިވާގޮތްވުން
8- ކިޔެވުން ނޫން އެހެން ކަންކަމަށް އާދަޔާ ޚިލާފަށް ލޯބިކޮށް ކުޅިވަރާއި ވިޔާނުދާ ކަންކަމުގައި މަޝްއޫލުވުން.
9- ހިތްގާވެ، ދަސްކުރަން އުދަގޫވުން
10- ދަސްކުރާ ތަކެތި އިސާހިތަކު ހަނދާންނެތުން
11- ކިޔެވުމާއި ބެހޭ ވާހަކައެއް މީހަކު ދައްކާނަމަވެސް ފޫހިވެ ރުޅިއައުން.
12- ޤުރުއާން އަޑުއެހުމަށް އުނދަގޫވެ ރުޅިއައުމާ، ޤުރުއާނާއި ދުރުވާން ފެށުން.
13- ކިޔަވަން މަދަރުސާއަށް ދިއުމުންނާއި ފިލާވަޅު ދަސްކުރާވަގުތު ނުވަތަ ފޮތް ކިޔާވަގުތު އުނދަގޫވެ ފޮތް ބޭއްވުމުން ނުވަތަ މަދަރުސާއިން ނުކުތުމުން ފަސޭހަވުން
ކިޔަވަމުން އަންނަ ކުއްޖަކަށް ނުވަތަ މީހަކަށް ކުރިން މިފަދަ ކަމެއް ދިމާނުވެ ހުރެފައި މިފަދަ ކަންކަން ދިމާވާން ފަށައިފިނަމަ ސިޙުރު ޖެހިފައި ހުރީތޯ ޔަޤީންކުރާށެވެ. ސިޙުރު ޖެހިފައި ހުރިތޯ ޔަޤީން ކުރާނެ ގޮތްތައް މިސައިޓްގައި ހިމެނިފައިވާނެއެވެ. ސިޙުރަކާއި ނުލާ، އެސްފީނާ ނުވަތަ ޙަސަދައިގެ ސަބަބުންވެސް މިކަންކަން ކުރިމަތިވެދާނެއެވެ.
މިކަމަށް ފަރުވާ ކުރާނެ ގޮތް
މިޢަލާމާތްތައް ފެންނަ ކުއްޖާ ނުވަތަ މީހާ ކައިރީ ސިޙުރު ބާޠިލުކުރުމަށް ރުޤްޔާ ކުރާއިރު ތިރީގައިވާ (އާޔަތުލް ޢިލްމު ވަލް ޙިކްމަތު) ގެ އާޔަތްތައް ކިޔަވާށެވެ. އަދި މިފަދައިން ދިމާވާ މީހާ އަމިއްލައަށްވެސް މިހުރިހާ އާޔަތެއް ކިޔެވިދާނެއެވެ. އަދި ކައިރީ މީހަކު ކިޔެވި ކަމުގައި ވިޔަސް، ބަލިމީހާ އަމިއްލައަށްވެސް އެހެން ވަގުތު ތަކުގައި ކިޔަވާށެވެ. އަދި މިއާޔަތްތައް ފެނަށް ކިޔަވައިގެން ބަލިމީހާ ބޯށެވެ. އަދި ފެނަށް ކިޔަވައިގެން އެފެނުން ފެންވަރާށެވެ. އަދި މީގެ އިތުރުން ޒައިތޫނިތެލަށް ކިޔަވައިގެން، ދުވާލު އަދި ރޭގަނޑު އެތެޔޮ މުޅި ހަށިގަނޑުގައި އުނގުޅާށެވެ. އަދި މާމުޔަށް ކިޔަވައިގެން އެއިން ހެނދުނާއި ރޭގަނޑު ބޯށެވެ. ނަމާދުތަކަށް ރައްކާތެރިވުމަކީ ކޮންމެހެން ލާޒިމް (ކުރަން ޖެހޭ) ކަމެއްކަން ހަނދާންކޮށްދެމެވެ. އަދި ގިނަގިނައިން ޤުރުއާން ކިޔެވުމާއި ދުޢާތަކާއި ޛިކުރުތައް ކިޔެވުމަށް ޚާއްޞާ ސަމާލުކަމެއް ދޭށެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ.
ސިޙުރު ފަދަކަމެއް ނުވަތަ މަތީގައި ބަޔާންކުރެވުނުފަދަ ޢަލާމާތެއް ނެތްނަމަވެސް، ޢިލްމުގައި ކުރިއަރާ ދިއުމަށް، ޢިލްމު އުނގެނުމާއި ދަސްކުރަން ފަސޭހަވުމަށާއި، ދަސްކުރާތަކެތި ހަނދާނުގައި ހަރުލުމަށް އެދިވެސް މިއާޔަތްތައް ކިޔެވުމާއި ފެނަށް ކިޔަވައިގެން ބުއިމާއި، މާމުޔަށް ކިޔަވައިގެން ބުޔުން ފަދަ ހުއްދަ މިންގަނޑުން ބޭނުންކުރެވިދާނެއެވެ. މާތް ﷲ އަޅަމެންގެ ޢިލްމު އިތުރުކުރައްވާ އެކަމުގައި ފަސޭހަކުރައްވާށިއެވެ. އާމީން.

އާޔާތުލް ޢިލްމު ވަލް ޙިކްމަތް

Close Ad XGet My Ruqya Android App On Google Play

Download (PDF, 4.07MB)

އާޔާތުލް ޢިލްމު ވަލް ޙިކްމަތް (އޯޑިއޯ)

×ދފދފ

އޯޑިއޯ ޑައުންލޯޑްކުރުމަށް

Download

ފައިލް ސައިޒް: 27.2 MB

ޑައުންލޯޑް ކޮށްފައިވާ ޢަދަދު:  2,992

ޙިޔާލުފާޅުކުރައްވާ

22 ކޮމެންޓު

  1. އައިންތު

    ޢިލްމުގައި ކުރިއަރާ ދިއުމަށް، ޢިލްމު އުނގެނުމާއި ދަސްކުރަން ފަސޭހަވުމަށާއި، ދަސްކުރާތަކެތި ހަނދާނުގައި ހަރުލުމަށް – މިފަދަ އާޔަތް ކޮޅެއް ތަންކޮޅެއް ކުރުކޮށް ގެނެސް ދެވިދާނެތޯ؟

    1. މާފްކުރައްވާތި، އެއްވެސް މީހަކަށް އާޔަތް އޮންނަވަރަށްވުރެ ކުރެއް ނުކުރެވޭނެ ކަން ފާހަގަކޮށްލަން. އަޅުގަނޑުމެން ކަމަކަށް އެދި ﷲ އަށް ދަންނަވަން ވުމުން ނުވަތަ ޤުރުއާން ކިޔަވަން ވާލެއް ގިނަކަމުން ނުކޮށް ދޫކޮށްލުމަށްވުރެ، ގިނައިން ކިޔެވުން ހެޔޮކަމުގެ .ގޮތުންވެސް އަދި ފައިދާގެ ގޮތުންވެސް އިތުރުކަން ބޮޑުކަމުގައިވެސް ދަންނަވަން ޖެހޭ. އާޔަތް ގިނަކަމުގައި އިޙްސާސްކުރެވޭނަމަ މަދުން ނަމަވެސް ކިޔެވޭތޯ މަސައްކަތްކުރައްވާ. އެދެވިގެންވަނީ ހުރިހާ އާޔަތްވެސް ކިޔެވުން.

  2. ޖިސްމް

    ޖަޒާކަﷲ ޙައިރް. މިއީ ވަރަށް މުހިއްމު ލިޔުންކޮޅެއްކަން ފަހަގަ ކޮށްލަން

  3. ހުދުހުދު

    ޖަޒާކަﷲ ޚައިރް. މިއީ ވަރަށް މުހިއްމު ލިޔުމެއް ކަމަށް އަޅުގަނޑު ދެކެން.
    ސުވާލަކީ މި އާޔަތްތައް ފެނަށް ކިޔަވާއިރު އެއްފަހަރު ކިޔަސް ރަނަގަޅުވާނެތޯ؟

    1. އެއް ފަހަރު ކިޔުމުންވެސް ފުދޭނެއެވެ.

  4. މިޝްފައު

    ވަރަށް ފައިދާހުރި ލިޔުމެއް. ތިޔަ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާށި. އާމީން.

  5. ރީރަންހާރު

    ކިތަށް ދުވަސް ވަންދެންތޯ ކިޔަވަންވީ؟ އަދި ތެޔޮ ފުޅިއަކަށް، މާމުއި ފުޅިއަކަށް ނޫނީ ފެން ބޮޑު ފުޅިއަކަށް ކިޔަވާފަ އެކި ފަހަރު މަތިން ބޭނުން ކުރިޔަސް ރަނގަޅު ވާނެތޯ؟

    1. ނީ ޢަލާމާތްތައް ފިލާ ދަންދެން ކޮންމެ ދުވަހަކު. ރަނގަޅު ވުމުން ބަޔާންކުރެވިފައިވާ ޢަލާމާތްތައް ނުފެންނާނެއެވެ. ތެޔޮ، މާމުއި އަދި ބޯފެން ފުޅިއަކަށް ކިޔަވާފަ ބަހައްޓައިގެން ބޭނުން ކުރެވިދާނެ. އެހެން ނަމަވެސް ގަޔަށް އަޅާފެން ކޮންމެ ދުވަހަކު ކިޔަވާނީ ވަކިން.

  6. އައިޝާ

    ކިޔަވާ ތަށި ކުރިމަތީ ބަހައްޓައިގެންތޯ ނުވަތަ ތަށީގަ އަތްލައިގެންތޯ ކިޔަވާނީ އަދި ތައްޓަށް ފުމެންޖެހޭތޯ؟

    1. ފެން ކިޔަވާ އިރު އަބަދުވެސް ކިޔެވުން އެންމެ ރަނގަޅީ، ކިޔަވާއިރު ، އަނގައިގެ ވައި އެފެންއެއްޗަށް ދާގޮތަށް ކައިރިކޮށްގެން ކިޔެވުމެވެ. އަދި ކިޔަވާއިރު، ކަނާއަތް ފެނުގެ ތެރެއަށް ލައިގެން ކިޔެވުމަކީ އޭގެ އަސަރު އިތުރުވާކަމެކެވެ. އަދި ކިޔަވަމުން ދާއިރު، ކޮންމެ ބައެއް ނިމުމުން ފެނަށް ފުމޭށެވެ.

  7. ޝިމްލާ

    ހުރިހާ ކަމަކަށްވެސް ކިޔަވާ ރުޤްޔާގެ އޯޑިޔޯ އަޕްލޯޑްކުރެފިއްޔާ ވަރަށް ރަނގަޅުވާނެ.

    1. ތިޔަ ޚިޔާލަށް މަރުޙަބާ. އިން ޝާ ﷲ އެކަން ކުރެވޭތޯ މަސައްކަތް ކުރާނަން.

  8. އައިމިނަތް

    އޯޑީއޯގަ އިންގޮތައް ތޯ ކިޔަވަން ޖެހޭނީ. އަދި ސިހުރު ޖެހިފަތޯ ބަލާލަން ކިޔަވާ ރުގްޔާ އަޕްލޯޑް ކޮއްފިއްޔާ ވަރައް ރަގަޅު.

    1. އޯޑިއޯގައި ހުރިގޮތަށް ތަކުރާރު ނުކޮށްވެސް ކިޔެވިދާނެ. އޯޑިއޯގައި އެވަނީ އެަކަމަށް ބޮޑަށް އަސަރުކުރާ ބައިތައް ތަކުރާރުކޮށްފަ، އޭގެ އަސަރު ގަދަކުރުމަށްޓަކައި.

  9. Fathun

    Thuthu kudhinahvess mi rugya kurevidhaanetho.

  10. SHAXNA

    ADHD kudhin nah kurevidhaane ruqya eh oveytho. O

    1. މިވެބްސައިޓުގައިވާ އިޙްޔާގެ އާޔަތްތަކާއި، ނަފްސާނީ ބަލިތަކަށް ފަރުވާ ކުރާނެ ރުޤްޔާތަކުން ތިދެންނެވި ކަންތަކަށް ރުޤްޔާ ކުރެވިދާނެއެވެ.

  11. ޒިޔާދާ

    މިއާޔަތްތައް ކިޔަންވީ އަދަދު ބުނެދެއްވަފާނަންތޯ.

    1. 1 ފަހަރު ކިޔެވުމުންވެސް ފުދޭނެއެވެ.