އެސްފީނާ ރަނގަޅު ކުރުމަށް ކިޔެވިދާނެ ރުޤްޔާގެ އާޔަތްތައް

އެސްފީނާއަކީ ކޮބައިކަމާއި އެސްފީނާގެ ޙަޤީޤަތް މިވެބްސައިޓްގައިވާ އެސްފީނާއާއި ގުޅޭ ލިޔުންތަކުން ވިދާޅުވާށެވެ. މިފަހަރު މިޙިއްސާކޮށްލަނީ، އެސްފީނާ ޖެހުމުން، އެސްފީނާ ޖެހިފައިވާ މީހާ ކައިރީ ކިޔަވާނެ ރުޤްޔާއެކެވެ. އަދި އެސްފީނާ ޖެހިފައިވާ މީހާ، ނުވަތަ އެސްފީނާ ޖެހިފައި ހުރިތޯ ބެލުމުގެ ގޮތުންވެސް މި ރުޤްޔާ ކިޔެވިދާނެއެވެ. މި ރުޤްޔާ ކިޔަވާއިރު، ލޮލުން ފެން އައުމާއި، ބޮލުގަ ރިހުމާއި، ގައި ކެހުމާއި، ވަރުބަލިވުމާއި، ބޮލުގަ ރިހުން، ބުރަކަށިން ހޫނު އެރުން ފަދަ ކަމެއް ދިމާވާނަމަ އެސްފީނާ ނުވަތަ ޙަސަދައިގެ އަސަރު އެމީހަކަށް ކޮށްފައި ހުރިކަމުގައި ބެލެވިދާނެއެވެ.

ފަރުވާގެގޮތުގައި މިރުޤްޔާ ބަލިމީހާ ކައިރީ ކިޔަވާ ފުމޭށެވެ. ބަލިމީހާ އަމިއްލައަށް ފަރުވާ ކުރަން ބޭނުންނަމަ ބަލިމީހާ އަމިއްލައަށް މި ރުޤްޔާ ގިނައިން ކިޔަވާށެވެ. ހެނދުނާއި ހަވީރާއި ރޭގަނޑުވެސް ކިޔެވިދާނެއެވެ. އަދި ފަރުވާގެ ގޮތުގައި، މި ރުޤްޔާ ފެނަށް ކިޔަވައިގެން ގަޔަށް އެޅުން (އަޅާނީ ބޮލަށް، މުޅި ހަށިގަނޑު ތެމޭ ގޮތަށް) ވަރަށްވެސް މުހިއްމެވެ. ހަމަ އެހެންމެ ޒައިތޫނި ތެލަށް މިއާޔަތްތަށް ކިޔަވާ ފުމެ، ހެނދުނާއި ހަވީރު، އަދި ރޭގަނޑު މުޅި ހަށިގަނޑުގައި ތެޔޮ ލާށެވެ. މިގޮތަށް ފަރުވާ ކުރިއަށް ގެންދާށެވެ. އެސްފީނާ ރަނގަޅުވެއްޖެ ނަމަ މިއާޔަތްތައް ކިޔެވުމުން އުނދަގުލެއް ނުވާނެއެވެ. އިންޝާ ﷲ އެސްފީނާ ފަސޭހަވާނެއެވެ. މާތް ﷲ މި ރުޤްޔާއިން ހެޔޮ ފައިދާތައް މިންވަރުކުރައްވާށިއެވެ.

Close Ad X

Download (PDF, Unknown)

ޙިޔާލުފާޅުކުރައްވާ

3 ކޮމެންޓު

  1. އާމިނަތު

    އެސްފީނާގެ މި ރުޤްޔާ ކުޑަ ދަރިފުޅަށްވެސް ކުރެވިދާނެތޯ؟ ނޫނީ ވަކި ޙާއްޟަ އެސްފީނާގެ ރުޤްޔާއެއް ކުޑަކުދިންނަށް ވޭ ހެއްޔެވެ؟