ޤުރުއާން ބޭނުންކޮށްގެން ގައިގެ ހަންގަނޑު ރީތި ކުރެވިދާނެ ގޮތެއް !

ޙަމްދު ހުރީ އެންމެ ރިވެތި ސޫރައިގައި އިންސާނުން ޚަލްޤުކުރެއްވި ޚާލިޤުވަންތަ ﷲ އަށެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ ކުރަނީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. މިދެކެވެނީ މޭކަޕެއް ކުރާ ވާހަކައެއް ނޫނެވެ. ނުވަތަ އުފެދިފައިވާ ގޮތަށް ބަދަލެއް ގެންނަ ވާހަކައެއްވެސް ނޫނެވެ. ﷲ ހެއްދެވި ސޫރަ ކަމުނުގޮސްގެން ކަމެއްކުރާ ވާހަކައެއްވެސް ނޫނެވެ. އިންސާނާގެ ހަމަކީ ނާޒުކު އެއްޗެއްކަން އެކަކަށްވެސް އޮޅިފައެއް ނޯންނާނެއެވެ. މިދެކެވެނީ ސިއްޙީ ގޮތުން ހަންގަނޑަށް ދިމާވާ ބަލިތަކުގެ ވާހަކައެވެ.

ހަންގަނޑުގައި ލައްޖެހުމާއި، ކުރަކިވުމާއި، ފާޑުފާޑުގެ ބިހިނެގުން، މިއީ ޢާއްމުކޮށް ދިމާވާ، އެންމެންވެސް އެއަށް ފަރުވާބޭނުންވާ ކަންކަމެވެ. ބައެއްމީހުން ރީތިކޮށް ތިބުމުގެ ގޮތުން، ނުވަތަ ޒީނަތްތެރިވުމުގެ ގޮތުން ހަންގަނޑުގައި ފާޑުފާޑުގެ ބޭސްތަކާއި ކްރީމްތައް އުނގުޅާ ހަދައެވެ. މީގެސަބަބުން ހަންގަނޑު ހަލާކުވެ ހަޑިވުމަށް ވެސް މެދުވެރިވެގެން ދެއެވެ. ކޮންމެ ކަމަކީވެސް އެކަމެއްގައި ހެޔޮ ގޮތާއި ނުބައި ގޮތްވާ ކަމެކެވެ. ކާމިޔާބު ވަނީ ހެޔޮ ގޮތުގައި އެކަމެއް ކުރުމުންނެވެ.

Close Ad XGet My Ruqya Android App On Google Play

ޒީނަތްތެރިވެ ދެއްކުމަށް ކަމެއްކުރުމާއި، ބައްޔަކަށް ފަރުވާއެއްގެ ގޮތުން ކަމެއްކުރުމަކީ އުޑާ ބިމާހާ ތަފާތު ދެކަމެވެ. ޤުރުއާނުގައި ކޮންމެ ކަމަކަށްވެސް ކޮންމެވެސް ފަރުވާއެއް ނޯވެ ނުދެއެވެ. އެގޮތުން މިފަހަރު މިލިޔެލަނީ ހަންގަނޑަށް ދިމާވާ ބަލިތަކަށާއި، ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ޤުރުއާނުން ކުރެވިދާނެ ފަރުވާއެކެވެ. މިއީ ޙަދީޘަކުން ސާބިތުވާ ކަމެއްނޫނެވެ. ހަމަ ތަޖުރިބާގެތެރެއިން ހިމެނޭ ކަމެކެވެ. رسول الله صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ.

” اِعْرِضُوْا عَلَيَّ رُقَاكُمْ ، لاَ بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيْهِ شِرْكٌ ” ( أخرجه الإمام مسلم في صحيحه – كتاب السلام ( 64 ) – برقم 2200

މާނައީ: “ތިޔަބައިމީހުންގެ ރުޤުޔާތައް ތިމަންކަލޭގެފާނަށް ހުށަހަޅާށެވެ ! އެ ރުޤުޔާއެއްގައި ޝިރުކު ހިމެނިފައިނުވާ ކޮންމެ ރުޤުޔާއެއް ހުއްދައެވެ.” (ރަވާހު މުސްލިމް). ހަދީޘުން ފެންނަން ނެތް މިފަދަ ރުޤުޔާތަކާއި ފަރުވާތައް ހިމެނެނީ މިޙުކުމުގެ ދަށުގައެވެ.

ފަރުވާ:

125 އެމް.އެލްގެ ޒައިތޫނި ތެލާއި 125 އެމް.އެލްގެ ކަޅުދިރި ތެޔޮ އެއްކުރުމަށް ފަހު، ނުވަތަ ހުސް ޒައިތޫނި ތެލަށް އަންނަނިވި އާޔަތްތައް ކިޔަވާ ފުމޭށެވެ. އަދި ރޭގަނޑު ނިދަން ވުމުންނާއި ހެނދުނު ނުވަތަ ހަމައެކަނި ނިދަން ވުމުން ހަންގަނޑުގައި އެތެޔޮ ކޮންމެރެއަކު ކާއްތާށެވެ.

وَالتِّينِ وَالزَّيْتُونِ ﴿١﴾ وَطُورِ سِينِينَ ﴿٢﴾ وَهَـٰذَا الْبَلَدِ الْأَمِينِ ﴿٣﴾ لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ ﴿٤﴾

(سورة التين)

މާނައީ:  ”ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ. (1) އަދި طورسينا ގަންދެއްވަމެވެ. (2) އަދި أمان ކަން ލިބިގެންވާ މި ރަށް (އެބަހީ: مكة) ގަންދެއްވަމެވެ. (3) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورة ގައި އިންސާނާ ހެއްދެވީމެވެ. (4)”

މިއާޔަތްތައް 7 ފަހަރު ކިޔަވާ ފުމޭށެވެ. އަދި އަންނަނިވި އާޔަތްތައްވެސް ކޮންމެ އާޔަތެއް 7 ފަހަރު ކިޔަވާ ފުމޭށެވެ. ވަކި ޢަދަދަކަށް ކިޔެވުން ޚާއްޞަ ނުވެއެވެ. ގިނައިން ކިޔެވި ވަރަކަށް މޮޅު އިތުރެވެ. 7 އެއީ ސުންނަތުގައި ބައެއް ތަކެތި ކިޔެވުމަށް އައިސްފާވާ ޢަދަދެކެވެ.

اللَّهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّهُ لِنُورِهِ مَن يَشَاءُ ۚ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ ﴿٣٥﴾

(سورة النور 35)

މާނައީ : “اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެކަލާނގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއް ފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއް ވެއެވެ. އެ ބައްތި ވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއް ފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައި ދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾

(سورة الإسراء 82)

މާނައީ: “ތިމަންރަސްކަލާނގެ قرآن ން مؤمن ންނަށް رحمة އާއި، شفاء ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآن ން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުއްޓެވެ.”

މި ތެޔޮ އުނގުޅުމުން ހަންގަނޑުގައި ޖަހާ ލައްތަކާއި ކުރަކިވުން ފަދަ ބަލިތައް ﷲ އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެއެވެ. އަދި ހަންގަނޑުގެ ކުލަ އަލިވެ ރީތި ވާނެއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި މޫނުގައި ބިހި ނަގާ ރާޅުވުން ފަދަ ކަންތައް ވާނަމަ މާމުއި ފޮދަކަށް ސޫރަތުއް ރަޙްމާން ކިޔަވާ އެމާމުއި މޫނުގައި ކާއްތާށެވެ. އަދި 1 ގަޑިއެއްހާއިރު ފަހުން ސައިބޯނި ފަދަ އެއްޗަކުން ރީއްޗަށް މޫނުދޮވެލާށެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ޔަޤީން ކަމާއެކު ޢަމަލުތައް ސީދާކޮށްގެން ކުރާ ދުޢާ ﷲ އިޖާބަ ކުރައްވައެވެ.

ތިމާގެ ސޫރަ ތިމާއަށް ކިތަންމެ ރީތިނަމަވެސް، ނުވަތަ ކިތަންމެ ހުތުރު ނަމަވެސް ތިމާގެ ސޫރަ ލޯގަނޑެއް ފަދަ އެއްޗަކުން ފެންނަ ހިނދު އަންނަނިވި ދުޢާކިޔުން ހަނދާން ނައްތާނުލާށެވެ. ސަބަބަކީ ﷲ ކޮންމެ އިންސާނެއް ވެސް ހެއްދެވީ އެންމެ ރިވެތި ސޫރައިގައެވެ.

اَللَّهُمَّ كَمَا حَسَّنْتَ خَلْقِيْ فَحَسِّنْ خُلُقِيْ

މާނައީ: “އޭ ހައްދަވާ ގެންގުޅުއްވާ އިލާހް! މިއަޅާގެ ސޫރަ ރިވެތި ކުރެއްވި ފަދައިން މިއަޅާގެ އަޚްލާޤު ރަނގަޅު ކުރައްވާނދޭވެ!”

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު