ކ.ގުރައިދޫ ސުކޫލުން އަނެއްކާވެސް ސިޙުރެއް ފެނިއްޖެ

4 ސެޕްޓެމްބަރު 2013 ވަނަ ދުވަހު، (އިއްޔެ) ގެ ވަގުތެއްގައި ކ.ގުރައިދޫ ސުކޫލު ގޯތިތެރެއިން އަނެއްކާވެސް ސިޙުރެއް ފެނިއްޖެއެވެ. ފުޅިއަކަށް ފިނިފެނާއި މިނޫންވެސް ޒާތްޒާތުގެ ތަކެތި އެއްކޮށްގެން ހަދާފައިވާ މިސިޙުރު ފެނިފައިވަނީ އެތަނުގައި މަސައްކަތް ކުރަން އުޅޭ މުވައްޒަފަކަށެވެ. މިފުޅި ފެނުނު މީހާއަކީ، ސިޙުރަށް ފަރުވާކުރަމުން އަންނަ މީހެކެވެ. އަދި މިފުޅި ވަޅުލާފައި އޮތް ހިސާބަށް ދެވުމުން އުނދަގޫވާތީ އެތަން ކޮނެގެން ބެލިއިރު މިފުޅި ފެނުނީ ކަމުގައި، ތަހުލީލުކުރުމަށްޓަކައި އަޅުގަނޑުމެނާއި މިސިޙުރު ޙަވާލުކުރެއްވި ބޭފުޅާ މަޢުލޫމާތުދެއްވިއެވެ. ސިޙުރު ޖެހިފައި ހުންނަ މީހަކު ސިޙުރެއް ވަޅުލާފައި ހުރި ތަނަކަށް އެރުމުން އެމީހަކަށް އުނދަގޫވުމަކީ ގާތްކަމެކެވެ.

އަޅުގަނޑުމެން މިފުޅި ބެލި ބެލުމުން ފާހަގަވި ކަންތައްތަކަށް ބަލާނަމަ ދެންނެވޭނި، އެފަދަ ސިޙުރަކީ، މީހުންގެ ހިތް ރުއްސުމަށް ހަދާ ޒާތުގެ ސިޙުރުކަމުގައެވެ. މިސިޙުރު ފެނިފައިވަނީ ވޯޓުލާން ހަމަޖެހިފައިވާ ސަރަޙައްދުން ކަމުގައި މަޢުލޫމާތު ލިބުނެވެ. ގުރައިދޫ ސުކޫލުގެ ވޯޓުލާ ސަރަޙައްދުން ލިޔެފައިވާ ކިހާކެއް މީގެ ދެދުވަސްކުރިން ފެނިފައިވެއެވެ.

Close Ad XGet My Ruqya Android App On Google Play

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު